ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީސީބީގެ ފަރާތުން ކުންފުނިތަކަށް އެވޯޑެއް ދިނުމަށް ނިންމައިފި

ޕީސީބީ އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) ގެ ފަރާތުން ކުންފުނިތަކަށް އެވޯޑެއް ދިނުމަށް ނިންމައިފިއެވެ.

މި އެވޯޑް ދިނުމަށް ނިންމާފައިވަނީ “ގަވަނަންސް އެވޯޑު” ގެ ނަމުގައެވެ. މި އެވޯޑު ދިނުމުގެ މަގްސަދަކީ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރަން ހިތްވަރުދީ ބާރު އެޅުންކަމަށް ޕީސީބީއިން ބުންޏެވެ.

މި އެވޯޑް ދިނުމުގެ އުސޫލު އެކުލަވާލުމަށް ނިންމާފައިވާކަމަށާއި، އަދި މި އެވޯޑާއި ގުޅޭ މައުލޫމާތު މިދިޔަ އަހަރު ކުންފުނިތަކާއި ހިއްސާކޮށްފައިވާނެކަމަށް ޕީސީބީއިން ބުންޏެވެ.

މި އެވޯޑު ދޭނީ ޕީސީބީއިން އެކުލަވާލާ މިނިވަން ކޮމިޓީއަކުންނެވެ. މި ކޮމިޓީވެސް ވަރަށް އަވަހަށް އެކުލަވާލެވިގެންދާނެކަމަށް ޕީސީބީއިން މައުލޫމާތު ދެއެވެ.

ޕީސީބީ އެކުލަވާލާފައިވަނީ 7 މެމްބަރުންގެ ބޯޑެއްގެ މައްޗަށެވެ. މި ބޯޑުގެ ޒިންމާއަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމުގެ ކަންކަން ރާވާ ހިންގުމެވެ. އަދި ޕްރައިވެޓައިޒް ކުރުމުގެ ސިޔާސަތުތައް ކަނޑައަޅައި ރައީސްގެ ހުއްދަ އެ ސިޔާސަތުތަކަށް ހޯދުމަކީވެސް އެ ބޯޑުގެ ޒިންމާއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: