ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އައި ޕާކިސްތާނު މީހެއްގެ ލަގެޖުން ހޯދި ފަސް ކިލޯގެ ޑްރަގްސްގެ އަގު ފަސް މިލިއަނަށް އަރާ!

ޕާކިސްތާނު މީހާގެ އަތުން އަތުލައިގަތް މަސްތުވާތަކެތި
ޝެއާރކޮށްލާ ކަހަލަދޯ؟

ވައިގެ މަގުން ރާއްޖެއައި ޕާކިސްތާނުގެ ރައްޔިތެއްގެ ލަގެޖުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ކަސްޓަމަސް ބުނީ މިތަކެތި އަތުލައިގަނެފައި ވަނީ މިދިޔަ އަންގާރަ ދުވަހު، ގަތަރުގެ ދޯހާއިން ރާއްޖެއައި ޕާކިސްތާނުގެ 56 އަހަރުގެ ފިރިހެން ފަސިންޖަރެއްގެ ލަގެޖުން ކަމަށެވެ.

އޭނާގެ ލަގެޖު ބަލައި ފާސް ކުރީ ކަސްޓަމްސް ބުނި ގޮތުގައި ޝައްކު ކުރެވޭ ގޮތަށް މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާކަމަށް ބެލެވޭތީ އެވެ.

އެގޮތުން ބަލާފާސްކުރުމުގެ ތެރޭގައި ޕާކިސްތާނު މީހާގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ހޯދައި އެ ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށް ވާ ހެރޮއިންއަށް ޕޮޒިޓިވްކަމަށް ކަސްޓަމްސް މައުލޫމާތު ދިނެވެ.

މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 5.30 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 5.3 މިލިއަން ރުފިޔާ އެވެ.

މަސްލައިގައި ހިމެނޭ މީހާ މިހާރު ފުލުހުންނާއި ހަވާލުކުރެވިފައިވާކަމަށް ކަސްޓަމްސް ބުންޏެވެ.

ރާއްޖެއަށް އަންނަ ބޭރު މީހުންގެ އަތުން މަސްތުވާތަކެތި އަތުލައިގަންނަ މިންވަރު އިތުރުވެފައިވާއިރު، ބައެއް ފަހަރަށް ދިވެހިންނާއި ގުޅިގެން އެ މީހުން މަސްތުވާތަކެތި އެތެރެ ކުރަން މަސައްކަތް ކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: