ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަޝިއާއިން ލާއިންސާނީ އަމަލުތައް ހިންގާ މައްސަލައެއް ބަލަނީ

ރަޝިއާގެ ޑްރޯންއެއް ޔޫކްރެއިންގެ މަތިން ގޮއްވާލި މަންޒަރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އަމާންދީފައިވާ އެ ގައުމުގެ ސިފައިންގެ ބަޔަކު ރަޝިއާއިން މަރާލި މައްސަލަ ޔޫކްރެއިން އިން ތަހުގީގުކުރަން ފަށައިފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން ޔޫކްރެއިން އިން ބަލަން ފަށާފައިވަނީ އެ ގައުމުގެ ސިފައިންގެ ބަޔަކު ރަޝިއާގެ އަސްކަރިއްޔާއަށް އަމާންދީ ހަތިޔާރުތައް ދޫކޮށް އަމާންދިނުމުގެ ނިޔަތް ހުރިކަމުގެ އިޝާރާތްތައްވެސް ކޮށްފައިވަނިކޮށް މަރާލި މައްސަލައެެވެ.

ޔޫކްރެއިންގެ ސަރުކާރުންވަނީ އެފަދަ ހާދިސާއެއް ހިނގާ މަންޒަރު ފެނިގެންދާ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ހިއްސާކޮށް ރަޝިއާއިން ހަނގުރާމައިގެ ޖަރީމާތަކަށް އަރައިގަންނަމުންދާކަމަށް ބުނެފައެވެ.  ވީޑިއޯއިން ފެނިގެންދަނީ ރަޝިއާގެ އަސްކަރީ ޔުނިފޯރމުތަކުގައި ތިބި ގުރޫޕަކުން ހުސް އަތާ ހުރި ޔޫކްރެއިންގެ ސިފައިންގެ މީހުން އަމާންދީ ގައިދީންގެ ހާލަތުގައިވަނިކޮށް ގާތުގައި ތިބެ ބަޑި ޖަހާ މަރާލި މަންޒަރުކަމަށްވެސް ޔޫކްރެއިންއިން ތުހުމަތުކޮށްފައިވެއެވެ.

މީގެ ކުރިންވެސް މިފަދަ ވީޑިއޯއެއްގެ މައްސަލައެއް ހޫނުވެގެންދިޔަކަމަށްވެސް މީޑިއާތަކުން ފާހަގަކުރެއެވެ. އެގޮތުން ކުރިން އާންމުވި ވީޑިއޯއިން ފެނިގެންދަނީ ޔޫކްރެއިންގެ ސިފައިންގެ މީހަކު އެ ގައުމަށް ނަސްރުލިބިގެންދިއުމަށް އެދި ގޮވާލާ ތަނުން ބަޑިޖަހައި މަރާލާ މަންޒަރުކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

އދގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އޮފީހުގެ ހައި ކޮމިޝަނަރު ވޮލްކާ ޓާރކްގެ މީގެ ކުރިން ހިއްސާކުރެއްވިގޮތުން، އޭނާގެ އޮފީހަށް ލާއިންސާނީ ނުވަތަ ޖަރީމާތަކުގެ ގޮތުގައި ބެލެވޭ އެތައް މައްސަަލައެއް އަދި އިންސާނީ ހައްގުތަކުގެ ގާނޫނުތަކާއި ހިލާފުވުމުގެ އެތައް މައްސަލައެއް ޔޫކްރެއިން ރަޝިއާ ހަނގުރާމައިގައި ހިނގާފައިވާކަމަށް ފާހަގަކުރެވިފައިވާކަމަށެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 60%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: