ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައަށް މިލިއަނުން ގެއްލުން؛ ކުރީގެ މެނޭޖްމަންޓުން ހަވާލުކުރި 25 ޕްރޮޖެކްޓެއްގެ މައްސަލަ އޭސީސީއަށް!

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ވަކި ބަޔަކަށް ފައިދާވާ ގޮތަށް ފެނަކައިން ހަވާލުކޮށްފައިވާ 25 ޕްރޮޖެކްޓެއްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

ފެނަކައާއި ހަވާލުވުމަށް ފަހު އެންމެ ފުރަތަމަ ވެސް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި މުއާޒް ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި އެ ކުންފުނި ހިންގާފައި ވަނީ ޕްރޮޖެކްޓުތައް މާކެޓު އަގަށް ވުރެ ބޮޑު ހަރަދެއްކޮށްގެން ކަމަށެވެ. އެގޮތުން މަސައްކަތާއި ހަވާލުވެ، ހާލަތު ދެނެގަތުމަށް ކުރެވުނު ދިރާސާތަކުގައި ފެނަކަ އޮތީ ވަރަށް ދަށް ހާލަތަކަށް ގޮސްފައިކަން ފާހަގަކުރެވުނުކަމަށާއި، އެންމެ ބޮޑު މައްސަލައަކީ އެޅިފައި އޮތް ދަރަނިކަމަށް މުއާޒް ވިދާޅުވި އެވެ.

މުއާޒް ވިދާޅުވީ އެ ދަރަންޏާއި އެކު، ކުރިޔަށް ދިއުމަކީ ފަސޭހަކަމެއް ނޫންކަމަށެވެ. ފެނަކައަކީ ދިވެހި އެތައް ރައްޔިތަކަށް ހިދުމަތް ދެމުން ގެންދާ ޔޫޓިލިޓީ ކުންފުންޏަކަށްވާއިރު މުއާޒް ވިދާޅުވީ ހާލަތު އޮތީ އޮޕަރޭޝަންތަކަށް ވެސް ބުރޫއަރާ ހާލަތެއްގައި ކަމަށެވެ. އެގޮތުން ކުންފުނީގެ ލޯނުގެ ގޮތުގައި 871 މިލިއަން ރުފިޔާ އަދި އެކި ފަރާތްތަކަށް ދޭން ޖެހޭ ފައިސާ 3.2 ބިލިއަން ރުފިޔާއަށް އަރާއިރު ދަރަނި ވެސް ހުރީ 4.16 ބިލިއަން ރުފިޔާގައިކަމަށް މުއާޒް ވިދާޅުވި އެވެ.

ފެނަކައިގެ މައްސަލަތަކެއް އޭސީސީއަށް ހުށަހަޅުއްވާނެކަން ހާމަކުރައްވާފައި ވަނިކޮށް، މިއަދު މުއާޒް ވިދާޅުވީ ތަހުގީގަށް ހުށަހެޅި ޕްރޮޖެކްޓުތަކަކީ ކުންފުންޏަށް އިންތިހާއަށް ގެއްލުންވާ ގޮތަށް ބީއޯކިއުއެއް އަދި މާކެޓުގައި މަސައްކަތް ކުރެވޭނެ އަގަށް ބެލުމެއް ނެތި ހަވާލުކޮށްފައިވާ ޕްރޮޖެކްޓުތައް ކަމަށެވެ.

މުއާޒް ވިދާޅުވީ މަގާމުގެ ނާޖާއިޒް ފައިދާ ނަގައި، އިންހައުސްކޮށްފައިވާ 60 ކޮންސްޓްރަކްޝަން ޕްރޮޖެކްޓުގެ ތެރެއިން 25 ޕްރޮޖެކްޓުގެ މައްސަކަ އޭސީސީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ޕްރޮޖެކްޓުތަކުން ފެނަކައަށް އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ލިބިފައިވާކަން ހާމަކުރެއްވި އެވެ.

މުއާޒް ވިދާޅުވީ ކުންފުނިން ސަޕްލަޔަރުންނަށް ދޭން ޖެހޭ ފައިސާތައް ނުދެވި ކުންފުނި އޮތީ ދަރަނިވެރި ހާލަތެއްގައި ކަމަށެވެ. އެހެންކަމުން އެ ފައިސާ ނުދެވި، ކުންފުނި އެ ހާލަތަށް ވެއްޓުމުގައި ޒިންމާ ނަގަން ޖެހޭ ފަރާތްތަކުގެ މައްސަލަ ބަލައި ލަސްނުކޮށް ގާނޫނީ ފިޔަވަޅު އަޅަން ޖެހޭކަމަށް ވިދާޅުވި އެވެ.

ކުންފުންޏަށް މިހާ ބޮޑު ގެއްލުމެއް ލިބުނު ސަބަބެއްކަމަށް މުއާޒް ވިދާޅުވެފައި ވަނީ، އިންހައުސްކޮށް ގިނަ ޕްރޮޖެކްޓުތައް ހިންގާފައިވުމެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ބޮޑު ގެއްލުންތަކާއި ކުރިމަތިވެ، އެފަދަ ގިނަ ޕްރޮޖެކްޓުތައް ވެސް ހުއްޓުމަކަށް އައިސްފައިވާކަމަށް މުއާޒް ވިދާޅުވި އެވެ.

މީގެ ކުރިން މުއާޒް ހާމަކުރެއްވި މައުލޫމާތުތަކުން އެނގޭ ގޮތުގައި، އިންހައުސްކޮށް 60 ޕްރޮޖެކްޓެއް ރިޕޯޓުކޮށްފައި ވެއެވެ. އެކަމަކު މިފަދަ އެއްވެސް ނިންމުމެއްގައި ބޯޑުގެ ބައިވެރިވުމެއް ނުވަތަ ބޯޑުގެ އެޕްރޫވަލްއެއް މަޝްވަރާއެއް ނެތްކަމަށް މުއާޒް ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން މިއީ ނިންމިދާނެ، ނިންމުންތަކެއްތޯ ސުވާލު ވެސް އުފެދޭކަމަށް މުއާޒް ވިދާޅުވި އެވެ.

ފެނަލައިގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މަޖިލީހަށް ހުށަހެޅުމުން، ސަރުކާރުގެ މެމްބަރުން ވަނީ ކުންފުނި ދިފާއުކޮށް ވާހަކަ ދައްކާފަ އެވެ. ފެނަކައިން ކުންފުނި ތަކަށް ލާރި ނުދޭ މައްސަލަ ހޫނުވެ އެވާހަކަ މަޖިލީހުގައި މެމްބަރުން ވެސް ވަނީ ދައްކާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: