ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުލުގަ ހިފާ ދަމާވަރަކަށް އިތުރު ހަގީގަތްތައް ހާމަވާނެ: ސަނީފް

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު މައިޕާޓީ އެމްޑީޕީ ދެމެދު ޖެހުނު މައްސަލަތަކަށް ފަހު އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދަށް ފާޑުކިއުން އަމާޒު ކުރައްވަމުން ގެންދަވާ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް އަނެއްކާވެސް އޭނާއަށް ބަހުގެ ހަމަލާތައް ރައްދު ކުރައްވައިފި އެވެ.

އިންތިހާބީ މަގާމަކަށް ހޮވުނު ސިޔާސީ ޕާޓީ ދޫކޮށް އެހެން ފިކުރަކާއި ގުޅޭ ހިސާބުން ގޮނޑި ގެއްލޭ އެންޓި ޑިފެކްޝަން ބިލާއި އެކު ސަނީފް ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ ކުރިން އެ ގާނޫނު އޮއްވައި ވެރިކަމަށް އައިސް 2019 ގައި އިސްލާހު އުވާލީ އަމިއްލަ މަންފާއަށް ވިސްނައި އެމްޑީޕީންނެވެ.

ހަރުކަށި އުސޫލުތަކާއި އެކު ގޮނޑި ގެއްލޭ އިސްލާހުތައް ގެނައުމުގެ ބަދަލުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނު ހަރުދަނާ ކުރުމަށް ގޮވާލައި ސަނީފް ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށާއި އެކަމަކު އެއްވެސް އިންތިހާބަކާއި ނުލައި އެ މަގާމަށް ޝާހިދު އިންތިހާބުވިއިރު އެއީ ރައްޔިތުން ލީޑަރުންނަށް ކުރާ އިހުތިރާމާއި ގަދަރު ގެއްލޭނެ ސަބަބެއްކަމަށް ވިދާޅުވި އެވެ.

ސަނީފް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓަށް ރުހުން ދިނުމުގެ ވޯޓާ ދިމާކޮށް އެމްޑީޕީގެ މެމްބަރުންތައް ރިޝްވަތުގެ ފައިސާ ނެގިކަމަށާއި އެކަމަކު އެ ވާހަކަ ދައްކާނެ ލީޑަރެއް ޕާޓީ ތެރޭގައި ނެތް ކަމަށެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި ސަނީފް ހިތްހަމަނުޖެހުނީ ބައެއް ބޭފުޅުން ދެއްކެވި ވާހަކައިގައި ސަނީފަށް އާމާޒުވާ ގޮތަށް ނުސީދާކޮށް ވާހަކަ ދެއްކެވުމުންނެވެ.

އެގޮތުން ބައެއް މެމްބަރުން ޕާޓީގައި ތިބެ، ސަރުކާރު ބޭނުންވާ ގޮތަށް ވޯޓެއް އަނބުރާލުމުގެ ގޮތުން އެ ވަގުތެއްގައި ތަޅުމުގައި ހާޒިރުވެ ނެތުން ފާހަގަކުރި އެވެ. އަދި ބައެއް މެމްބަރުންގެ ފަރާތުން އެކަން ވަރަށް ބޮޑަށް ފާހަގަވާކަމަށް ތުހުމަތު ކުރިއިރު ސަނީފް އެއަށް ރައްދު ދެއްވައި ވިދާޅުވީ އެއީ ޝާހިދު އިސްވެ ހުންނަވައި ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މިއުވަން މުހައްމަދު ދީދީއަށް އިރުޝާދުދީގެން ހިންގާ ދިޔަވަރު ނޫހުގައި ލިޔުނު ވާހަކަތަކެއް ކަމަށެވެ.

ސަނީފް ތުހުމަތު ކުރެއްވި ގޮތުގައި، އޭނާގެ ބޮލުގައި އެ ތުހުމަތުތައް އަޅުވަނީ ޝާހިދު އެކަމުގެ އަޑީގައި ހުންނަވައިގެންނެވެ. ސަނީފްގެ ތުހުމަތުތައް މީޑީއާތަކުގެ ސަމާލުކަމަށް އައިއިރު އެ ވާހަކަތަކަށް ރައްދު ދެއްވައި ޝާހިދު ވިދަޅުވީ މަޖިލީހުގައި ސަނީފު ދެއްކެވި ވާހަކައިގައި އޮންލައިންކޮށް ލިޔާ ދިޔަވަރު ކިޔާ ނޫހަކާއި އޭނާއާއި ގުޅުވައި ދެއްކެވި ވާހަކައިގައި ހަގީގަތެއް ނެތް ކަމަށެވެ.

އެ ތުހުމަތުތަކަށް ޝާހިދު ވެސް ރައްދު ދެއްވިއިރު ވިދާޅުވީ، މަޖިލީހުގެ އިމްތިޔާޒް ނިވާފަތްގަނޑަކަށް ބޭނުންކޮށް ދޮގުހެދުމާއި މީހުންގެ އަބުރަށް އަރަގަތުމަކީ ޑިމޮކްރަސީ އާއި ބީރަށްޓެހި ފިނޑި އަމަލެއް ކަމަށެވެ. އަދި ދިޔަވަރު ނޫހާއި ގުޅުވައި ދެއްކެވި ވާހަކަތައް ވެސް ދޮގު ކުރެއްވި އެވެ.

ސަނީފާއި، ޝާހިދު ދެމެދު ފެށުނު ޒުވާބުތަކަށް ސަނީފް ވިދާޅުވީ އޭނާއަށް އަމާޒުކޮށް ހަގީގަތެއް ނެތް ވާހަކަތައް ފެތުރޭ މިންވަރަކަށް އަސްލު ހަގީގަތްތައް ދާނީ ހާމަވަމުން ކަމަށެވެ. ސަނީފް ވިދާޅުވީ އޭނާ ދެއްކެވި ވާހަކަތަކަށް ބިރު ދެއްކުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: