ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީންގެ ތާއީދާއި އެކު ނިކުންނަ ކެންޑިޑޭޓުންނަށް ޕީއެންއެފްގެ ލޯގޯ ޖަހައިދޭން އަނެއްކާވެސް އެދިއްޖެ

ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަަވަނީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތާއީދާއެކު ވާދަކުރާ ކެންޑިޑޭޓުންގެ ނަމުގެ ފަހަތަށް ޕީއެންއެފް ލޯގީ ޖަހައިދޭން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، ކޮންގްރެސް ކޯލިޝަން ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު ރައީސް ޔާމީން ވަނީ ޕީޕީއެމް ދޫކުރައްވައި އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަަސައްކަތް ފައްޓަވާފަ އެވެ. އިލެކްޝަންސް ކޮމިޝަނުން ދޫކުރި ހުއްދައާއި އެއްގޮތަށް ހަމަކުރަން ޖެހޭ ތިން ހާސް މެމްބަރުންގެ ސޮއި ދޮޅު މަހަށް ވުރެ ގިނަ ދުވަސް ފަހުން ހުށަހެޅިއިރު ބައެއް މައްސަލަތަކާއި ހުރެ ޕާޓީ އުފެއްދޭ މިންވަރަށް ސޮއި ވަނީ ހަމަނުވެފަ އެވެ.

މަޖިލިސް އިންތިހާބުގެ ކުރިޔަށް ޕާޓީ އުފެއްދުމަށް މަސައްކަތް ކުރި ނަމަވެސް، ޕީއެންއެފް ބޭނުންވީ ރައީސް ޔާމީން މިނިވަންވެ އެ މަސައްކަތް ކުރުމަށެވެ. އެކަމަކު އިސްތިއުނާފު އަޑުއެހުންތައް މަޑުޖެހި، އެކަން އެގޮތަށް ކުރިޔަށް ގެންދެވޭ ގޮތް ނުވީކަމަށް ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މަލީހު ޖަމާލު ވަނީ ވިދާޅުވެފަ އެވެ. މީގެ ކުރިން ވެސް ޕީއެންއެފްގެ ފަރާތުން ވަނީ އިންތިހާބުގެ ވޯޓު ކަރުދާހުގައި އެ ޕާޓީގެ ލޯގޯ ޖަހައިދޭން އެދިފަ އެވެ.

ރައީސް ޔާމީންގެ ތާއީދުގައި މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުން މަޖިލީހަށް ނިކުންނަނީ އަމިއްލަގޮތުންކަމަށްވުމާއި އެކު ރެޖިސްޓްރީ ނުކުރާ ޕާޓީއެއްގެ ލޯގޯ ނަމުގެ ފަހަތަށް ބޭނުން ނުކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. އެ ނިންމުން ބަދަލުކޮށްދޭން އެދި ބައްދަލުވުމެއްގައި ހުށަހަޅާފައިވާކަމަށް މީޑިއާތަކަށް ހާމަކުރެއްވީ މަލީހެވެ.

މަޖިލިސް އިންތިހާބު ކުރިޔަށް އޮތް އިރު، މިއީ ބަންދެއްގައި ހުންނަވައި އެމަނިކުފާނު ކުރިމަތިލާން ޖެހޭ ދެވަނަ މަޖިލިސް އިންތިހާބެވެ. އޭގެ ކުރިން 19 ވަނަ މަޖިލިސް އިންތިހާބުގެ ދުވަސްވަރު ވެސް ރައީސް ޔާމީން ހުންނެވީ ހިޔާނާތުގެ ތުހުމަތުގެ ބަންދުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: