ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފަރުގައި އަސްކަރީ ޑްރޯން މިރޭ އިފްތިތާހު ކުރަނީ!

ތުރުކީ އިންގެނައި އަސްކަރީ ޑްރޯން މާފަރުގައި – ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބަލަހައްޓަން ތުރުކީން ގެނެސްފައިވާ އަސްކަރީ ޑްރޯންތައް ބޭނުން ކުރަން ފެށުމުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޑްރޯންތައް ބޭނުން ކުރުން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ.

ސަރުކާރުން ނިންމާފައި ވަނީ، ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީވިލާތުން ގެނައި ޑްރޯންތައް އޮޕަރޭޓު ކުރުމުގެ ބޭސް މާފަރު އެއާޕޯޓުގައި ގާއިމު ކުރުމަށެވެ.

ރާއްޖެ – އިންޑިއާ ދެމެދު އެކުލަވާލާފައިވާ އެއްބަސްވުންތަކުގެ ސަބަބުން ގައުމުގެ މިނިވަންކަމަށް ބުރޫއަރާކަމަށް ކުރެވޭ ތުހުމަތާއި އެކު މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ އޭގެ ދަށުން ތިބިކަމަށް ބުނާ އިންޑިއާގެ ސިފައިންތައް ފޮނުވާލުމެވެ. ރައީސް މުއިއްޒު ވިދާޅުވި ތާރީހާ އެއްގޮތަށް އެއް ޕްލެޓޫންގެ އިންޑިއާގެ ސިފައިން ދިޔައިރު ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ޑްރޯންތަކެއް ގެނެސްފައި ވަނީ ރާއްޖޭގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ހަތަރު މަސް ދޯންޏަކަށް އިންޑިއާގެ ސިފައިންތަކެއް އަރައި ބިރު ދެއްކި މައްސަލަ ވެސް ފެންމަތިވެފައިވަނިކޮށެވެ.

އޭގެ ފަހުން އިއްވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވަނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓާނީ އަމިއްލައިންކަމަށާއި، އެ ގާބިލުކަން އިތުރު ކުރެވިގެންދާނެކަމަށް ވިދާޅުވެފަ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް ވާން ޖެހޭ ތައްޔާރީތައް ރިޔާސީ ބަޔާނުގައި ފާހަގަކުރުމުން އެކަމަށް އެތަށް ބައެއްގެ ފާޑުކިއުން އަމާޒުވި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގައުމުދެކެ ލޯބިވާ ނުވަތަ ދިވެހިވަންތަ ބަޔަކު އެފަދަ ވާހަކައެއް ދައްކައިގެންނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަމިއްލަ ބާރުވެރިކަން އުފައްދަން މަސައްކަތް ކުރާވާ ވާހަކަ ދެއްކުމުން އެކަމަށް ދޭން ޖެހޭނީ ހިއްވަރު ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: