ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަން އަނބުރާ ގެންދިއުމަށް ފަހު، އިންތިހާބުގައި ވާދަކުރަން ބޭނުންވެ ރަޝީދު ހައިކޯޓަށް!

މެންބަރު އަހުމަދު ރަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު، އިތުރު ދައުރަކަށް ވާދަކުރަން ފޯމު ހުށަހެޅުމަށް ފަހު ނަން އަނބުރާ ގެންގޮސް އަނެއްކާވެސް އިންތިހާބުގައި ވާދަކުރަން ބޭނުންވެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފި އެވެ.

ހައިކޯޓުގެ ރެޖިސްޓްރީ ދައްކާ ގޮތުގައި، ރަޝީދު އިންތިހާބީ މައްސަލައެއް އިލެކްޝަންސް ކޮމިޝަނަށް ރައްދުވާ ގޮތަށް ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި މައްސަލަ ބަލައިގަތުމާއި މެދު ކޯޓުން ވަކި ގޮތެއް ނިންމާފައި ނުވެ އެވެ.

މި މައްސަލަ ރަޝީދު ހުށަހަޅާފައި ވަނީ އިންތިހާބު ބާއްވާ ތާރީހަށް ބަދަލު ގެނެސްފައި ވާތީ، އިތުރު ފުރުސަތެއް ދޭން ޖެހޭކަމަށް ބުނެ އެވެ.

ހިތަދޫ މެދު ދާއިރާއަށް މިހާރު ވާދަ ކުރާ ކެންޑިޑޭޓުންނަކީ އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ޝުއާއު އާއާއު އާއި ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު އަޒާނެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރަން ބޭނުންވާ މީހުންނަށް ފޯމު ހުށަހަޅަން ދިން މުއްދަތު 15، ފެބްރުއަރީގައި ހަމަވިއިރު ރަޝީދު ހިމެނޭހެން 4 ކެންޑިޑޭޓަކު ނަން އަނބުރާ ގެންދިޔަ އެވެ.

ރަޝީދު ނަން އަނބުރާ ގެންދިޔަކަން އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް މީޑިއާތަކަށް މައުލޫމާތު ލިބުނުއިރު، އިންތިހާބުގައި ވާދަނުކުރަން ނިންމީ ކޮން ސަބަބަކާއި ހުރެކަން އޭނާ ހާމައެއް ނުކުރެ އެވެ. އަދި އެކަމާއި ގުޅޭގޮތުން އެއްވެސް ވަރަކަށް ވާހަކަ ވެސް ދައްކަވާފައި ނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: