ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން ވަނީ ކުޑަ ރަށެއް، ބޮޑު ރަށެއް ނުބަލައި ތަރައްގީގެ އެތައް މަޝްރޫއުއެއް ހުއްޓުވާފައި: ޝާހިދު

އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު:/ ފޮޓޯ - އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި މި ސަރުކާރުން ރައްޔިތުންގެ މަންފާއަށް ފަށާފައި ހުރި އެތައް މަޝްރޫއުއެއް ހުއްޓުވާފައިވާކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝާހިދު، އެމްޑީޕީގެ ލީޑާޝިޕާ ހަވާލުވުމަށް ފަހު ގެންދަވަނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ކެމްޕެއިން ކުރައްވަމުންނެވެ. އެގޮތުން ކެންޑިޑޭޓުންނާ އެކު އަތޮޅު ތެރެއަށް ވަޑައިގެން ޝާހިދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ގެންގުޅުނީ ކުޑަރަށެއް ބޮޑު ރަށެއް ނުބަލައި ތަރައްގީ ކުރުމުގެ ވިސްނުން ކަމަށެވެ. އަދި އެ ތަރައްގީ ރަށްތަކުން މިދިޔަ ފަސް އަހަރުގެ ތެރޭގައި ފެނި، ރައްޔިތުން އެ ބަލައިގަތްކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގެ ފެނާ ނަރުދަމާގެ މަޝްރޫއުތަކުގެ 90 އިންސައްތަ މަސައްކަތްތައް ހުރީ ނިމިފައިކަމަށެވެ. އަދި އިންޖީނުގެތަކުގެ މަސައްކަތް ވެސް ނިމިފައިވާއިރު މި ސަރުކާރު ވެރިކަމަށް އައުމާއި އެކު އެ ތަރައްގީ ހުއްޓުވާފައިވާކަމަށް ޝާހިދު ތުހުމަތު ކުރެއްވި އެވެ.

ޝާހިދު ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގައި ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 1.7 ބިލިއަން ރުފިޔާ ހޭދަކުރިކަމަށެވެ. އަދި މި ސަރުކާރުގެ ފުރަތަމަ ތިން މަސް ދުވަހު 300 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ރާއްޖޭގެ ރަށްތަކުގައި ފަށާފައި ހުރި މަސައްކަތްތައް އެއްކޮށް ހުއްޓި ވީރާނާވަމުން ދާކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ދޭން ޖެހެނީ މިފަދަ ސަބަބުތަކާއި ހުރެކަމަށާއި، ރައްޔިތުންގެ ހައްގުތަކަށް ވަކާލާތު ކުރުމުގައި އެމްޑީޕީ ދެމި އޮވެ ސަރުކާރު ޖަވާބުދާރީ ކުރުވާނެކަމަށް ޝާހިދު ވިދާޅުވި އެވެ.

ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރަށުގައި ހުއްޓިފައި ހުރި މަޝްރޫއުތައް އަވަހަށް ފަށަން ޖެހޭކަމަށާއި، އެ މަސައްކަތްތައް ކުރިޔަށް ގެންދަވާނީ ރައްޔިތުން އެދޭ ގޮތަށްކަމަށެވެ. އެގޮތުން ރަށުގެ ބަނދަރު އަޕްގްރޭޑު ކުރުމަށް އެއްބަސްވުމެއްގައި ސޮއި ކުރުމަށް ފަހު އަމަލީ މަސައްކަތް ނުފަށައި އޮތުމުން ރައްޔިތުންގެ ކުރިއެރުމާއި ގުޅިފައިވާ މިފަދަ މަޝްރޫއުތަކަށް އިސްކަން ދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: