ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސެން ޓީޗަރުންނަށް މީގެ ކުރީގައި ދިން ރިސްކް އެލަވެންސް ދޭން ފަށަނީ!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ----- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސެން ޓީޗަރުންނަށް މީގެ ކުރީގައި ދެމުން އައި ރިސްކް އެލަވެންސް އަލުން ލިބޭނެ ގޮތް ހަމަޖައްސައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދީންނަށް އުނގަންނައިދޭން ޚާއްޞަ ޓީޗަރެއްކަމުގައިވާ، މ.މުލަކު، ސޯސަންވިލާ، ޢާއިޝަތު ޝައުފާ، އެ ދާއިރާގެ ޓީޗަރުން މަދުކަމާ، ލިބެމުން އައި ޚާއްޞަ އެލަވަންސާމެދު ދެންނެވި ސުވާލަށް ދެއްވި ޖަވާބުގައެވެ.

ޝައުފާގެ ސުވާލުގައި އޭނާ ސެން ޓީޗަރެއްގެ ގޮތުގައި ކިޔަވައިދެމުން އަންނަތާ މިހާރު 10 ވަރަކަށް އަހަރުވެފައިވާކަން ފާހަގަކުރިއެވެ. އަދި ފާޅު ކުރި ކަންބޮޑޫވުމަކީ އެ ދާއިރާއިން ކިޔަވައިގެން ތިބި ޓީޗަރުން މަދުވުމެވެ. ސެން ޓީޗަރުން ހޯދުމަށް އިއުލާނުކޮށްގެން ޓީޗަރުން ހޯދުމުގައި ހުރި ދަތިކަންވެސް ޝައުފާ ފާހަގަކުރިއެވެ. ނަމަވެސް ސެން ގައި ކިޔަވާ ދަރިވަރުން އިތުރުވަމުން ދާކަން ފާހަގަކޮށް، ސެން ޓީޗަރުންނަށް ދެމުން ގެންދާ ރިކްސް އެލަވެންސް ލިބޭ ގޮތް ހަމަޖައްސަވައިދެވުމަށް އެދުނެވެ.

ޖަވާބުގައި ރައީސް ވިދާޅުވީ، މި ދާއިރާއިން ޓީޗަރުން ތަމްރީނު ކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށެވެ. އަދި އިތުރު ދާއިރާތަކުންވެސް ޓީޗަރުން ތަމްރީނު ކުރާނެކަމަށް ވިދާޅުވިއެވެ.

އޭގެ ތެރެއިން ސެން ޓީޗަރުންނަށް ހާއްސަ އިސްކަމެއް ދީގެން، އެ ދާއިރާއިން ޓީޗަރުން ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނަން.

ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުން އަމަލު ކުރަން ފެށި ޕޭ ފްރޭމް ވޯކްގެ ސަބަބުން މިހާރު ސެން ޓީޗަރުންނަށް ރިސް އެލެވަންސް ނުލިބު ނަމަވެސް، މި މައްސަލަ ހައްލު ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: