ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެމްޕެއިން ބެނާތައް ހަރު ކުރަން، ޕޭވްމަންޓަށް ޖަހާ ދަގަނޑު ހޮޅިތައް ނަގާނަން: ސިޓީ ކައުންސިލް

ކެމްޕެއިން ބެނާތައް ހަރު ކުރަން، ޕޭވްމަންޓަށް ޖަހާ ދަގަނޑު ހޮޅިތައް ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަނީ/ ފޮޓޯ: ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގައި ކެމްޕެއިން ބެނާތަކާއި ޕޯސްޓަރުތައް ހަރު ކުރަން ޕޭވްމަންޓަށް ދަގަނޑު ހޮޅިތައް ޖަހާނަމަ އެ ނަގާނެކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

އަންނަ އޭޕްރިލް މަހުގެ 21 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް ގިނަ ޕޯސްޓަރުތަކާއި ބެނާތައް މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ ހަރުކޮށްފަ އެވެ. އަދި ބައެއް ކެންޑިޑޭޓުންގެ ބެނާތައް ޖެހުމަށް، ޕޭވްމަންޓަށް ދަގަނޑު ޖެހުން ވަނީ އާންމުވެފަ އެވެ.

މާލެ ސިޓި މޭޔަރު އިންތިހާބުގެ ދުވަސްވަރު ވެސް ބެނާތަކުގެ މައްސަލަ ގޯސްވެ، ގިނަ ފާޑުކިއުންތައް ވެސް އަމާޒުވި އެވެ. އަނެއްކާވެސް ކެމްޕެއިން ޕޯސްޓަރުތައް ގިނަވާން ފެށުމުން މިއަދު ސިޓީ ކައުންސިލުން ބުނީ މިހާރު ވެސް ހުއްދައެއް ނެތި ޖަހާފައިވާ ބައެއް ޕޯސްޓަރުތައް ނަގާފައިވާނެ ކަމަށެވެ.

ކައުންސިލުން ބުނީ ކެމްޕެއިން ޕޯސްޓަރުތައް ހަރު ކުރުމަށް މަގުމަތީގެ ޕޭވްމަންޓަށް ހޮޅިތައް ޖެހުމަކީ މަނާކަމެއް ކަމަށެވެ. އަދި އެގޮތަށް ޖަހާ ހޮޅިތައް ކައުންސިލުން ނަގާނެކަމަށް ވެސް ބުންޏެވެ.

ކެމްޕެއިން ޕޯސްޓަރުތަކާއި ގުޅޭގޮތުން ކައުންސިލުން ބަޔާނެއް އާންމު ކުރިއިރު، ބެނާތައް ޖެހުމުގައި ކޭބަލްތަކަށް ސަމާލުވުމަށާއި ހުއްދަ ނެގުމަށް އެދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެސް ބަޔާނެއް އާންމު ކުރި އެވެ.

އެޗްޑީސީން އިއްޔެ އާންމު ކުރި ބަޔާނުގައި ބުނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކުރާ ބެނާތަކާއި، ޕޯސްޓަރުތަކުގެ މަސައްކަތް ކުރާއިރު އާންމު ހިދުމަތަ އް ދިނުމަށް އަޅާފައިވާ ނެޓްވޯކްތަކަށް ގެއްލުން ނުވާނެހެން އެކަން ކުރަން އެދޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: