ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަޝިއާގެ ރައީސް ނޯތުކޮރެއާއަށް ވަޑައިގަންނަވަނީ!

ރަޝިއާގެ ރައީސް އަދި ނޯތުކޮރެއާގެ ރައީސް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދާދި އަވަހަށް ރަޝިއާގެ ރައީސް ވްލެޑިމިއަރ ޕުޓިން އެ ގައުމަށް ޒިޔާރަތްކުރެއްވުމަށް ކަނޑައެޅިފައިވާކަމަށް ނޯތުކޮރެއާއިން ބުނެފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން، ކޮރެއާއިންވަނީ ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން އެ ގައުމަށް ޒިޔާރަތްކުރެއްވުމަށް ޕުޓިން ތައްޔާރަށް ހުންނެވިކަން ހިއްސާކުރައްވާފައިވާކަން ހާމަކޮށްފައެވެ. އަދި އޭނާ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެގައުމަށް ޒިޔާރަތްކުރެއްވުމަށް ކަނޑައެޅިފައިވާކަން ކަށަަވަރުކޮށްދީފައިވާއިރު، ތާރީހެއް ހިއްސާކޮށްފައިނުވާކަމަށް ރިޕޯޓުތަކުގައިވެއެވެ.

މީޑިއާތަކުން ބުނާގޮތުން، ޕުޓިން ނޯތު ކޮރެއާއަށް ވަޑައިގެންނެވުމަށް ނިންމަވާފައިވަނީ ދެ ގައުމާއި އެމެރިކާއާއި ދެމެދު އުފެދިފައިވާ މައްސަލަތަކުގައި އެކުގައި މަސައްކަތްތަކެއް ކުރެވިފައިވާއިރުކަމަށެވެ.

ނޯތުކޮރެއާގެ ފޮރިން މިނިސްޓްރީއިން ބުނެފައިވާގޮތުން ޕުޓިންގެ ޝައުގުވެރިކަން އުފެދިފައިވަނީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޗޮއި ސަން ހުއި އަދި ޕުޓިން އާއި ރަޝިއާގެ ފޮރިން މިނިސްޓަރުވެސް ބައްދަލުކުރެއްވުމަށްފަހުއެވެ. އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ރަޝިއާގައިކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

އެ މުއައްސަސސާއިން ބުނެފައިވާގޮތުން، ދެ ގައުމުންވަނީ ސަލާމަތީ މަސައްކަތްތައް އެކުގައި ކުރިއަށާް ގެންދިއުމަށް ނިންމައި، ދުނިޔޭގައި އެ ދެ ގައުމުގެ ހިމެނޭހެން ބާރުވެރިކަން ހާސިލުކުރުމަށްކަމަށެވެ. މީޑިއާތަކުން ބުނާގޮތުން މިއީ އެ ދެ ގައުމުން އެމެރިކާ އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރަމުންދާ މަސައްކަތްތަކެކެވެ.

ނޯތުކޮރެއާގެ ރައީސް ކިމް ޖޮން އުން އާއިއެކު ކުރިއަށް ގެންދެވި ބައްދަލުވުމަކަމަށްފަހު ރަޝިއާގެ ރައީސް ޕުޓިންވަނީ އެ ގައުމަށް ޒިޔާރަތްކުރެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާކަން މީގެކުރިންވެސް ހިއްސާކުރައްވާފައެވެ. ކިމްއަކީ ރަޝިއާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައަށް ތާއީދުކުރާ މަދު ލީޑަރުންގެ ތެރެއިން އެކަކުކަމަށްވާއިރު، އެ ގައުމުންދަނީ ރަޝިއާ ދެމެދު އޮތް ގުޅުން އެކި ގޮތްގޮތުން ފާހަގަކުރަމުންކަމަށްވެސް ބުނެފައިވެއެވެ. އަދި އެ ގައުމުން މި މަސައްކަތްކުރަމުންދަނީ ބައިނަލްއަގުވާމީ މައިދާނުގައި އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށާް ގެނައުމަށްކަމަށާއި ސަބަަބަކީ ޖަޕާނާއި ސައުތް ކޮރެއާ އަދި އެމެރިކާ ދެމެދު މައްސަލަތައް ހޫނުވެފައި އޮތުންކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: