ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫއަށް ބޭނުންވަނީ އިގްތިސާދު ފުޅާ ކުރެވޭނެ މަގު: އަޒާން

ރައްޔިތުންގެ މަޖިލީހުގެ ހުތަދޫ މެދު ދާއިރާއަށް ވާދަކުރައްވާ އަހުމަދު އަޒާން --- ފޮޓޯ: އަޒާން
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީއަށް މިހާރު ބޭނުންވަނީ އާމްދަނީ ހޯދޭނެ ގޮތްތަކާއި އަދި އިގްތިސާދު ފުޅާކުރެވޭނެ މަގު ކަމަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާއަށް ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި އަޒާން ވިދާޅުވީ އައްޑޫއަށް ސިޓީއެއްގެ ދަރަޖަ ދީފައި ވިނަމަވެސް އެތައް ބައިވަރު އަސާސީ ހިދުމަތްތައް އައްޑޫގައި ފުރިހަމަ ނުވެހުރި ކަމަށެވެ. އޭގެތެރޭގައި ނަރުދަމާއާއި ފެންހިންދާ ނިޒާމާއި މިފަދަ ކަންކަން ހިމެނޭ ކަމަށް އަޒާން ވިދާޅުވިއެވެ.

އަޒާން ވިދާޅުވީ އައްޑޫގެ ރައްޔިތުންނަށް މިހާރު ބޭނުންވަނީ އިގްތިސާދީ ގޮތުން މަސައްކަތް ކުރެވޭނެ މަގު ކަމަށެވެ. އަޒާން ފާޙަގަކުރެއްވި ގޮތުގައި އައްޑޫއަކީ އިގްތިސާދީ ގޮތުން ކުރިއަރަން ޖެހޭ ސިޓީއެކެއެވެ. އެހެންނަމަވެސް އައްޑޫގައި އެއްވެސް ގޮތަކަށް އާމްދަނީ ހޯދޭނެ ނުވަތަ އިގްތިސާދީ ގޮތުން ކުރިއެރުވޭނެ ގޮތެއް ނެތްކަމަށް އަޒާން ވިދާޅުވިއެވެ. އައްޑޫ އަކީ ދިވެހިރާއްޖޭގެ ނިސްބަތުން ނުވަތަ އާބާދީގެ ނިސްބަތުން ވަޒީފަގެ ފުރުސަތު ނެތް ތަނެއް ކަމަށާއި ގާތްގަނޑަކަަށް އާބާދީގެ 800 އެއްހާ މީހުން ވަޒީފާ ނެތިފައި ތިބިކަމަށް އަޒާން ފާހަގަކުރެއްވިއެވެ.

“އަމިއްލަ މަސައްކަތެއް ކޮށްގެން އާމްދަނީ ހޯދޭނެ މާގިނަ ވަސީލަތްތަކެއްވެސް ނެތް.. ރައިސް ސޯލިހް ވެރިކަމަށް ވަޑާއިގަތީ އައްޑޫއަށް ވަރަށް ގިނަ އުއްމީދުތަކާއި އެއްކޮށް.. މުޅި ދުނިޔޭގެ އެކި ހިސާބުތަކުން އައްޑޫއަށް ފުލައިޓުތައް ގެންނަ ވާހަކައާއި، 8000 އެނދު އައްޑޫގައި ތަރައްގީ ކުރާނެ ވާހަކައާއި މިހެންގޮސް ވަރަށް ގިނަ ވައުދުތައް އައްޑޫ ރައްޔިތުންނަށް މިދިޔަ ސަރުކާރުން ވަނީ ވެފައި”

އަޒާން ވިދާޅުވީ އެކަންކަން ވަރަށް ގިނަ ރައްޔިތުން ގަބޫލުކުރި ކަމަށާއި އަދި އެކަން ކުރެވޭނެ ކަމަށް ނުވަތަ ވެދާނެ ކަމުގެ އުއްމީދުގައިވެސް ގިނަ ރައްޔިތަކު ތިބިި ކަމަށެވެ. އަދި ރައްޔިތުން ވޯޓު ދެއްވީ އެކަންކަން ކޮށްދެއްވާނެ ކަމަށް ބަލައިގެންކަމަށް އާޒާން ވިދާޅުވިއެވެ. އެހެންނަމަވެދސް ރައީސް ސޯލިހްގެ ފަސް އަހަރު ނިމުނު އިރުވެސް އޭގެން އެއްވެސް ކަމެއް ހާސިލްވެފައި ނެތްކަމަށް އަޒާން ވިދާޅުވިއެވެ.

އެހެންކަމުން އައްޑޫ މިހާރު އޮތް ހާލަތަކީ އަސާސީ ކަންކަމުގެ ތެރެއިން މަގުތައް ހެދިފައި ހުރުމާއި، ނަރުދަމާވެސް އަޅާފައި ހުރިކަމަށް އާޒާން ވިދާޅުވިއެވެ. އަޒާން ވިދާޅުވީ މީގެއިތުރަށް ރައްޔިތުން އައްޑޫ ދޫކޮށް އެހެންތަނަކަށް ދިރިއުޅުން ބަދަލުކުރަނީ އައްޑޫގައި ވަޒީފާ ނެތުމާއި، އާމްދަނީ ހޯދޭނެ ގޮތްތައް ތަނަަވަސްވެފައި ނެތުމުން ކަމަށެވެ. އަދި އެކަން ކަމަކީ މީގެކުރިންވެސް ފުދިފައިނުވާ ކަންކަން ކަމަށް އަޒާން ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: