ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕުޓިން ފަސްވަނަ ދައުރަކަށް ވާދަކުރުމަށް ނިންމައިފި!

ރަޝިއާގެ ރައީސް ވްލެޑިމިއަރ ޕުޓިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފަސްވަނަ ދައުރަކަށް ވާދަކުރެއްވުމަށް ރަޝިއާގެ ރައީސް ވްލެޑިމިއަރ ޕުޓިން ނިންމަވައިފިއެވެ.

މީޑިއާތަކުން ބުނާގޮތުން، އިތުރު ދައުރެއް ހޯއްދެވުމަށް ޕުޓިން މަސައްކަތްކުރެއްވުމަކީ ހައިރާންވާ ފިޔަވަޅެއް ނޫންކަަމަަށެވެ. އެގޮތުން އޭނާ ވަނީ ކުރިއަށް އޮތް މާޗު މަހުގެ ތެރޭގައި ބެއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި ފަސްވަނަ ދައުރެއް ހޯއްދެވުމަށް މަސައްކަތްކުރައްވާނެކަން އިއުލާނުކުރައްވާފައިކަަމަށްވެސް ބުނެފައިވެއެވެ.

މީޑިއާތަކުން ބުނާގޮތުން މިހާރު 71 އަހަރު ވެފައިވާ ޕުޓިންއަކީ އެ ގައުމުގެ ސިޔާސީ މައިދާނުގެ ފުރިހަމަ ބާރުވެރިކަން ހާސިލުކޮށް ފާއިތުވި ވިހި އަހަރު ދުވަހު އެ ބާރުވެރިކަން ދަމަހައްޓަވާފައިވާ މީހެކެވެ. އެހެންކަމުން ކުރިއަށް އޮތް އިންތިހާބު އޭނާ އަށް ކާމިޔާބުކުރެވޭނެކަމާއިމެދު ކުރެވެމުންދާ ސުވާލުތައް މަދުކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

ރިޕޯޓުތަކުގައިވާގޮތުން، ކުރިއަށް އޮތް މާޗު މަހުގެ ބޭއްވުމަށް ކަނޑައެޅިފައިވާ އިންތިހާބަކީ ރަމްޒީ މަސައްކަތްތަކެއްކަމަަށް ބެލުމުގެ ފުރުސަތުތައްވެސް އޮތް އިރު، އެ ގައުމުގައި ސަރުކާރާއި ދެކޮޅަށް އަޑުއުފުލުން މަނާކުރެވި، އިދިކޮޅު ލީޑަރުންވެސް ޖަލަށް ލާފައިވާކަަމަށް ބުނެފައިވެއެވެ. އަދި މިހާރު އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ ސަހަރަހައްދުތަކުގެ ތެރޭގައި ރަޝިއާއިން އަލަށް ހިފާފައިވާ ޔޫކްރެއިންގެ ސަރަހައްދުތައްވެސް ހިމެނޭކަމަަށްވުމުން އިންތިހާބުގެ ނަތީޖާއަށް ބޮޑެތި ބަދަލުތައް އައުންވެސް އެކަށީގެންވާކަމަަށް ފާހަގަކޮށްފައިވެއެވެ.

މަސްރަހު ދިރާސާ ކުރާ ބައެއް ފަރާތްތަކުންނާއި އިދިކޮޅު ބައެއް ފަރާތްތަކުން ބުނާގޮތުން ކުރިއަށް އޮތް އިންތިހާބަކީ ޔޫކްރެއިންގައި ހަނގުރާމައެއް ފެށުމަށް ޕުޓިން ނިންމި ނިންމުމަށް ރައްޔިތުންގެ ތާއީދު އޮތްކަމަަށް އަދި ހައްގުކަމަށް ދެއްކުމަށް އޭނާ ކުރައްވަމުންދާ މަސައްކަތްތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: