ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޯތުކޮރެއާގެ ސިފައިންނަށް ހަނގުރާމައަށް ތައްޔާރުވުމަށް އަންގައިފި!

އުތުރު ކޮރެއާގެ އިސް ލީޑަރު ކިމް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާ އަދި ސައުތުކޮރެއާ ގުޅިގެން ކުރިއަަށް ގެންދިޔަ އަސްކަރީ ހަރަކާތްތައް ނިންމާލުމާއިއެކު ހަނގުރާމައަށް ތައްޔާރުވުމަށް ނޯތުކޮރެއާގެ ރައީސް ކިމް ޖޮން އުން އެ ގައުމުގެ އަސްކަރިއްޔާއަށް އަމުރުކޮށްފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުން ހަނގުރާމައަށް ތައްޔާރުވުމަށް ކިމް އެންގެވީ ދާދި ފަހުން ނޯތުކޮރެއާގައި ބޭއްވި އަސްކަރީ ތަމްރީނުތަކެއްގެ ތެރެއިންކަމަށެވެ. އަދި އޭނާގެ ވާހަކަތަކުގެ ތެރެއިން އެމެރިކާ އާއި ސައުތު ކޮރެއާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް އަލިއެޅުއްވިކަމަށްވެސް ބުނެފައިވެއެވެ.

ޓޭންކަރުތައް ބޭނުންކޮށްގެން ކުރިއަށް  ގެންދިޔަ އަސްކަރީ ތަމްރީނުތައް ބެއްލެވުމަށް ވަޑައިގެން ކިމްވަނީ ސިފައިންގެ ގާބިލުކަމާއިމެދު އުފާކުރައްވާކަން ހާމަކުރައްވާފައެވެ. އަދި އެ ގައުމުގައި އުފައްދަނީ ދުނިޔޭގެ އެންމެ ބާރުގަދަ ޓޭންކުތަކަމަށްވެސް ވިދާޅުވިއެވެ.

ހަނގުރާމައިގެ ހާލަތަށް ތައްޔާރުވުމުގެ ގޮތުން މިހާރަށްވުރެވެސް ވަރުގަދައަށް ތަމްރީނުތައް ކުރިއަށް ގެންދިއުމަށްވެސް އޭނާ އިރުޝާދު ދެއްވިއެވެ. މީޑިއާތަކުން ބުނާގޮތުން ތަމްރީނުތައް ނިންމާލުމުގެ ގޮތުން ކިމްވަނީ ޓޭންކަކަށް އަރާވަޑައިގެން އެތަނުގައި އެ އުޅަނދު ދުއްވާފައެވެ.

އޭނާގެ ފަރާތުން މީގެ ކުރިންވެސް މިފަދަ އިންޒާރުތައް ލިބިފައިވާނަމަވެސް، މިދިޔަ އަހަރުގެ ތެރޭގައި އެމެރިކާ އަދި ސައުތުކޮރެއާގެ ދެމެދު ކުރެވެެމުންދާ މަސައްކަތްތައް އިތުރުވެފައިވުމާއިއެކު، ކިމްވެސް ވަނީ އެކަންކަމަށް އިތުރު ސަމާލުތަކެއް ދޭން ފަށާފައިކަމަށާއި ސުލްހަވެރިކަމާއިއެކު ދެ ގައުމުގެ ގުޅުވުމަށް އޮތް އުންމީދުތަކުން ދޫކޮށްލާފައިވާކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: