ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅަށް މަޖިލިސް ދިނުމުން ރައީސަށް ޖެއްސުންކޮށް، ވަޒީރުންނަށް މަަސައްކަތް ކުރަން ޖާގައެއް ނުދޭނެ: އަސްވާޑު

މިނިސްޓަރު އަސްވާޑު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް ސަރުކާރާއި ދެކޮޅު ކެންޑިޑޭޓުންތައް އިންތިހާބު ވެގެން އައުމުގެ ނަތީޖާއަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާއަށް ޖެއްސުންކޮށް ވަޒީރުންނަށް ވެސް އެއްވެސް މަސައްކަތް ކުރުމުގެ ފުރުސަތެއް ނުދީ އުނދަގޫ ކުރުންކަމަށް ޔޫތް މިނިސްޓަރު އިބްރާޙިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެ އެވެ.

ގއ. ވިލިނގިލި ދާއިރައަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ޔަޒްމީދުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ދާއިރާގައި ބޭއްވި ޖަލްސާގައި އަސްވާޑު ވަނީ ސަރުކާރަށް ތާއީދު ކުރާ ތަރައްގީގެ ފިކުރުގެ މެމްބަރުން މަޖިލީހުގައި ތިބުމުގެ މުހިންމުކަން ފާހަގަ ކުރައްވާފަ އެވެ.

އަސްވާޑު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރެވޭނެ ކެންޑިޑޭޓެއް ރައީސުލްޖުމްހޫރިއްޔާ ވެސް އިހުތިޔާރު ކުރާނީ އެއީ ރައްޔިތުންގެ ވެސް ކެންޑިޑޭޓަށް ވާތީ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އައުމަށް ކުރެއްވި ކެމްޕެއިން ދަތުރުތަކުގައި ވެސް ވިލިނގިލިއަށް ގިނަ ވަައުދުތައްވިކަން ފާހަގަކުރައްވައި އަސްވާޑު ވިދާޅުވީ އެ ދާއިރާއަކީ މުޅި އަތޮޅުގެ އެއް ފަހުރުކަމަށެވެ. އެހެންކަނުން ވިލިނގިލިއަށް ލިބޭ ކުރިއެރުމަކީ އެއީ މުޅި އަތޮޅުގެ ރައްޔިތުންގެ ހިތްހަމަޖެހުމެއްކަމަށް އަސްވާޑު ވިދާޅުވި އެވެ.

މިވީ ހަތަރު މަސް ދުވަހުގެ ތެރޭގައި އެކަނި ވެސް ވިލިނިގިލި ތަރައްގީއާއި ގުޅުން ހުރި އެތައް މަޝްރޫއުއެއް ފެށިފައިވާއިރު އަސްވާޑު ވިދާޅުވި ގޮތުގައި އެއީ ބިލިއަން ޑޮލަރުގެ މަޝްރޫއުއެކެވެ.

އަސްވާޑު ވިދާޅުވީ ސަރުކަރާއި އިދިކޮޅު ކެންޑިޑޭޓެއް މަޖިލީހަށް ހޮވުމުގެ ނަތީޖާއަކަށް ވާނީ ހުއްޓުމެއް ނެތި ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންނަށް ޖެއްސުން ކުރުން ކަމަށެވެ. އަދި ވިދާޅުވީ ވިދާޅުވީ ފެނިގެން ދާނީ ވަޒީރުންނަށް ވެސް މަސައްކަތް ކުރުމުގެ އެއްވެސް ފުރުސަތެއް ނުދީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް އެކި ދުވަސްތައް މަތީން ގެންގޮސް އުނދަގޫ ކުރުން ކަމަށެވެ.

އަންނަ މަހުގެ 21 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޔަޒްމީދަށް ވޯޓު ދެއްވުމަށް އެދި އަސްވާޑު ވިދާޅުވީ ތައުލީމީ ގާބިލު ޒުވާނުން މަޖިލީހުން ފެންނަން ޖެހޭ ކަމަށެވެ. އެއީ ބޭނުންވާ ނަތީޖާ ނެރެންކަމަށާއި ރައީސް މުއިއްޒުގެ އަމާޒަކީ ތަރައްގީގެ ހެޔޮ ބަދަލުތައް ރައްޔިތުންނަށް ގެނެސްދިނުންކަމަށް އަސްވާޑު ވިދާޅުވި އެވެ.

މީގެކުރިން ވެސް ބޭއްވި އެކި ޖަލްސާތަކުގައި ދެއްކެވި ވާހަކައިގައި އަސްވާޑު ވަނީ ރައްޔިތުންގެ ތާއީދު ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓުންނަށް ދެއްވައި މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ހޯދައިދޭން އެދިވަޑައިގެންފަ އެވެ. އަދި ވިދާޅުވީ ސަރުކާރުގެ ވައުދުތައް ފުއްދައި، ތަންފީޒު ކުރުމަށް ފަސޭހައިން މަސައްކަތް ކުރެވެން އޮތް މަގަކީ އެއީ ކަމަށެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 60%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: