ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒުތައް ހާސިލުވަންދެން ހަނގުރާމަ ކުރިއަށްދާނެ: ޕުޓިން

ރަޝިއާގެ ރައީސް ވެލެޑިމިއަރ ޕުޓިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫކްރޭނާއިއެކު ސުލްހަ ގާއިމުކުރެވޭނީ ރަޝިއާގެ މަގުސަދުތައް ހާސިލުވުމަށްފަހުކަމަށް އެ ގައުމުގެ ރައީސް ވްލެޑިމިއަރ ޕުޓިން ވިދާޅުއްޖެއެވެ.

ބައިނަލްއަގުވާމީ މިޑީއާތަކުން ބުނާގޮތުން ރަޝިއާގެ ރައީސްވަނީ ޔޫކްރެއިންގެ ހަނގުރާމަ އިތުރަށް ދިގުދެމިގެންދާނެކަމުގެ އިޝާރާތްތައް ކޮށްފައެވެ. އެގޮތުން ޔޫކްރެއިން އާއިއެކު ސުލްހަ ގާއިމުކުރުމުގެ މަސައްކަތްތައް ކުރެވޭނީ ރަޝިއާއިން އެ ގައުމުގައި ބޭނުންވާ ކަންކަން ހާސިލުވެގެންދިއުމާއިއެކުކަމަށް ވިދާޅުވިއެވެ.

ރަޝިއާގެ ނޫހަކަށް ދެއްވި އިންޓަރވިއުއެއްގައި ޕުޓިންވަނީ ރަޝިއާގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމުގު މުހިންމު ކަމުގެ މައްޗައަށް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ، މިނިވަންކަން ނެތި ރަޝިއާއެއް ނޯންނާނެކަމަށެވެ.

އޭނާ ވިދާޅުވީ، ރަޝިއާގެ އިގްތިސާދު އޮތީ ހަނގުރާމައިގެ ދުވަސްވަރަކާއި ބަލައި ރަނގަޅަށްކަމަށެވެ. އަދި ޔޫކްރެއިންގައި ހަމަޖެހުން ގާއިމުވެގެންދަނީ އެ ގައުމުގެ ލަނޑުދަނޑިތައް ހާސިލުވުމުންކަަމަށާއި އެ އަމާޒުތަކަށް ބަދަލެއް ނާންނާނެކަމަށްވެސް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ އެ ގައުމުން ނާޒީން ހުސްކުރުމާއި އަސްކަރިއްޔާ ރޫޅާލުމުގެ މަސައްކަތްތަކުގެ އިތުރުން ވަކި ފަރާތަކަަށް ނުޖެހި އޮންނަ ގައުމައެއްގެ ގޮތަށް ހެދުމުގެ މަސައްކަތްތައްވެސް ކުރަން އޮތްކަމަށެވެ.

ޕުޓިން ވިދާޅުވީ، ގިނަ އަދަދެއްގެ މީހުން އަމިއްލަ އިހުތިޔާރާއި އިސްނެގުމުގެ މަތިން އެ ގައުމުގެ އަސްކަރިއްޔާއާއި ގުޅެމުންދާކަމަށެވެ. އެގޮތުން 486،000 މީހުން މިފަހުން ގުޅިފައިވާއިރު، މިދިޔަ އަހަރުގެ ތެރޭގައިވެސް 300،000 މީހުން ގުޅުންކަމަށް ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެ ގައުމުގެ މަސްލަހަތު ދެމެހެއްޓުމުގެ ގޮތުން ކިއު ހަދާ މީހުން ހުސްނުވާކަމަށެވެ. އަދި މި އަހަރު ނިމޭއިރު ބައި މިލިއަނާއި ގާތްކުރާ އަދަދެއްގެ ސިފައިން ތިބޭނެކަމަށްވެސް ހިއްސާކުރެއްވިއެވެ.

އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓެއްގައި ބުނެފައިވާގޮތުން، ހަނގުރާމަ ފެށިގެން މިހާތަނަށް 315،000 ސިފައިން މަރުވެފައިވެއެވެ. ނުވަތަ ބޮޑެތި އަނިޔާތައް ލިބިފައިވެއެވެ. މިއީ ހަނގުރާމަ ފެށިއިރު ރަޝިއާގެ ޖުމުލަ އަސްކަރިއްޔާގެ 90 އިންސައްތަ މީހުންކަމަށްވެސް ރިޕޯޓުގައިވެއެވެ.

ޔޫކްރެއިން އިން ރަޝިއާގެ ބެލުމުގެ ދަށުގައި އޮތް ސަރަހައްދެއް އަނބުރާ ހޯދާފައިވާކަމާއިމެދުވެސް ނޫސްވެރިޔަކުވަނީ ޕުޓިންއާއި ސުވާލުކޮށްފައެވެ. އޭނާ ވިދާޅުވީ، އެއީ ޔުކްރެއިންއިން ކްރައިމިއާ އަށް ވަދެގަތުމަށް ކުރި މަސައްކަތްތަކެއްކަމަށާއި އެހެންނަމަވެސް ރަޝިއާއިން އެ ގައުމުގެ ސިފައިން ސަލާމަތްކުރުމުގެ ގޮތުން ފަހަތަށް ޖެހިލުމަށް ނިންމީކަމަށާއި ޔޫކްރެއިން އިން ކުރަމުންދާ މަސައްކަތްތަކުގެ މައިގަނޑު މަގުސަދަކީ އިތުރަށް ގައުމުތަކުން ފައިސާ ހޯދުންކަމަށް ވިދާޅުވިއެވެ.

ޕުޓިން ވިދާޅުވީ، ޔޫކްރެއިން އިން އަދިވެސް ހަނގުރާމަ ކުރަމުންދަނީ ކޮން ސަބަބަކާއި ގުޅިގެންކަމެއް ސާފުނުވާކަމަށެވެ. އަދި ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއަކީ އެ ގައުމުގެ މީހުން މަރުވަމުންދިއުންކަމަށާއި ހަނގުރާމައިގެ މައިދާނަށް ނުކުންނަ ޔޫކްރެއިންގެ ސިފައިންނަށް އަނބުރާ ދިއުމެއް ނެތްކަމަށް އޭނާ ސިފަކުރެއްވިއެވެ. ޕުޓިން ވިދާޅުވީ، ހަނގުރާމަ ކުރިއަށް ގެންދަނީ ސިޔާސީ ސަބަބަކަށް ކަމަށާއި ޔޫކްރެއިންގެ އިސްވެރިންދަނީ ބޭރު ގައުމުތަކުގައި ސަލާން ޖަހަމުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: