ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

50 ގައުމަކުން ބައިވެރިވާ ޔޫރެއިންގެ މުހިންމު ދިފާއީ ބައްދަލުވުމެއް ބާއްވައިފި

ޔޫކްރެއިން އަދި އެމެރިކާ ސަރުކާރުގެ އިސްވެރިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫކްރެއިން ދިފާއުކުރުމުގެ މަސައްކަތްތަކުގެ މަޝްވަރާތައް ކުރުމަށްޓާަކައި 50 ގައުމެއްގެ އިސްވެރިންގެ ދެމެދު 20 ވަނަ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވާކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

50 ގައުމަކުން ޑިފެންސް މިނިސްޓަރުންނާއި އަސްކަރީ އިސްވެރިން ހިމެނޭ ގޮތަކަށް ކުރިއަށް ގެންދިޔަ ޔުކްރެއިން ޑިފެންސް ކޮންޓެކްޓް ގުރޫޕު އެލައެންސް ބައްދަލުވުމުގައި ގައުމުތަކުންވަނީ ޔޫކްރެއިންގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރަންޖެހިފައިވާކަމާއިމެދު ވާހަކަދައްކާފައެވެ.

ޔޫކްރެއިންގެ ޑިފެންސް މިނިސްޓަރު ރުސްޓެމް އުމެރޮވް އިސްކޮށް ހުންނެވި މި ބައްދަލުވުން ކުރިއަށް ގެންދިޔައީ ޖަރުމަނުވިލާތުގެ އެއަރބޭސްއެއްގައިކަމަށާއި، ބައްދަލުވުމުގައި ޔޫކްރެއިންއަށް ހަތިޔާރު އިތުރަށް ބޭނުންވާކަމުގެ އިތުރުން ވައިގެ އަސްކަރީ ގާބިލުކަން އިތުރުކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާތައްކުރެވިފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޯސްޓިންވަނީ އެ ގައުމުގެ މަޖިލީހުގެ އެއްބާރުލުން ނުލިބުނު ކަމަށްވާނަމަވެސް ޔޫކްރެއިންގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް ތައްޔާރަށް ތިބިކަން ހާމަކޮަށްފައެވެ. އަދި މި ހަނގުރާމައިގެ ސަބަބުން ރަޝިއާއަށްވެސް ބޮޑެތި ގެއްލުންތައް ލިފައިވާކަމަށްވެސް އިޝާރާތްކުރެއްވިއެވެ.

ރިޕޯޓުތަކުގައިވާގޮތުން ބައްދަލުވުމުގެ މައިގަނޑު ގޮތަކަށް ވާހަކަދެއްވިފައިވަނީ ޔޫކްރެއިންގެ އަސްކަރިއްޔާއަށް ވަޒަން ފަދަ ތަކެތި ފޯރުކުރުމާއި ގުޅޭގޮތުންކަމަށެވެ. އަދި ޖަރުމަނުވިލާތުންވަނީ 500 މިލިއަން ޔޫރޯގެ އެހީގެ އިތުރުން އެތައް ހާސް ވަޒަނެއްވެސް ހަދިޔާކުރުމަށް ނިންމާފައިކަމަށްވެސް ބުނެފައިވެއެވެ.

އިތުރު މުހިންމު ކަމެއްގެ ގޮތުގައި މަޝްވަރާކުރެވިގެންދިޔައީ ޔޫކްރެއިންގެ އެއަރ ޑިފެންސް ސިސްޓަމްތައް ވަރުގަދަކުރުމާއި މިސައިލް ސަޕްލައި އިތުރުކުރުމާއި ގުޅޭގޮތުންކަމަށް ބުނެފައިވެއެވެ. އަދި ރަޝިއާގެ މައްޗަށް ޔޫކްރެއިންގެ އަސްކަރިއްޔާ ވައިގެ މަގުން ކުރާ ހަނގުރާމައިގައި ކުރި ހޯދުން މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވިފައިވާކަމަށާއި އެ ޝުއޫރު ހުރިހާ ގައުމެއްގެ ލީޑަރުންގެ ކިބައިންވެސް ފެނިގެންދިޔަކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: