ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައުވީސް ގަޑިއިރު ހިދުމަތް ދޭ ގޮތަށް ބަދަލު ގެނައީ ދައުރުގެ ފަހުކޮޅު، ގިނަ ރަށްތަކުގައި ޑޮކްޓަރުން މަދު: މިނިސްޓަރ

މިނިސްޓަރ އޮފް ހެލްތް ޑރ. ޢަބްދު ﷲ ޚަލީލް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމާއި ހަވާލުވިއިރު، 24 ގަޑިއިރު ހިދުމަތް ދޭ ގޮތަށް ބަދަލު ގެނެސްފައި ހުރި ބައެއް ހޮސްޕިޓަލްތަކުގައި ބޭނުންވާ މިންވަރަށް ޑޮކްޓަރުންނާއި ނަރުހުން ނެތްކަން ފާހަގަކުރެވުނުކަމަށް ހެލްތް މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ބައެއް ހޮސްޕިޓަލްތަކުގެ ހިދުމަތްތައް 24 ގަޑިއިރަށް ބަދަލުކޮށްފައި ވަނީ މިނިސްޓަރ ވިދާޅުވިގޮތުގައި މިދިޔަ ދައުރުގެ ފަހުކޮޅު އެވެ. ވެރިކަމާއި ހަވާލުވެ، ހޮސްޕިޓަލްތަކުގެ ހާލަތު ދެނެގަތުމަށް ކުރި މަސައްކަތުން އެ ތަންތަނުގައި ޑޮކްޓަރުންނާއި ނަރުހުންގެ އިންތިޒާމު ހަމަޖެހިފައި ނެތްކަން ފާހަގަކުރެވުނުކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ޚަލީލް ވިދާޅުވީ ވެރިކަމާއި ހަވާލުވިއިރު ވެސް ރާއްޖޭގެ އެކި ހިސާބުތަކުން 30 ޑޮކްޓަރުން މަދުކަމަށާއި، މިއަދުގެ ހާލަތަށް ބަލާއިރު އެ އަދަދު 35 އަށް އަރާކަމަށެވެ. އަދި އެ ހޮސްޕިޓަލްތައް ބަލައި، ޑޮކްޓަރުން އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެގޮތަށް ބަދަލު ކުރެވިފައި މިހުރީ މިދިޔަ ދައުރުގެ ތަންކޮޅެއް ފަހުކޮޅު.. އެހެންވެ ޑޮކްޓަރުންގެ ދަތިކަން.. ނަރުހުންގެ ދަތިކަން.. އަދި އެހެން މުވައްޒަފުންގެ ދަތިކަން ވެސް ހުރިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ.. އަޅުގަނޑުމެން ސަރުކާރާއި ހަވާލުވިއިރު ގާތްގަނޑަކަށް 30 ޑޮކްޓަރުން މަދު.. މިއަދުގެ ހާލަތަކީ 35 ޑޮކްޓަރުން ރާއްޖޭގެ އެކި ހިސާބުތަކުގައި މަދު

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އަތޮޅުތަކަށް ސީ އެމްބިއުލާންތައް ފޮނުވުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުން ކަމަށެވެ. މިހާރު ވެސް 13 އަތޮޅުތަކަށް ލޯންޗުތައް ފޮނުވާފައިވާއިރު، އަތޮޅުތަކުގެ ހޮސްޕިޓަލް ފެންވަރު ރަނގަޅުކޮށް ހިދުމަތް ހަރުދަނާ ކުރެވިގެންދާނެކަމަށް ވެސް ވިދާޅުވި އެވެ.

ޚަލީލް ވިދާޅުވީ ސިއްހީ މަސައްކަތްތެރިންނާއި، މުވައްޒަފުން އިންތިހާއަށް މަދުކަން ފާހަގަކުރެވޭ ވަކިވަކި ރަށްތަކަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެކަންކަން ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: