ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންނަށް ފައިދާވާން އިދިކޮޅުން ބޭނުންނުވޭ: އިބްރާހިމް މުހައްމަދު

އިބްރާހިމް މުހައްމަދު --- ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް ފައިދާވާން އިދިކޮޅު ފަރާތްތަކުން ބޭނުން ނުވާކަމަށް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މައްޗަންގޯޅި އުތުރުދާއިރާއަށް ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި އިބްރާހިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 100 ދުވަސް ތެރޭގައި ފުއްދަން ވިދާޅުވި ވަޢުދުތައް ފުއްދާފައިވާ ކަމަށެވެ.

އިބްރާހިމް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭނީ ރައްޔިތުންނަށް ގޯސްކޮށް ކަމެއް ކުރާނަމަ ކަމަށެވެ. އިދިކޮޅުގައި ތިބި ފަރާތްތަކުން ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ލިބެންބޭނުން ނުވާކަމަށް އިބްރާހިމް ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކަށް ކަންކަން ނުވާކަމަށާއި އެކަމުގެ ބަހަނާއަކަށް ދައްކަނީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

“ކޮން ކަމަކަށްތޯ ސަރުކާރު ޖަވާބުދާރީ ކުރުވަންވީ.. ރައްޔިތުންނަށް ބިން ދޭތީ ތޯ؟ ރަސްމާލެ ހިއްކާތީތޯ؟ ކަންޑު އަނބުރާ ހޯއްދަވާތީތޯ؟ ނޫނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު އަމިއްލަ ސިފައިން ބަލާތީ ތޯ؟ އެކަމަށްތޯ ޖަވާބުދާރީ ކުރުވަންވީ؟ ފައިސާ ޗާޕުކުރުން މިއަދު ހުއްޓައިލައިފި. އެކަމަށް ޖަވާބުދާރީ ކުރުވުމުގެ މާނައަކީ އަނެއްކާ ފައިސާ ޗާޕުކުރުން ތޯ؟ މި ސުވާލު އެބަޖެހޭ އަޅުގަނޑުމެން އުފައްދަން..”

އިބްރާހިމް ވިދާޅުވީ ނިމެމުންދާ މަޖިލީހުންވެސް ފެނިގެންދަނީ ހަގީގީ މާނައިގައި ސަރުކާރެއް ޖަވާބުދާރީ ކުރުވަން އުޅޭ މަންޒަރު ނޫންކަމަށެވެ. އަދިވެސް ދައްކަމުންދަނީ ރައީސް އަޒުލުކުރުމުގެ ވާހަަކައާއި، ސަރުކާރު ވައްޓާލުމާއި ބަޖެޓު ކަނޑާލަން އުޅޭ ވާހަކަ ކަމަށެވެ. އެފަދަ ވާހަކަތަކަކީ ރައްޔިތުންނަށް ގެއްލުންދޭން މަސައްކަތް ކުރުން ކަމަށް އިބްރާހިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: