ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރޭޑްމާކްގެ ބިލަށް އާންމުންގެ ހިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވައިލައިފި

އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ޓްރޭޑްމާކްއާއި ގުޅުން ހުރި ހައްގުތައް ރެޖިސްޓްރީކޮށް ރައްކާތެރި ކުރުމުގެ ގާނޫނީ އޮނިގަނޑެއް ގާއިމުކުރުމަށްޓަކައި ޓްރޭޑްމާކް ބިލު އެކުލަވާލައި އާންމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ފުރިހަމަ ކުރެއްވުމަށް ކަނޑައަޅާފައިވާ މަގުޗާޓުގައި ހިމެނޭ ދިވެހިރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ފިކުރީ މުދަލާ ގުޅޭ ހަރުދަނާ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން ޓްރޭޑްމާކާއި ގުޅުން ހުރި ހައްގުތައް ރެޖިސްޓްރީކޮށް ރައްކާތެރި ކުރުމުގެ ގާނޫނީ އޮނިގަނޑެއް ގާއިމު ކުރުމަށްޓަކައި ޓްރޭޑްމާކްގެ ބިލު އެކުލަވާލައި އާންމުންގެ ހިޔާލަށް ހުޅުވާލަން ނިންމާފައިވާކަން ބަޔާނުގައި ވެއެވެ.

މިނިސްޓްރީން ބުނީ މި ބިލު އެކުލަވާލުމުގެ މަގްސަދަކީ ރާއްޖޭގައި ވިޔަފާރި ކުރާ ފާރާތްތަކަށް ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި ޓްރޭޑްމާކްގެ ރެޖިސްޓްރީ ކުރުމާއި ގުޅޭ ނިޒާމެއް ގާއިމުކޮށް އެކަމާއި ގުޅޭ މައިގަނޑު އުސޫލުތައް ކަނޑައަޅައި ޓްރޭޑްމާކް އަދި އެހެނިހެން ފިކުރީ މުދަލާއި ގުޅޭ ހައްގުތައް ތަންފީޒުކޮށް ހިންގުމަށްޓަކައި އިދާރީ އޮނިގަނޑެއް އެކުލަވާލައި އަދި ގަނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވައިދުތަކާ ހިލާފުވާ ފަރާތްތަކާ މެދޔ ފިޔަވަޅު އެޅޭނެ އުސޫލު އަދި ހައްގު ގެއްލޭ ފަރާތްތަކަށް ލިބިދޭ ފަރުވާ ބަޔާން ކުރުން ކަމަށެވެ.

އެހެންކަމުން ބިލުގައިވާ ދާއިރާގައި ހިމެނޭ ކަންކަމަށް އާންމުންގެ ހިޔާލު ލިބުމަކީ ސަރުކާރުގެ މުހިންމު މަސައްކަތަށް ލިބިގެން ދާނެ އިތުރު ފުރިހަމަކަމެއްގެ ގޮތުގައި ދެކި އާންމުންގެ ހިޔާލުތައް ހުށަހެޅުމަށް އެދޭކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިނިސްޓްރީން އެދިފައި ވަނީ ޓްރޭޓްމާރކް ބިލާ ގުޅޭގޮތުން އެއްވެސް ފަރާތެއްގެ ހިޔާލެއް ހުށައެޅުމަށް ބޭނުންވާނަމަ، 14 އެޕްރީލް 2024 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން  ހުށަހެޅުމަށެވެ.

ބިލުގައި ވާގޮތުން މި ގާނޫނުގެ ދަށޫން ޓްރޭޑްމާކެއް ރެޖިސްޓްރީ ކުރެވޭނީ، ޓްރޭޑްމާކެއް ރެޖިސްޓްރީ ކުރުމަށްޓަކައި ހުށަހަޅަން ޖެހޭ ސައްހަ ހުށަހެޅުމެއްގައިވާ ޝަރުތުތައް އެންމެ ފުރަތަމަ ފުރިހަމަ ކުރާ ފަތާތަކަށް ނުވަތަ ސައްހަ ގޮތުގައި އެފަދަ ހުށަހެޅުމެއް އެންމެ ފުރަތަމަ ސާބިތުކޮށްދޭ ފަރާތަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: