ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރިޖުގެ މަސައްކަތަށް އައި ބޯޓު ފުރީ، މިވަގުތަށް ހުރި މަސައްކަތްތައް ނިންމާލުމަށް ފަހު!

ގްރޭޓާ މާލޭ ބްރިޖް އެޅުމުގެ މަސައްކަތުގައި ބޭނުން ކުރި ރުމެއިލާ: ފޮޓޯ/ ދައުރު އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަމާލެ ބްރިޖުގެ މަސައްކަތަށް ގެނައި ބޮޑު ބޯޓު، ރުމޭލާ ފޮނުވާލާފައި ވަނީ މަޝްރޫއުގެ ދަށުން މިވަގުތަށް ކުރިޔަށް ގެންދަން ޖެހޭ މަސައްކަތްތައް ނިންމާލުމަށްފަހުކަމަށް ބްރިޖު އޮފީހުން ބުނެފި އެވެ.

މަސައްކަތްތައް މަޑުޖެހި، ބްރިޖުގެ މަސައްކަތްތަކަށް އައި ބޯޓު ފުރާފާއިވާކަމަށް ބުނެ ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށް އެކަމާއި ބެހޭ މައުލޫމާތުތައް ހިއްސާކުރައްވައި މަޝްރޫއުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން މީޑިއާތަކަށް ވިދާޅުވީ ރުމޭލާ ފޮނުވާލާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުކަމަށާއި އެއީ މިވަގުތު ބޯޓުގެ އެހީގައި ކުރަން ޖެހޭ މަސައްކަތެއް ނެތުމުން ކަމަށެވެ. އަދި ބޯޓު ފޮނުވާލުމުގައި އިތުރު މައްސަލަތަކެއް ނެތްކަމަށާއި، މަސައްކަތުގެ ސްޕީޑާއި ޝެޑިއުލްއަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް އޭނާ ވިދާޅުވި އެވެ.

އެފްކޮންސް ކުންފުނިން ރުމޭލާ ބޯޓު މިދިޔަ އަހަރުގެ ތެރޭގައި ގެނެސްފައި ވަނީ، ބްރިޖުގެ ޖިއޯ ޕައިލް ލައިން އެޅުމާއި އަދ އެއާއި ގުޅުން ހުރި އެހެނިހެން މަސައްކަތްތަކަށެވެ.

ބްރިޖުގެ މަޝްރޫއު ކުރިޔަށް ދާގޮތް، ނޫސްވެރިންނަށް މީގެ ދުވަސްތަކެއް ކުރިން ދައްކާލާފައި ވެއެވެ. އެ މަސައްކަތާއި ބެހޭ މައުލޫމާތުތައް ދެއްވައި، ޕްރޮޖެކްޓު ސައިޓުތަކުގައި ހުންނަވައި ޖިނާން ވިދާޅުވެފައި ވަނީ ޕައިލިންގެ މަސައްކަތްތައް ކުރަމުން ދާކަމަށެވެ. އަދި ގުޅީފަޅުގައި ޖަހާ ޕައިލިންގެ މަސައްކަތްތައް ޝެޑިއުލްއާއި އެއްގޮތަށް ކުރިޔަށް ދާކަމަށް އޭނާ ވިދާޅުވި އެވެ.

ޖިނާން ވިދާޅުވީ މަޝްރޫއުގެ ދަށުން ވިލިމާލެ ކައިރިން ތަނބުތައް ޖެހުމުގެ މަސައްކަތަށް އެ ސަރަހައްދުގެ ދެކުނުން ބައެއް ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދާކަމަށެވެ.

ސެގްމެންޓުތަކަށް ބަހާލައިގެން ހުޅުވުމަށް ހަމަޖެހިފައިވާ ބްރިޖުގެ ބައެއް މި އަހަރުގެ ތެރޭގައި ނިންމާލެވޭނެކަމަށް އެފްކޮންސްއިން ވަނީ ބުނެފަ އެވެ.

މާލެ ސަރަހައްދުގައި އަޅާ ބްރިޖުގައި، މާލެ އާއި ވިލިމާލެ ގުޅާލުން މަޝްރޫއަކީ، މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ގްރޭޓާ ”މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓު“ ނުވަތަ ”ތިލަ މާލެ“ ބްރިޖުގެ ނަމުން ނަންދީ ކުރިޔަށް ގެންދާ މަޝްރޫއުގެ އެކި ސާވޭތައް ކުރިޔަށް ދާއިރު މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމާލެވޭނެކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. މަޝްރޫއުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދު ގުޅާލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅާނެ އެވެ. 500 މިލިއަން ޑޮލަރު ނުވަތަ ދިވެހި ފައިސާއިން ބަލާނަމަ 7.7 ބިލިއަން ރުފިޔާ ހަރަދު ކުރާ މި މަޝްރޫއަކީ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: