ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ބޮޑު މަސްއޫލިއްޔަތެއް އޮތީ މަޖިލީހަށް، ކޯރަމް ހަމަނުވެ ޖަލްސާތައް ކުރިޔަށް ނުގެންދެވުމަކީ މައްސަލައެއް: ވައްޑޭ

އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ވަޙީދު | ފޮޓޯ : މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސްއޫލިއްޔަތު އޮތް ރައްޔިތުންގެ މަޖިލިސް ޖަލްސާތައް ކުރިޔަށް ނުގެންދެވި ހުއްޓިފައި އޮތުމަކީ ގާނޫނުއަސާސީ ދަންނަ ގޮތެއް ނޫންކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބު އަންނަ މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު އިތުރު ދައުރަކަށް ވާދަކުރައްވާ ގިނަ މެމްބަރުން ތިބީ ދާއިރާތަކުގައި ކެމްޕެއިނުގަ އެވެ. މެމްބަރުން ހާޒިރު ނުވުމުން، ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމް ނުލިބި ދެ ހަފްތާއެއް ދިޔަ އެވެ. އަދި އިއްޔެ ވެސް ވޯޓަށް އެހުމަށް މެމްބަރުން ހަމަނުވާތީ 13:00 ގައި ވަނީ ޖަލްސާ ނިންމާލަފަ އެވެ.

މެމްބަރުން ޖަލްސާއަށް ހާޒިރު ނުވާތީ، އެ މައްސަލައިގައި ޑިމޮކްރެޓްސް ޕާޓީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ބުނެފައި ވަނީ ޖަލްސާތައް އެއް ދުވަހު ކުރިޔަށް ނުގެންދަން މަޖިލީހަށް ހުށަހެޅީ އެމްޑީޕީއާއި، ޕީޕީއެމް/ޕީއެންސީ ކަމަށެވެ. އެ މައްސަލައިގައި ޑިމޮކްރެޓްސް ބުނެފައި ވަނީ، މެމްބަރުން ދެވަނަ ދައުރެއްގެ ކެމްޕެއިނުގައި އުޅެންޖެހޭނީ މަޖިލިސް މަސައްކަތަށް ފަހު ކަމަށެވެ.

ޖަލްސާތައް ކުރިޔަށް ނުގެންދެވޭ މައްސަލަައިގައި މަޖިލީހަށް ގަރާރެއް ހުށަހެޅީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. ހަސަންގެ ގަރާރަށް ތާއީދު ކުރައްވައި ވަހީދު ވިދާޅުވީ އެންމެ ބޮޑު މަސްއޫލިއްޔަތަކާއި، މަސައްކަތް ހަވާލު ކުރެވިފައިވާ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ފަރުވާކުޑަކުރެވިގެން ނުވާނެ ކަމަށެވެ.

ބާރުތައް ވަކިކުރެވިފައިވާ ނިޒާމެއްގެ ތެރެއިން، އެންމެ މުހިންމު ބޮޑެތި ޒިންމާތައް ހަވާލު ކުރެވިފައި ވަނީ ރައްޔިތުންގެ މަޖިލީހަށްކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވީ އެއީ ޑިމޮކްރަސީގެ އުސޫލުތައް ވެސް އޮންނަން ޖެހޭ ގޮތް ކަމަށެވެ. ވަހީދު ވިދާޅުވީ ދިވެހި ދައުލަތާއި، މުވައްސަސާތަކާއި، އިދާރާތައް އަދި ކުންފުނިތައް ވެސް ހިނގަމުން ދަނީ ރަނގަޅު ގޮތުގައި ތޯ ބަލައި ޖަވާބުދާރީ ކުރުވުން މަޖިލީހަށް އޮތީ ވަރަށް މުހިންމު ސަބަބުތަކަށް ކަމަށެވެ.

އެހެންކަމުން އެ މަސައްކަތް ނުހުއްޓި ކުރިޔަށް ގެންދިއުމަށް، ގަވައިދުގައި ހަފްތާއަކު ތިން ދުވަހު ޖަލްސާތައް ކުރިޔަށް ގެންދަން ޖެހޭނެކަމަށް ބުނެފައިވާއިރު، ޖަލްސާތަކަށް އެއްވެސް ވާނުވާ ނޭނގި ނުބޭއްވި ދިއުމަކީ ކަންބޮޑުވުމެއްކަމަށް ވަހީދު ވިދާޅުވި އެވެ.

ގާނޫނުއަސާސީގައި ދައުލަތް ހިންގަން ވީގޮތާއި، ސަރުކާރުގެ މަސައްކަތްތަކުގެ ވާހަކަތައް ވަރަށް ސާފުކޮށް ލިޔެފައިވާއިރު ރައްޔިތުންގެ މަޖިލިސްގެ މަސައްކަތް މަޑުޖެހިފައި އޮތުމުގެ ހާލަތެއް އައުމަކީ ގާނޫނުއަސާސީ އެއްވެސް މިންވަރަކަށް ދަންނަކަމެއް ނޫންކަމަށް ވަހީދު ވިދާޅުވި އެވެ.

މި ގާނޫނުއަސާސީގައި އެބައޮތް ވެރިކަމުގައި ހުންނަ ވެރި މީހާ އަޒުލު ކުރެވޭނެ ގޮތް.. އަޒުލު ކުރެވިދާނެކަން.. ޝަރުއީ ނިޒާމުގައި މަތީ ކޯޓުގައި ތިބި ފަނޑިޔާރުންނަކީ، ބަދަލު ކުރެވިދާނެ ބައެއްކަން.. އެކަމަކު ރައްޔިތުންގެ މަޖިލިސް ހުއްޓޭނެ ގޮތެއް އެއީކީ.. މި ފެހި ގާނޫނުއަސާސީ ދަންނަ.. އަދި ދައްކަދީފަ އޮތް ގޮތެއް ނޫން..

ވަހީދު ވިދާޅުވީ މަޖިލިސްގެ ޒިންމާއަކީ ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަނީ ކިހާ މިންވަރަކަށްތޯ ދެނެގަތުމާއި މުވައްސަސާތަކުގެ ތެރޭގައި ސުވާލު އުފެދޭ ކަންކަން ދިމާވުމުން އެތަންތަނުގެ ވެރިން ހާޒިރުކޮށް އެ މައްސަލަ ބެލުން ކަމަށެވެ. އަދި ޖުމްލަ ގޮތެއްގައި ރައްޔިތުންނަށް އެދޭ ހިދުމަތްތްކަށް އެންމެ ބޮޑަށް ފާރަވެރިވާން ޖެހޭ ބަޔަކީ ވެސް މަޖިލިސްކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: