ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެސް ގައުމެއްގެ ގާނޫނު ހަދާ މަޖިލީހެއްގެ މައްޗަށް ކޯޓަކުން ހުކުމެއް ނެރެފައި ނޯންނާނެ: އިންތި

ސަންގު ބަހުސްގައި އިމްތިޔާޒް ފަހުމީ/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރުހުން ނެތް ވަޒީރެއް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އަމުރެއް ނެރެދޭން އެދި ސުޕްރީމް ކޯޓަށް ވަަޑައިގަތުމުން އެއާއި އެއްގޮތަށް މައްސަލަ ނިމައިދިނުމުން ހައިރާންވެ ކަންބޮޑުވާކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ މާއްދާތައް ހިމެނޭ ގޮތަށް، މެމްބަރުންގެ ޖުމްލަ އަޣުލަބިއްޔަތު ގުނާނީ އިސްތިއުފާ ދިން 07 މެމްބަރުންގެ ގޮނޑި ނުހިމަނައިކަމަށް މަޖިލިސް ގަވައިދަށް ވަނީ އިސްލާހު ގެނެސްފަ އެވެ. މެމްބަރުންގެ އަދަދަކީ 80 ކަމަށް ބަލައިގެން ޖަލްސާތައް ކުރިޔަށް ގެންދަން ނިންމުމުން، އެ މާއްދާތައް ގާނޫނުއަސާސީއާއި ހިލާފުކަމަށް ބުނެ ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ހުށަހެޅުއްވި ދުވަސް ދިމާވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމުން ޖަލްސާ ހަލަބޮލިވި ދުވަހަށެވެ.

ސުޕްރީމް ކޯޓުން މި މައްސަލައިގައި މަޖިލީހުގެ މައްޗަށް މި މަހުގެ 08 ގައި ނެރުނު އަމުރުގައި ވަނީ މަޖިލީހުގެ ޖަލްސާތަކުގެ ކޯރަމް މީގެ ކުރިން ވެސް ގުނަމުން އައި ގޮތަށް ހުސްވެފައިވާ ގޮނޑިތައް ހިމަނައިގެން ޖުމްލަ އަދަދު ބެލުމަށެވެ. ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ލިޔުއްވައި އެހެން ފަނޑިޔާރުންގެ އަޣުލަބިއްޔަތު ލިބުނު އެ އަމުރުގައި ވަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނަމުން އައިސްފައި ވަނީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އަދި ޖަލްސާގެ ގާނޫނީ އަދަދު ކަނޑައަޅަން ވާނީ ގާނޫނުއަސާސީގެ 86 ވަނަ މާއްދާގެ ދަށުންކަމަށެވެ.

ސަރުކާރު ސިފަ ކުރާގޮތުން، މި މާއްދާތައް ގަވައިދުގައި ހިމެނީ ސަރުކާރަށް އުނދަގޫކޮށް ޖެއްސުން ކުރުމަށެވެ. ރައްޔިތުންގެ މަޖިލިސް ތެރެއިން ސަރުކާރަށް ޖެއްސުން ކުރާކަމަށް ތަކުރާރުކޮށް ދެކެވޭ ވާހަކައިގެ ރައްދަށް ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި އިންތި ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވައި ކަންކަން ބެލުމުގެ އެންމެ ބޮޑު ޒިންމާ ހަވާލު ކުރެވިފައި އޮތީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ. އެހެންކަމުން މަޖިލިސް މެމްބަރުންގެ މަސްއޫލިއްޔަތު އަދާކުރުމުން އެއީ ޖެއްސުންކޮށް އުނދަގޫ ކުރުންކަމަށް ނުބުނެވޭނެކަމަށް އިންތި ވިދާޅުވި އެވެ.

ކެބިނެޓު ވަޒީރުންނަށް ރުހުން ނުދިން މައްސަލައިގައި އިންތި ވިދާޅުވީ، ތިން ވަޒީރަކަށް ރުހުން ދޭން ނުފެންނަކަމަށް މަޖިލިސް ތެރެއިން ނިންމީ ސަބަބުތަކެއް އޮތުމުން ކަމަށެވެ. އަދި އެހެން ވަޒީރުންތަކަށް ރުހުން ދިން އިރު، މިހާރު ވެސް ރުހުން ނެތް ތިން ވަޒީރުން އަލުން މަގާމަށް އައްޔަނުކޮށް ދަނީ މަސައްކަތް ކުރަމުންކަމަށް ވިދާޅުވި އެވެ.

އިންތި ވިދާޅުވީ ސަރުކާރުން ޖެއްސުންކޮށް، އުނދަގޫ ކުރުމުގެ ވާހަކަތައް ދައްކާއިރު ރުހުން ނެތް ވަޒީރެއް އެއީ މިހާރު ވެސް މަޖިލީހާއި ދެކޮޅަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހިފައިގެން ވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. މަޖލީހުގެ ޖުމްލަ މެމްބަރުންގެ އަދަދަކީ 80 ކަމަށް ގެނައި އިސްލާހާއި ދެކޮޅަށް ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބުގެ އޮފީހުން މައްސަލަ ހުށަހެޅުމުން އެ ކޯޓުން ހުކުމް ކުރީ މެމްބަރުންގެ އަދަދަކީ 87 ކަމަށް ބަލައިގެން ޖަލްސާތައް ކުރިޔަށް ގެންދިއުމަށެވެ. އެކަމަކު، ސުޕްރީމް ކޯޓުގެ އެ ނިންމުމަށް އަމަލު ނުކުރުމަށް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

ސުޕްރީމް ކޯޓުގައި އެންމެ ފުރަތަމަ އަޑުއެހުން ތާވަލު ކުރީ ވެސް، އެ ގަވައިދު އަނެއްކާ ވެސް ބަދަލުކޮށް އެހެން ބައެއްގައި ހިމަނާފައިވަނިކޮށްކަމަށްވާއިރު މައްސަލަ އަވަސް ކުރުމަކީ ސުވާލު އުފެދޭ ސަބަބެއްކަމަށް އިންތި ވިދާޅުވި އެވެ. އިންތި ވިދާޅުވީ ބަންޑާރަ ނައިބު އަހުމަދު އުޝާމަކީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއިރު، އެކަމުގައި ކޮންފްލިކްޓް އޮފް އިންޓެރެސްޓެއް އޮތް ބޭފުޅެއްކަމަށެވެ.

އެހެން ނަމަވެސް އުޝާމް ހުށަހެޅި މައްސަލަ ފުށުއަރަނީސް އެ މައްސަލަ ކުރިޔަށް ގެންދަން ނިންމުމުން އެކަން ބަލައިގަތުމަށް އުނދަގޫވިކަމަށް އިންތި ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ އެކްސެޕްޓުކޮށް، ކުރިޔަށް ގެންދަވައިފި.. ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކުރީގައި އޮތް ގޮތް ވެސް ބަދަލުކޮށްފި.. ބަދަލު ކުރެއްވީމަ ވެސް ސުޕްރީމް ކޯޓުން މައްސަލަ، އިތުރަށް ތާވަލު ކުރައްވާފައި އޮތް އޮތުން.. އަވަސްކޮށްލައްވާފަ އެ މައްސަލަ ކުރިޔަށް އެބަ ގެންދަވާ.. ރައްޔިތުންގެ މަޖިލީހުން އެ ބާތިލުކޮށްފައިވަނިކޮށް.. އެހެންވީމަ މި ހުންނަނީ ވަރަށް ސުވާލު އުފެދޭ ކަންކަން…

މީގެއިތުރުން އެންމެ ފުރަތަމަ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމާއި އެކި، މަޖިލީހަށް ވަގުތީ އަމުރެއް އަނެއް ބާރުން ނެރުމަކީ ހައިރާން ކުރުވަނިކަމެއްގެ ގޮތުގައި އިންތި ވިދާޅުވި އެވެ. އިންތި ވިދާޅުވީ ގައުމެއްގެ ގާނޫނު ހަދާ މަޖިލީހެއްގެ މައްޗަށް އެއްވެސް އިރެއްގައި ކޯޓަކުން ވަގުތީ އަމުރެއް ނެރެފައި ނުވާނެ ކަމަށެވެ.

އިންތި ވިދާޅުވީ މަޖިލީހުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަނު ކުރީ އެކަމަށް ވަރަށް ވިސްނައި، އިހުތިރާމް ކުރުމަށް ފަހުކަމަށެވެ. އެކަމަކު، ސުޕްރީމް ކޯޓުން ވަކި ގޮތަކަށް މައްސަލަ ނިމިގެން ދިއުމުން ކަންބޮޑުވާކަމަށް އޭނާ ވިދާޅުވި އެވެ.

މައްސަލަ ޖެހިފައި ވަނީ، ގަވައިދުގެ 49 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ، (ކ)، (އ) އަދި (ވ) ގައި ”މަޖިލީހުގެ ޖުމްލަ މެމްބަރުން“ މަނާ ކުރި ގޮތުގެ މައްޗަށެވެ. ގަވައިދު މާއްދާއިން އުނި ކުރުމަށް ފަހު، 242 ވަނަ މާއްދާގެ ފަހަތަށް ހަމަ އެ ވާހަކަތައް ހުށަހަޅައި ތަޅުމުން ފާސްކުރީ މައްސަލަ ސުޕްރީމް ކޯޓުގައި ފަށަން ތައްޔާރުވެފައި ވަނިކޮށެވެ. ސުޕްރީމް ކޯޓުގައި މައްސަލައިގައި ކުރި ހުކުމުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގޮނޑިތައް ނުހިމަނައި، މަޖިލީހުގެ ޖުމްލަ އަދަދުތައް ގުނުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާފައި ވަނީ ގާނޫނުއަސާސީއާއި ހިލާފަށް ކަމަށެވެ.

އެކަމަކު ޖުމްލަ މެމްބަރުން ގުނާގޮތް ބަދަލުކޮށް ރައްޔިތުންގެ މަޖިލީހަށް ގެނައި ގަވައިދުގެ މާއްދާތައް މަޖިލީހުން ބާތިލުކޮށްފައިވާއިރު، ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި ދުސްތޫރީ މައްސަލައިގެ ގާނޫނީ ހައްލެއް ހޯދައިދެވެން އެ ކޯޓަށް ނެތްކަމަށް ހުކުމުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: