ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބުރިޖު ނިމެނީ 2026 ވަނަ އަހަރު!

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އިންޑިއާގެ އެފްކޮންސް ކުންފުންޏާއިއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައިވާކަން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި މިނިސްޓަރު ވަނީ ތިލަމާލެ ބުރިޖުގެ މަޝްރޫއުއާއި ގުޅޭ ތަފްސީލީ މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން އެ މަޝްރޫއު ފެށުމަށް ކަނޑައެޅިފައިވަނީ 16 ސެޕްޓެމްބަރު 2021 ގައިކަމަށްވާއިރު، ނިންމުމަށް ކަނޑައެޅިފައިވާ ފުރަތަމަ ތާރީހަކީ 2024 ވަނަ އަހަރުގެ މޭ މަހުގެ 17 ވަނަ ދުވަހެވެ. އެހެންނަމަވެސް މިހާތަނަށް ނިންމިފައިވަނީ އެ މަޝްރޫއުގެ 29 އިންސައްތަކަމަށާއި މަސައްކަތްތައް އެއްކޮށް ނިންމުމަށް ކަނޑައެޅިފައިވާ ތާރިހު މިހާރު ބަދަލުވެފައިވާކަމަށްވެސް ފާހަގަކުރެއްވިއެވެ.

އެގޮތުން ރައީސް މުއިއްޒުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އެއްދުވަސްކުރިން 2023 ނޮވެމްބަރު 16 ވަނަ ދުވަހު މުއްދަތު އިތުރުކުރުމަށް އެއްބަސްވުމެއް ގާއިމުކޮށް ސެޕްޓެމްބަރު 30 2026 ވަނަ ދުވަހަށް ނިންމާ ތާރީހު ބަދަލުކޮށްފައިވާކަމަށް ހިއްސާކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުން އެކަން ކުރެވިފައިވަނީ މަސައްކަތްތައް ކަނޑައެޅިފައިވާ ތާރީހަށް ނުނިންމޭނެކަމަށް ކޮންޓްރެކްޓަރަށް ކަށަވަރު ވުމުންކަމަށެވެ. އަދި މަސައްކަތްތައް ކުރުމަށް ސަރުކާރުގެ ފަރާތުން ކޮންޓްރެކްޓަރާއި ހަވާލުކުރަންޖެހޭ ބިމެއްވެސް ނުދެވި އޮތުމާއި ކުރެވިގެންދާނެ ޖޫރިމަނާތަކަށް ހައްލެއް ހޯދުމުގެ މަގުސަދުވެސް އެކަން ކުރެވިފައިވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިހާތަނަށް ހަރަދުކުރެވިފައިވަނީ ޖުމުލަ އަދަދުން 187 މިލިއަން ޑޮލަރާއި ގާތްކުރާ އަދަދެއްކަމަށާއި އެހެންކަނުން 37.33 އިންސައްތަ ފައިސާ ބޭނުންކުރެވިފައިވާކަމަށެވެ. އަދި ބާކީ 62.67 އިންސައްތަ ނުވަތަ 314 މިލިއަނާއި ގާތްކުރާ އަދަދެއް ހުރިކަމަށް ފާހަގަކުރެއްވިއެވެ.

މަޝްރޫއުގެ ދެމެހެއްޓެނިވިކަމާއިމެދު ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ފެންނަ ފެނުމަށް މަސައްކަތްތައް ކުރެވެމުންދަނީ ރަނގަޅަށްކަމަށާއި މި މަސައްކަތްތައްވެސް ބަލަހައްޓަމުންދަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ މަސައްކަތްތަކުގައިވެސް ސަރުކާރާއިއެކު މަސައްކަތްކުރި ކޮންސަލްޓަންޓުކަމަށް ހިއްސާކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، މަސައްކަތްތައްކުރެވެމުންދަނީ ޓެސްޓުތައް ކޮށް އެ ތަހުލީލުތައް ވެރިފައިވެސް ކޮށްގެންކަމަށާއި، އެހެންކަމުން މަޝްރޫއުގެ ދެމެހެއްޓެނިވިކަމާއިމެދު ސުވާލެއް ނެތްކަމަށް ސިފަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ކޮންސަލްޓަންޓަކަށް ހަރަދުކުރަމުންދަނީ މަސައްކަތުގެ ކުއަލިޓީ ކަށަވަރުކުރުމުގެ ގޮތުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: