ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއާ އެމްބިއުލާންސްގައި މިހާތަނަށް 25 ބަލި މީހަކު އުފުލާފައިވޭ: މޯލްޑިވިއަން

އެއާ އެމްބިއުލާންސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިއްހީ އެމަޖެންސީ ހާލަތްތަކަށް ބޭނުން ކުރަން ފަށާފައިވާ އެއާ އެމްބިއުލާންސްގައި މިހާތަނަށް 25 މީހަކު އުފުލާފައިވާކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.

މޯލްޑިވިއަން ހިންގާ އައިލޭންޑް އޭވިއޭޝަނުން އާންމު ކުރި ބަޔާނުގައި ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާއި އެއްގޮތަށް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އެއާއެމްބިއުލާންސްގެ ހިދުމަތް ފެށިއިރު ބޯޓުގައި މިހާތަނަށް 25 މީހަކު އުފުލާފައިވާ ކަމަށެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތަށް ބޭނުން ކުރަނީ، އެ ހިދުމަތް ދިނުމަށް ހާއްސަކޮށްފައިވާ މޯލްޑިވިއަންގެ އެއާކްރާފްޓެކެވެ.

ހިދުމަތާ ގުޅޭގޮތުން ހެލްތް މިނިސްޓްރީން ބުނެފައި ވަނީ އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭ ބޯޓުގައި، މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފަރުވާ ލިބެން ހުރި އެންމެ ކައިރީގެ ޓާޝަރީ ހޮސްޕިޓަލްތަކަށް ބަލި މީހުން އުފުލާނެ ކަމަށެވެ. އަދި ބޯޓުގައި އަވަސް ސިއްހީ ފަރުވާ ދެވޭ ގޮތަށް، ވަސީލަތްތަކާއި އެކު ތަމްރީނުކޮށްފައިވާ 15 ސިއްހީ ހިދުމަތްތެރިއަކު ވެސް އުޅޭނެކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެއީ ފަސް ޑޮކްޓަރަކާއި، ފަސް ނަރުހުން އަދި އިމަޖެންސީ މެޑިކަލް ޓެކްނީޝިއަނުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: