ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހަމަވާނީ މި މަހުގެ 28 ގައި!

ދިވެހި ދައުލަތައް ޚިދުމަތްކުރުމުގެ އިނާމު ދިނުމުގެ ޖަލްސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވާތީ، މުއްދަތު ހަމަވުވުމުގެ ކުރިޔަށް އިނާމަށް ނަން ހުށަހެޅުމަށް ގައުމީ އިނާމާއި ބެހޭ ކޮމިޓީން އެދިވަޑައިގެންފި އެވެ.

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާއިއެކު ކުރި ހިދުމަތްތަކަށާއި އެ މުވައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ދިވެހި ދައުލަތުން ދިވެހިޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެއްވާނީ ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ހިދުމަތް ކުރި ނުވަތަ ހިދުމަތް ކުރާ މުވައްޒަފުގެ ނަން މުވައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން ފަރަތާކުންނާއި އެ މީހަކު އަމިއްލައަށް އިނާމަށް ނަން ހުށަހެޅުމުންނެވެ. މުވައްސަސާތަކުން ނުވަތަ ކުންފުންޏަކުން މި އިނާމަށް މީހެއްގެ ނަން ހުށަހަޅާނަމަ އެ މީހަކީ އެ މުވައްސަސާއެއްގެ ނުވަތަ ކުންފުންޏެއްގައި ހިދުމަތް ކުރި ނުވަތަ ހިދުމަތް ކުރަމުން ގެންދާ މީހަކަށް ވާންވާނެ އެވެ.

ރައީސް އޮފީހުން ބުނީ ދައުލަތަށް ހިދުމަތް އިނާމަށް ހުށަހަޅާ މީހުންގެ ނަން ހުށަހެޅޭނީ ހަމައެކަބި ފޯމު ހުށަހެޅުން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އަދި އިނާމަށް ހުށަހެޅޭނީ މި ހިނގާ މާޗު 28 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށްކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޕޯޓަލް އެޑްރެސްއަކީ ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި http://apply.presidency.gov.mv ލިންކެވެ. އަދި އިނާމު ދިނުމުގެ އުސޫލު ވަނީ ގެޒެޓު ވޮލިއުމް ނަމްބަރު 53 އަދަދު 42 ގައި ޝާއިއުކޮށްފަ އެވެ.

އިނާމަށް ހުށަހަޅުއްވާއިރު ހުރިހާ މައުލޫމާތުތައް ފުރިހަމަކޮށް ކަމާއި ބެހޭ ހުރިހާ ލިޔެކިއުންތަކާއި އެކު އިނާމަށް އެދޭ ފޯމު ހުށަހެޅުއްވުމަށް ސަމާލުކަމެއް ދެއްވުމަށް ގައުމީ އިނާމާއި ބެހޭ ކޮމިޓީން ވަނީ އެދިފަ އެވެ.

އިނާމު ދިނުމަށް ކަނޑައެޅުމިގައި ގައިމީ އިނާމާއި ބެހޭ ކޮމިޓީން ބައްލަވާނެ ކަންކަމުގެ ތެރޭގައި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި ފަރުވާތެރިކަމާއި އަދި އިހުލާސްތެރިކަމާއި އެކު ކުރި މަސައްކަތްތަކާއި އެ މީހަކަށް ލިބިފައިވާ ގާބިލުކަމެއް ބޭނުންކޮށްގެން މުޅި މުވައްސަސާގެ ކުރިއެރުމަށްކޮށްފައިވާ ފާހަގަކުރެވޭ ހާއްސަ މަސައްކަތްތައް ހިމެނެ އެވެ. އަދި އެ މުވައްސަސާއިން ހިންގާފައިވާ އެކިއެކި ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވެ ހިދުމަތްކޮށްފައިވާ މިންވަރާއި ވަޒީފާގެ ދާއިރާއިން ހާސިލުކޮށްފައިވާ ކާމިޔާބީތަކަށް ވެސް ބަލާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: