ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރާނެ ޑިރެކްޓަރުކަމަށް ހުޅުވާލައިފި

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ބައެއް ހިއްސާދާރުން ބައިވެރިވަނީ. / ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލު ކުރާނެ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

އެސްޓީއޯއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނީގެ ހިންގާ ގަވައިދު ބަޔާން ކުރާ ގޮތުގެ މަތީން، ކުންފުނީގެ ހިއްސާ ބެހިފައިވާ ނިސްބަތަށް ބަލާއިރު، ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އެއް ޑިރެކްޓަރަކު އަދި ސަރުކާރު ނުވަތަ މައި ހިއްސާދާރުންގެ ފަރާތުން ހަ ޑިރެކްޓަރުން އިންތިހާބު ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބު ކުރާ ހުރިހާ ޑިރެކްޓަރުންނަކީ ވެސް ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުމަށް ބާރު އަޅާކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަނަންސް ކޯޑުގައި ބާރުއަޅާ ގޮތަށް ކުންފުނީގެ ބޯޑުގެ ވީހާވެސް ގިނަ އަންހެނުން ޝައުގުވެރިކަން ފާޅުކޮށް އިންތިހާބުގައި ވާދަކުރަން އެދޭކަމަށް އެސްޓީއޯއިން ބުންޏެވެ. އެކަން ވެގެން ދާނީ މިންތީގެ ހަމަހަމަކަން ގާއިމު ކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބޭ ހިތްވަރަކަށްކަމުގައި ވެސް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.

އެސްޓީއޯއިން ބުނީ މަގާމަށް ކުރިމަތިލަނީ 30 އަހަރުން މަތީގެ ދިވެއްސަކަށް ވާން ޖެހޭ ކަމަށެވެ.

ޑިރެކްޓަރުކަމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ އެންމެ ފަހުގަޑިއަކީ އޭޕްރިލް 08 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިންނެވެ. އަދި ފޯމު ހުށަހަޅަން ޖެހޭނީ އެސްޓީއޯގެ ސެކްރެޓޭރިއޭޓަށް އެޑްރެސްކޮށް އީމެއިލް ނުވަތަ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.

މަގާމަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ 19 ޝަރުތެއް އެސްޓީއޯއިން ވަނީ އާންމުކޮށްފަ އެވެ. އެގޮތުން ކުންފުންޏާއި ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުތައް އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަނަންސް ކޯޑާއި ފިޓް އެންޑް ޕްރޮޕާރ ގައިޑްލައިންގައި ބޯޑު ޑިރެކްޓަރުންގެ ހުންނަވާނެކަމަށް ބުނާ ޝަރުތު ފުރިހަމަވާން ޖެހެ އެވެ.

މިއާއި އެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލު ކުރާ ޔުނިވާސިޓީއަކުން ވިޔަފާރިއާއި ގުޅުން ހުރި ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގްރީގެ ސަނަދަކާއި އެކު 05 އަހަރުގެ އަމަލީ ތަޖުރިބާ ނުވަތަ ޑިޕްލޮމާގެ ސަނަދަކާއި އެކު 10 އަހަރުގެ އަމަލީ ތަޖުރިބާ ލިބިފައިވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

މީގެއިތުރުން ކުންފުނީގެ ވިޔާފާރިއާއި ވިޔަފާރީގެ ދާއިރާތަކަށް އަހުލުވެރިވުމާއި، މާލީ ރިޕޯޓުތައް އެނަލައިޒް ކުރުމުގެ ގާބިލުކަން ހުރުން ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: