ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއާ އެމްބިއުލާންސްގެ ހިދުމަތް ސީޕްލޭންގައި ފެށުމުން ރައްޔިތުންނަށް ލުއިފަސޭހަތައް ލިބިގެންދާނެ: ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެއާއެމްބިއުލާންސްގެ ހިދުމަތް ސީޕްލޭން މެދުވެރިކޮށް ދޭން ފެށުމަކީ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ލުއިފަސޭހައެއްކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ބަލީގައި ހާލު ބޮޑުވެ އެމަޖެންސީގައި ފަރުވާ ދޭން ޖެހޭ ހާލަތްތަކުގައި ދިމާވާ ބޮޑު ދައްޗަކީ މޯލްޑިވިއަންގެ ޖާގައެއް ނުލިބުމާއި އާސަންދަ ހަމަނުޖެހުމެވެ. ސަރުކާރުން ބުނެފައި ވަނީ އެއާ އެމްބިއުލާންގެ ހިދުމަތް، އެކަމަށް އެދި ހުށަހަޅާތާ ދެ ގަޑިއިރުގެ ތެރޭގައި ހަމަޖެހިގެންދާނެ ކަމަށެވެ.

ސީޕްލޭންގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭން ފެށުމާއި ގުޅޭގޮތުން ނައިބު ރައީސް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާއި އެއްގޮތަށް އެއާ އެމްބިއުލާންސް ޑީއެޗްސީ 8 ”ޓްވިން އޮޓާރ“ ސީޕްލޭންއާއި އެކު ރައްޔިތުންނަށް ބޮޑު ލުއިފަސޭހައެއް ވާނެކަމަށެވެ.

ހިދުމަތް ފެށުމުގެ ގޮތުން މޯލްޑިވިއަން އާންމު ކުރި ވީޑިއޯއެއްގައި އައިލޭންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ މީގެ ކުރިން ބަލި މީހަކު އުފުލަން ޖެހޭ ހާލަތްތަކުގައި އެކަމަށް ވަގުތު ނަގާ ކަމަށެވެ. އެގޮތުން ބަލި މީހާ ގެންދެވޭ ގޮތަށް ބޯޓު ތައްޔާރު ކުރުމާއި ބޭނުންވާ އޮކްސިޖަން ހަމަޖެއްސުން ހިމެނެ އެވެ.

ސީޕްލޭން ބޭނުން ކުރަން ފެށުމުން އެއާޕޯޓެއް ނެތް ރަށްތަކުން، ނުވަތަ އެއާޕޯޓާއި ދުރު ރަށްތަކުގެ ބަލި މީހުން އުފުލުމަށް ފަސޭހަވެގެން ދާނެކަމަށް ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ އެ ކުންފުންޏާ ހަވާލު ކުރެވުނު މަސައްކަތުގެ ތެރެއިން ދެ ފްލައިޓްވެއާ އެމްބިއުލާންސްގެ ހިދުމަތަށް ތައްޔާރުކުރެވުނު ކަމަށާއި، ސީޕްލޭން އެއާ އެމްބިއުލާންސް ނެރެ ބަލި މީހުންނާއި ދިވެހި ހުރިހާ ރައްޔިތުންގެ ހިދުމަތުގައި ކުރިޔަށް ގެންދެވޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: