ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ހިނގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ހިނގުމުގެ އެއްބަސްވުމުގައި ސޮއި ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި އަލަށް ގާއިމުކުރި މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ހިނގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ވޭސްޓް ޓްރާންސްފާ ސްޓޭޝަން އިމާރާތުގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެންވައިރޮމެންޓް މިނިސްޓަރ ތޯރިގް އިބްރާހީމެވެ.

މި އެއްބަސްވުމުގެ ދަށުން ގާއިމު ކުރާ އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަކީ ޒަމާނުއްސުރެ މާލޭގައި ކުނި މެނޭޖު ކުރުމަށާއި، އެކުނި ތިލަފުއްޓަށް އުފުލުމަށް ހުރި ދަތިތަކަށް އެކަށީގެންވާ ހައްލެއް އަންނާނެ ތަނެކެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި ދިވެހި ސަރުކާރުން ހަރަދުކޮށްގެން ޒޯން 3 ގެ ސަރަހައްދަށް އަމާޒުކުރެވިގެން ހިންގަމުންދާ ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން، އަލަށް އިމާރާތްކުރެވިފައިވާ މާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަކީ ކުނީގެ މައްސަލައަށް ފުރިހަމަ ހައްލެއް ގެނައުމަށްޓަކައި އިމާރާތްކުރެވިފައިވާ ޖުމްލަ 184 މިލިއަން ދިވެހި ރުފިޔާ ގެ (11.97 މިލިއަން އެމެރިކާ ޑޮލަރު) އަގުހުރި ޒަމާނީ ކުނި މެނޭޖްކުރާ މަރުކަޒެކެވެ. މި މަޝްރޫއު އަކީ އޭޑީބީ އިން ބަލަހައްޓަމުންދާ ”ޖަޕާން ފަންޑް ފޮރ ޕްރޮސްޕެރަސް އެންޑް ރެސިލިއަންޓް އޭޝިއާ އެންޑް ދަ ޕެސިފިކް“ ގެ 2 މިލިއަން ޑޮލަރުގެ ހިލޭ އެހީ ހިމެނޭ ޕްރޮޖެކްޓެކެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މިނިސްޓަރ ތޯރިގް ވިދާޅުވީ މި ފެސިލިޓީ މާލޭއަށް ދިމާވެފައިވާ ކުނި މެނޭޖްކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނެ ފުރިހަމަ ފެސިލިޓީއަކަށް ވެގެންދާނެ ކަމަށެވެ. އަދި ”ހަފްތާ-14“ މަގުޗާޓުގައި ހިމެނޭ ”މަގޭ ސާފު ރާއްޖެ“ ޕްރޮގްރާމްގެ ދަށުން މުޅި ރާއްޖެ ހިމެނޭހެން މިފަދަ އިތުރު ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމު ކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މީގެއިތުރުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖްތަބާ ޖަލީލު ވިދާޅުވީ ކުނި މެނޭޖްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، މިމިނިސްޓްރީގެ ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މަސައްކަތަށް ހާއްސަ ކުރެވިގެން މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގައި އަލަށް ގާއިމްކުރެވިފައިވާ އެޑްމިނިސްޓްރޭޓިވް އިމާރާތަށް މި އިދާރާތަށް ބަދަލު ކުރެވިގެންދާނެ  ކަމަށެވެ.

މާލޭގެ އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަނާއި އެޑްމިން ބިލްޑިންގ އަކީ އޭޑީބީގެ ސޭފްގާޑްސް މިންގަނޑުތަކަށް ފެތޭ ގޮތަށް، ކާރިސީ އަދި މޫސުމީ ހިރާސްތަކުން ރައްކާތެރިވާނެ ގޮތަށް ބެލުމަށްފަހު ފަރުމާކުރެވިފައިވާ އިމާރާތެކެވެ. މިގޮތުން، ކުނި އުކާލުމާއި އުފުލުމުގެ ހުރިހާ މަސައްކަތެއް މިސްޓޭޝަންގައި ކުރުމަށް ހަމަޖެހިފައިވަނީ ތިމާވެއްޓާއި ރައްޓެހި ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެއްގޮތަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: