ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރިޖްގެ މެއިންޓަނެންސް ބެލެހެއްޓުން ޗައިނާގެ ސީސީސީސީއަށް، ދިވެހިން ތަމްރީނު ކުރާނެ!

ސިނަމާލެ ބްރިޖްގެ މެއިންޓެނަންސް މަސައްކަތުގެ އިމްޕްލިމެންޓޭޝަން އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ – ހުޅުމާލެ، ވެލާނާ އިންޓަނޭޝާނަލް އެއާޕޯޓު ގުޅުވާލަދޭ ސިނަމާލެ ބްރިޖުގެ މެއިންޓަނެންސް މަސައްކަތް ޗައިނާގެ ހިލޭގެ އެހީގެ ދަށުން ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އިތުރު ތިން އަހަރަށް ބްރިޖުގެ މެއިންޓަނެންސް ބެލެހެއްޓުން ވެސް ހަވާލު ކުރީ ޗައިނާގެ ސީސީސީސީ ކުންފުންޏަށެވެ. މި އެއްބަސްވުމުގެ ދަށުން ބްރިޖުގެ ފިނިޝިން އަދި ރިޕެއާގެ މަސައްކަތާއި، ޕްރިވެންޓިން މެއިންޓެނެންސްގެ އިތުރުން ބްރިޖްގެ މެއިންޓަނެންސް އާއި، ބްރިޖްގެ މެއިންޓަނެންސްގެ އެސެސްމެންޓު ހެދުމުގެ އިތުރުން ރިކޯޑް ބަލަހައްޓާނެ ނިޒާމެއް ގާއިމު ކުރެވިގެން ދާނެ އެވެ.

އެކަމަށް ހާއްސަކޮށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ބްރިޖު ބަލެހެއްޓުމާއި ކެޕޭސިޓީ އިތުރު ކުރުމުގައި ޗައިނާގެ އިތުރު އެހީތައް ލިބިގެންދާނެ ކަމަށެވެ.

މުއްތަލިބު ވިދާޅުވީ މި އެއްބަސްވުމަކީ ބްރިޖުގެ މެއިންޓަނެންސް ކުރުމަށް ބޭނުންވާ ވަސީލަތްތައް ތަރައްގީ ކުރުމަށާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރު ދެމެދު ގާއިމު ކުރާ އެއްބަސްވުމެއް ކަމަށެވެ.

މި މަސައްކަތުގެ އެންމެ ހާއްސަކަމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވީ ދިވެހި ޓެކްނީޝިއަނުން ތަމްރީނުކޮށް ތަމްރީނުތައް ފޯރުކޮށްދިނުމެވެ. އަދި ވިދާޅުވީ އެއްބަސްވުން ނިމުމުން ބްރިޖުގެ މެއިންޓަނެންސް މަސައްކަތް ހަވާވެވޭ ފެންވަރަށް ދިވެހިން ބިނާކުރުމާއި ދިވެހިންގެ ބެލުމުގެ ދަށުން މެއިންޓަނެންސް މަސައްކަތް ކުރުމަށް ޓްރެއިނިން ދިނުން ހިމެނޭ ކަމަށެވެ.

ބްރިޖަކީ ވަރަށް މުހިންމު ކްރިޓިކަލް އިންފްރާސްޓްރަކްޗާއަކަށް ވާތީވެ، ޗައިނާ ސަރުކާރުން ވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން.. ދިވެހި ސަރުކާރަށް ހިލޭ އެހީގެ ދަށުން.. މި ބްރިޖު ތިން އަހަރު ދުވަހަށް މެއިންޓަނެންސްކޮށްދިނުމަށާއި، ދިވެހިރާއްޖެއަށް މިކަމަށް އެހީތެރިވެދިނުމަށް ކެޕޭސިޓީ ގާއިމުކޮށްދިނުމަށް.. އެބަސްވަސްވެފަ މިވަނީ..

މިނިސްޓަރ  ވިދާޅުވީ ޓްރެއިނިންތައް ދޭނީ ބްރިޖުގެ މަސައްކަތްތައް ކުރާ ވަގުތުތަކުގައި ކަމަށެވެ. ދިވެހިންނަށް ޓްރެއިނިން ދޭ ދާއިރާތަކަކީ ރޯޑް އިންޖީނިއަރިން އާއި، ސޭފްޓީ ފެސިލިޓީ؛ ލޭންޑް ސްކޭޕިން، އަދި ބްރިޖްގެ މެއިންޓެނެންސް އެވެ.

މިއަދުގެ ބައްދަލުވުމުގައި މުއްތަލިބު ވިދާޅުވީ 2018 އަށް ފަހު އެ އަހަރު ހިމެނޭހެން ޖެހިގެން އައި ދެ އަހަރު ވެސް ބްރިޖުގެ މެއިންޓަނެންސް ބެލެހެއްޓުން ކުރިޔަށް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. އެކަމަކު އޭގެ ފަހުން މިދިޔަ ތިން އަހަރުގެ ތެރޭގައި އެ މަސައްކަތް ރަނގަޅަށް ކުރިޔަށް ގެންދެވިފައި ނުވަނީ ކޮންޓްރެކްޓު އައުކޮށްފައި ނެތުމުންކަމަށް ވިދާޅުވި އެވެ.

ތިލަމާލެ ބްރިޖުގެ މައުލޫމާތުތަކުގައި ވާގޮތުން ތަނބުތަކުގެ ޕައިލިން މަސައްކަތުގެ 58 އިންސައްތަ މަސައްކަތް ވަނީ ނިމިފަ އެވެ. އަދި ޕައިލް ކެޕިންގެ 43 އިންސައްތަ މަސައްކަތް، ނިމިފައިވާއިރު ޕިއާ ކޮލަމްގެ 40 އިންސައްތަ ވަނީ ނިންމާލެވިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: