ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަޝިއާ އާއި ނޭޓޯ ދެމެދު މައްސަލަ ހޫނުވެއްޖެ

ޕުޓިން އަދި ޖެންސް ސްޓޯލެންބާގް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޝިއާ އާއި ނޭޓޯގެ ގައުމުތަކުގެ ދެމެދު މަސްރަހު ހޫނުވަމުންދާކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މީޑިއާތަކުން ބުނާގޮތުން ރަޝިއާގެ ރައީސް ވްލެޑިމިއަރ ޕުޓިންވަނީ ލެޓްވިއާ އަށް ބައެއް އައު އިންޒާރުތައް ދީފައެވެ. އެގޮތުން ރަޝިއާ ބަހުން ވާހަކަދައްކާ ލެޓްވިއާގެ މައިނޯރިޓީ އާއިމެދު ގެންގުޅޭ ސިޔާސަތުތަކަށް ފާޑުކިޔާފައިވާކަމަށްވެސް ބުނެފައިވެއެވެ. ލެޓްވިއާ އަކީ ރަޝިއާ އާއި ބޮޑަރު ހިއްސާވާ ނޭޓޯގެ މެމްބަރުންގެ ތެރޭގައި ހިމެނޭ 3 ގައުމުން އެއް ގައުމެވެ.

ލެޓްވިއާއަށް މީގެ ކުރިންވެސް ވަކި ބަޔަކަށް ދަތިވެގެންދާފަދަ ފިޔަވަލުތައް އަޅާފައިވުމަށް ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. އެގޮތުން ލެޓްވިއާ ބަހަކީ އެ ގައުމުގެ ސުކޫލުތަކުގައި ބޭނުންކުރާ ހަމައެކަނި ބަސްކަމަށް ހެދުމަށް މަސައްކަތްކުރިކަމަށާއި އެ ގައުމުގައި ދިރިއުޅޭ އެތައް ރަޝިއާގެ ރައްޔިތަކަށް ލެޓްވިއާއަށް އިހުލާސްތެރިކަން ސާބިތުކުރުމަށްޓަކައި ލެޓްވިއާ ބަހާއި ގުޅުންހުރި ޓެސްޓެއް ހެދުމަށްވެސް އަމުރުކުރިކަމަށެވެ.

ރަޝިއާގެ ރައީސް ޕުޓިން ވިދާޅުވީ، ލެޓްވިއާ ފަދަ ސިޔާސަތުތައް ގެންގުޅޭ ބަޔަކަށް އުފާވެރިކަމެއް ލިބޭނެކަމަށް ގަބޫލުނުކުރައްވާކަމަށެވެ. ޔޫކްރެއިން އިން ބުނެފައިވާގޮތުން އެ އިންޒާރުތައް ދީފައިވަނީ ރަޝިއާއިން އެ ގައުމާއި ދެކޮޅުވެރިކަމަށް ދެކޭ ގައުމުތަކަށެވެ. އެހެންނަމަވެސް ލެޓްވިއާގެ އާބާދީގެ 24 އިންސައްތައާއި ގާތްކުރާ އަދަދެއްގެ މީހުންނަކީ ރަޝިއާއަށް ނިސްބަތްވާ ބައެއްކަމަށްވެސް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. ޕުޓިން ވިދާޅުވީ، އެ ގައުމުގައި ދިރިއުޅެން ބޭނުންވާ ނުވަތަ މަސައްކަތްތައްކޮށްދީ އެ ގައުމަށްވެސް ފައިދާތަކެއް ހޯދައިދެމުންދާ ބަޔަކާއިމެދު ޖަނަވާރުންތަކެއްހެން އަމަލުކުރަމުންދާނަމަ، ލެޓްވިއާއަށްވެސް އެފަދަ އަމަލުތަކާއި ކުުރިމަތިލާންޖެހިދާނެކަމަށެވެ.

ޔޫކްރެއިން ހަނގުރާމެ ފެށުނީއްސުރެވެސް ރަޝިއާ އާއި ދެކޮޅުވެރިކަން ހާމަކޮށް ތިބި ގައުމުތަކުންވަނީ ވޭތުވެދިޔަ މަސްދުވަސްތަކުގެ ތެރޭގައި ބޯޑަރު ސަރަހައްދުތަކުގައި ސަލާމަތީ ހިދުމަތްތައް ވަރުގަދަކޮށްފައެވެ. އެކަންކުރީ ޔޫކްރެއިން ހަނގުރާމަ އިތުރަށް ވަރުގަދަ ވެފައިވާއިރުއެވެ. ނޭޓޯގެ ޖެނަރަލް ސެކްރެޓަރީ ޖެންސް ސްޓޯލެންބާގް ވިދާޅުވީ، ޔޫކްރެއިންގައި ރަޝިއާއަށް ކާމިޔާބީ ހާސިލުވުމަކީ އެ ޖަމާއަތަކުގެ މެމްބަރުންނަށް ހުރި ނުރައްކަލެއްކަމަށެވެ. އަދި އެހެނިހެން ހުޅަނގުގެ ގައުމުތަކަށްވެސް އެކަމުގެ އަސަރުކުރާނެކަމަށްވެސް ބުނެފައިވެއެވެ. އޭނާ ވިދާޅުވީ، ޔޫކްރެއިންއަށް ދެމުންދާ އެހީ އިތުރުވެގެންދާވަރަކަށް އަވަހަށް ނިމިގެންދާނެކަމަށެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 75%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: