ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީތަކުގެ ވިޕްލައިނާ ހިލާފުވެގެން ފިޔަވަޅު އެޅުމުގެ ވާހަކައަކީ ގާނޫނު ދަންނަ އެއްޗެއް ނޫން: ނިހާދު

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު ނިހާދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީއެއްގެ ވިޕްލައިންއާއި ހިލާފުވެގެން، އެ ޕާޓީއަކުން ވަކި ކުރުމަކީ ގާނޫނުއަސާސީ ދަންނަ ވާހަކައެއް ނޫންކަމަށާއި އެފަދަ އުސޫލެއްގެ ތެރެއިން ގޮނޑި ގެއްލުވާނުލެވޭނެކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖީލީހަށް އެ މެމްބަރަކު އިންތިހާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން ގޮނޑި ގެއްލޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އެވެ. ބިލު ހުށަހަޅުއްވައި އަހުމަދު ވިދާޅުވީ ބިލުގެ ބޭނުމަކީ ދިވެހިރާއްޖޭގައި ހިނގަމުން ދާ މަލްޓި ޕާޓީ ސިސްޓަމްގެ ދަށޫން ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާއިމުކޮށްފައިވާ އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތައް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް އިންތިހާބުވުމަށް ފަހު ދެން ޕާޓީ ބަދަލުކުރާ ހާލަތެއްގައި އަމަލު ކުރަން ޖެހޭ އުސޫލު ބަޔާން ކުރުމެވެ.

އެހެންކަމުން ދައުރުގެ މެދުތެރޭގައި މެމްބަރަކު ގޮނޑި ބަދަލުކޮށްފި ނަމަ، އެބޭފުޅެއްގެ ގޮނޑިއާއި މެދު އަމަލު ކުރާނެ ގޮތާއި ގޮނޑި ގެއްލުމުން ދެން ބައި އިލެކްޝަން ބޭއްވުމުގައި އަމަލު ކުރާނެ ގޮތް ބަޔާންކޮށް ގާނޫނެއް ގެނައުމަށް ހުށަހެޅީކަމަށް އަހުމަދު ވިދާޅުވި އެވެ.

މަޖިލީހުގައި އޮތް ބިލަށް ދެކޮޅު ހަދައި ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ނިހާދު ވިދާޅުވީ އިންތިހާބީ މަގާމަކަށް މެމްބަރު އަންނަނީ، އެއްވެސް ހާލަތެއްގައި ތަމްސީލު ކުރާ ސިޔާސީ ޕާޓީއެއްގެ ސަބަބުން ނޫން ކަމަށެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލީހަށް ހޮވަނީ އެ ދާއިރާއެއްގެ ރައްޔިތުން ތަމްސީލު ކުރާނެ މެމްބަރެއްކަށްވުމާއި އެކު، އޭނާ އެ ގޮނޑިއަށް އައުމުގައި ޕާޓީއަކަށް ނިސްބަތް ނުވާ އެތައް ބައެއްގެ ވޯޓު ވެސް ހިމެނޭކަމަށް ނިހާދު ވިދާޅުވި އެވެ.

ނިހާދު ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގައި ހުންނަ ސިފަތަކެއް، އެފަދަ ނިޒާމެއް ނެތި ނުވަތަ ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އެއްވެސް އިސްލާހެއް ނުގެނެސް ތަންފީޒު ކުރެވިދާނެކަމަށް އޭނާ ގަބޫލު ނުކުރާ ކަމަށެވެ.

އޭގެ ސަބަބެއްކަމަށް ނިހާދު ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނެއް ގެނައި ނަމަވެސް، އެ ގާނޫނު ވާނީ ގާނޫނުއަސާސީއާއި ހިލާފު ގާނޫނަކަށް ވުމެވެ. މިސާލެއްގެ ގޮތުގައި ނިހާދު ވިދާޅުވީ މެމްބަރު މަޖިލީހުގައި ދޭ ވޯޓަކަށް ބަލައި، އެއީ ވިޕްލައިނާ ހިލާފަށް ދިން ވޯޓެއްކަމަށް ބުނެ ޕާޓީން ވަކި ކުރުމެވެ. ނިހާދު ވިދާޅުވީ ޕާޓީތަކުގެ ވިޕްލައިނާ މެމްބަރުން ހިލާފުވުމަކީ ގާނޫނުއަސާސީ ދަންނަ ވާހަކައެއް ނޫންކަމަށެވެ.

ޕާޓީތަކުގެ ވިޕްލައިނާ ހިލާފުވުމަކީ ގާނޫނު ދަންނަ އެއްޗެއް ނޫން.. ގާނޫނެއް ދަންނަ އެއްޗެއް ނޫން.. އަޅުގަނޑުމެން ރިޕްރެޒެންޓު ކުރާ ގަވައިދެއްގެ ދަށުން އޮންނަ އެއްޗެއް އެއީ..

ނިހާދު ވިދާޅުވީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ބަދަލަކީ، ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު ޕާޓީތަކުން ބޭނުން ކުރާ ކެމްޕެއިން ސްލޯގަންއެއް ކަމަށެވެ. މިއީ 19 ވަނަ މަޖިލިސް އިންތިހާބުވެގެން އައިއިރު ވެސް އޮތް ގާނޫނެއްކަމަށާއި އެހެންކަމުން 65 މެމްބަރުން ތިބެ އެ ގާނޫނު އުވާލި ސަބަބާއި މެދު ނިހާދު ސުވާލު އުފެއްދެވި އެވެ.

މަޖިލީހުގެ ތެރޭގައި އެމްޑީޕީގެ އެ ބާރުއޮވެމެ، އެ މަސައްކަތް ނުކުރީ އޭގެ ފަހަތުގައި އަމިއްލަ ސަބަބުތަކެއް އޮވެގެންކަމަށް ނިހާދު ވިދާޅުވި އެވެ.

އެންޓި ޑިފެކްޝަންގެ މަގްސަދުކަމަށް ބިލުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާއިމުކޮށްފައިވާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ޑަބްލިއުޑީސީތައް އެއީ އިންތިހާބުވި ފިކުރުގައި ދެމިތިބޭ ބައެއްގެ ގޮތުގައި ހެދުން ކަމަށެވެ. އަދި ރައްޔިތުން އިންތިހާބު ކުރާ މަގާމުތަކުގައި ތިބޭ މީހުންނަކީ، ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދި އާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން ލިބިގެންވާ ބައެއްކަމަށް ހެދުމެވެ.

ބިލުގައި ބުނާގޮތުން ޕާޓީ ބަދަލުކޮށްފިކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން އެ މެމްބަރަކު އިސްތިއުފާ ދޭންވާނެ އެވެ. އަދި އަތޮޅު ކައުންސިލްތަކާއި، ކައުންސިލް މެމްބަރުން އަދި ޑަބްލިއުޑީސީގެ ގޮނޑި ހުސްވާނީ ވެސް އިލެކްޝަންސް ކޮމިޝަނުގައި އެކަން ދަފްތަރުވާ ހިސާބުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: