ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފްކޯގެ ސީއީއޯ ވަގުތީގޮތުން މަގާމުން އެކަހެރިކޮށްފި

މިފްކޯ ސީއީއޯ ޝަމާހު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަހްމަދު ސަމާހު ރަޝީދު ވަގުތީގޮތުން މަގާމުން އެކަހެރިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނެރުނު ބަޔާނުގައި ވަނީ މިފްކޯގެ އެމްޑީ އާއި ގުޅުންހުރި މައްސަލަތަކެއް އެ ބޯޑަށް ހުށަހަޅައިފައިވާކަމަށެވެ.

އެހެންކަމުން ޕީސީބީ އިން ބުނެފައިވަނީ އެމައްސަލަތަކުގެ ފުރިހަމަ އިންކުއަރީއެއް ހިންގުމަށްޓަކައި، “ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑާއި، ޝަކުވާ ހުށައެޅުމާއި އަދި ފިޔަވަޅު އެޅުމާބެހޭ އުސޫލު”ގެ 25 ވަނަ މާއްދާގ (ށ) ގެ 1 ވަނަ ނަންބަރުގައިވާ ހާލަތަށް ރިއާޔަތްކޮށް 14 ދުވަހުގެ މުއްދަތަށް މަގާމުން އެކަހެރިކޮށްފައިވާކަމަށެވެ.

ސަމާހު ސަސްޕެންޑު ކުރީ، އޭނާއާއި ގުޅޭ ޝަކުވާތަކެއް ޕީސީބީއަށް ހުށަހަޅާފައިވާތީ އެ މައްސަލަތައް ބަލަމުން ގެންދާކަމަށް އެ ބޯޑުން ބުނެފައިވަނިކޮށެވެ. ކުންފުންޏާ ގުޅޭގޮތުން ބަލަމުން ދާ މައްސަލަތަކުގެ ތެރޭގައި، ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ މަންފާއަށް ބޭނުން ކުރުމާއި، ކުންފުނީގެ ދާއިމީ މުވައްޒަފުންތަކެއް ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރު ކުރުމުގެ އިތުރުން ވަޒީފާގެ ބިރު ދެއްކުމާއި ދާއިމީ މަގާމުތަކުގައި ތިބި ބައެއް މުވައްޒަފުންތައް ވަޒީފާއާއި ބެހޭ ގާނޫނާއި ހިލާފަށް ސަބަބެއް ނެތި މަގާމާއި މުސާރަ ބަދަލުކޮށް އެހެން ޑިޕާޓްމަންޓުތަކަށް ބަދަލު ކުރުން ހިމެނެ އެވެ. އަދި ބައެއް މުވައްޒަފުން މަސައްކަތް ކުރާ ރަށްތައް ބަދަލު ކުރުމުގެ ޝަކުވާ ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

މީގެއިތުރުން ކުންފުނީގެ މުވައްޒަފުން ނެގުމުގެ ޕޮލިސީތަކާއި މުސާރައިގެ އޮނިގަނޑާއި ހިލާފަށް ސީއީއޯގެ އާއިލީ ގުޅުން އޮތް ގާތް ރައްޓެހިންނަށް ވަޒީފާތައް ދިނުން ހިމެނެ އެވެ. އަދި ގަވަނަންސް ގެ އުސޫލުތަކާއި ހިލާފަށް، ހެޑް ހަންޓުކުރުމުގެ ނަމުގައި އެއްވެސް އިއުލާނު ކުރުމެއް ނެތި މީހުން ވަޒީފާއަށް ނެގުމުގެ ޝަކުވާތައް ވެސް ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އެގޮތަށް ނަގާ ގިނަ މީހުންނަކީ އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ނެތް މީހުންނަށްވާއިރު ޓެކްނިކަލް މަގާމުތަކަށް ވެސް އެކަމުގެ އެއްވެސް މައުލޫމާތެއް ނެތް މީހުން ހަމަޖެއްސުން ވެސް ދަނީ ބަލަމުންނެވެ.

ކުންފުނީގެ އިސްވެރިޔާގެ ހައިސިއްޔަތުން ދަތުރު ކުރާއިރު، ކަމާއި ނުބެހޭ މުވައްޒަފުން ދަތުރުތަކުގައި ގެންދިއުމާއި އަދި ކުންފުނީގައި ހެދިފައިވާ ޑެލިގޭޝަން މެޓްރިކްސްއާ ހިލާފަށް ކަމާ ނުބެހޭ މުވައްޒަފުންނާ ކުންފުނި ހިންގުން ހަވާލުކުރުން ހިމެނެ އެވެ.

ޕީސީބީއަށް ހުށަހެޅި ޝަކުވާތަކުގެ ތެރޭގައި، ސީއީއޯގެ އާއިލާގެ މީހުން އޮފީހަށް އައުން ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 89%ބޮޑު ޖޯކެއް 11%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: