ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ ތިން އަހަރު ބްރިޖުގެ މެއިންޓަނެންސް ބަލަހައްޓާފައި ނެތް: މުއްތަލިބު

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕު ބުރިޖުގެ މަރާމާތާއި މެއިންޓެނެންސް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ޗައިނާގެ ކުންފުންޏަކާއިއެކު ބުރިޖު މެއިންޓެއިންކުރުމަށް އެއްބަސްވުމެއް ގާއިމުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަަވަމުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ މުއްތަލިބު ވިދާޅުވީ، މި އެގްރީމެންޓުގެ ދަށުން ސީސީސީ ޗައިނާ ހާބަރ އިންޖިނިއަރިންގް ކޯޕަރޭޝަނުން ތިން އަހަރު ދުވަހުގެ މުއްދަތަކަށް މަރާމާތުކުރުމާއި ބެލ؛ެހެއްޓުމުގެ މަސައްކަތްތައް ކުރަމުންދާނެކަމަށެވެ. އަދި އޭގެ އިތުރުން ރާއްޖޭގައި އެކަމުގެ ގާބިލުކަން އުފެއްދުމުގެ މަސައްކަތްތަކުގައިވެސް އެ ކުންފުނީގެ އެހީތެރިކަން ލިބިގެންދާނެކަން ހިއްސާކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެއްބަސްވުމަކީ ހުޅުމާލެ ބުރިޖު މެއިންޓެނެންސް މަސައްކަތްތައް ކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ސޮއިކުރެވިފައިވާ ލެޓާ އޮފް އެކްސްޗޭންޖުގެ ދަށުން ގާއިމުކުރެވޭ އެއްބަސްވުމެއްކަމަށެވެ. އަދި ބުރިޖު އެޅުމަށްފަހު ކުންފުނިންވަނީ ދެ އަހަރު ދުވަހުގެ މުއްދަތަށް މެއިންޓެނެންސް މަސައްކަތްތައް އެއްބަސްވެފައިވާގޮތުގެ މަތިން ކުރިއަށް ގެންގޮސްފައިނަމަވެސް ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ބުރިޖު މެއިންޓެނެންސް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން ހާމަކުރެއްވިއެވެ.

އެހެންކަމުން މި ބުރިޖަކީ ރާއްޖޭގައި ބިނާކޮށްފައިވާ މުހިންމު އިންފްރާސްޓްރަކްޗާ ވަސީލަތެއްކަމަށްވުމުނާއި ޗައިނާ ސަރުކާރުންވެސް އެ މަސައްކަތްތަކަށް އަހައްމިއްޔަތު ދޭކަމަށްވުމުން ތިން އަހަރުގެ މުއްދަތަކަށް އެ ގައުމުގެ ހިލޭ އެހީގެ ދަށުން މަރާމާތާއި ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށް އެއްބަސްވުމެއް ގާއިމުކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: