ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަސް މެމްބަރުންގެ ފްލެޓު ކޮމިޓީއެއް އުފައްދައި، ޗެއާއަކަށް އަނީސާ!

ގޯއްޗާއި ފްލެޓުތަކުގެ މައްސަލައިގައި ކުރި އިހުތިޖާޖުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ސަރުކާރުން ކުރިޔަށް ގެންދިޔަ ބޯހިޔާވަހިކަމުގެ ދެ ސްކީމާއި އެކު އުފެދުނު މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާގެ މަތީން ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އެކުލަވާލައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޓްރާނިޝަނަލް މުއްދަތުގައި އާންމު ކުރި ފްލެޓު ލިސްޓަށް ގިނަ ބަޔަކު ދެކޮޅު ހަދައި ހައުސިން މިނިސްޓްރީގައި މުޒާހަރާ ކުރި އެވެ. އޭރު އެންމެ ބޮޑަށް ސުވާލު އުފެދުނީ ފްލެޓަށް ޕޮއިންޓު ދީފައިވާ އުސޫލާ މެދު އެވެ.

ގިނަ ބައެއްގެ ކަންބޮޑުވުން ހުރި މި މައްސަލައިގެ ތެރެއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވަދެ ހިންގި ތަހުގީގަށް ފަހު ބުނެފައި ވަނީ ލިސްޓުގައި ނަން ހިމެނޭ ގިނަ މީހުންނަކީ އޮންނަ އުސޫލުން ފްލެޓު ލިބުނު މީހުން ނޫން ކަމަށެވެ. އޭގެ ފަހުން އެ ކޮމިޝަނުން ހައުސިންއަށް އެއްވެސް މައްސަލައެއް ނެތްކަމަށް ބުނާ ލިސްޓެއް ފޮނުވި މައްސަލަ ވެސް ވަނީ ގޯސްވެފަ އެވެ. އެހެންވެ އެ މައްސަލަތައް ބެލުމަށް ފްލެޓު ކޮމިޓީއެއް އުފެއްދުމަށް ސަރުކާރުން ނިންމީ އެވެ.

ހައުސިންގެ ޝަކުވާތައް ރަނގަޅު ގޮތުގައި ބަލައި، އިންސާފުވެރިކަމާއި އެކު ގޮތް ނިންމުމަށް ކޮމިޓީއެއް އުފެއްދުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަ ހާމަ ކުރެއްވީ “އަހާ” ގެ ނަމުގައި އެމަނިކުފާނު ބައިވެރިވި ފޯރަމްގަ އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން މިއަދު ހައުސިން މިނިސްޓްރީން ބުނީ 2022 ވަނަ އަހަރު މިނިސްޓްރީން ފެށި “ބިންވެރިޔާ” އަދި “ގެދޮރުވެރިޔާ” ސްކީމާއި ގުޅުގެން ހުށަހަޅާ މައްސަލަތަކާއި އަދި ކުރިޔަށް ގެންދަން ޖެހޭ މައްސަލަތަކާއި ގުޅޭގޮތުން ނިންމަން ޖެހޭ ނިންމުންތަކަށް ލަފާ ދިނުމަށް ކޮމިޓީ އުފެއްދެވީ ފެބްރުއަރީ 26 ވަނަ ދުވަހު ކަމަށެވެ.

މި ކޮމިޓީގައި ހިމެނެނީ އަނީސާ އަހުމަދާއި، އާމިނަތު އީނާސް، އަދި އަހުމަދު އަލީ މަނިކުގެ އިތުރުން އަބްދުލްއަޒީޒް ޔޫސުފާއި މަރިޔަމް ފިޒާނާ ރަޝީދެވެ.

ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ މިނިސްޓްރީން ހާމަކުރި ގޮތުގައި މިއަދެވެ. އަދި މި ބައްދަލުވުމުގައި ކޮމިޓީގެ ޗެއާއަކަށް އަނީސާ ހަމަޖެއްސިއިރު ނައިބެއްގެ ގޮތުގައި އަޒީޒް ވަނީ ހަމަޖައްސާފަ އެވެ.

މި ބައްދަލުވުންތަކުގެ ސެކެޓްރިއޭޓް ބަލަހައްޓާނީ މިނިސްޓްރީންނެވެ.

ކޮމިޓީއާއި ގުޅޭގޮތުން ރައީސް މުއިއްޒު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓުތައް ލިބުނީ އެ ލިބެންޖެހޭ މީހުންނަށްތޯ ޔަގީން ކުރުމަށް ރައްޔިތުން އިތުބާރު ކުރާ ގަދަރުވެރި މީހުންގެ މައްޗަށް އެކުލެވޭ ފްލެޓު ކޮމިޓީއެއް އެކުލަވާލާނެ ކަމަށެވެ. އަދި އެ ލިސްޓުގެ ސައްހަކަން ކަށަވަރު ކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފްލެޓުގެ ކަންކަމުގައި އާންމު ރައްޔިތުންގެ އިތުބާރު ގާއިމު ކުރުމަށް ސަރުކާރުން ބޭނުންވާކަމަށާއި، މިއީ ސަރުކާރުން ވަކި ގޮތަކަކަށް ދޭ އިރުޝާދެއްގެ ދަށުން ކުރާ މަސައްކަތަކަށް ނުވާނެކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެއްވެސް މީހަކަށް ގޯސްކޮށް ފްލެޓު ލިބުނުތޯ އޭރުން އެނގިގެން ދާނެ ކަމަށެވެ.

ވަރަށް ގަދަ
65%ވަރަށް ގަދަ 3%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 3%ވަރަށް ދެރަ 29%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: