ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރ މުއްތަލިބުގެ ރައްދު ޝާހިދަށް؛ މަނިކުފާނަކީ ދޮގެއް ވެސް ތެދަށްވުރެ މޮޅަށް ވިދާޅުވާ ބޭފުޅެއް!

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބަދުالله މުއްތަލިބު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެކަނި ވެސް ޕީއެސްއައިޕީގެ މަޝްރޫއުތަކަށް އެއް ބިލިއަން ރުފިޔާ ހަރަދު ކުރެވުނުކަމަށް ސަރުކާރުން ބުނެފި އެވެ.

ވެރިކަން ބަދަލުވެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިޔަށް ގެންދިޔަ އެތައް މަޝްރޫއުއެއް ހުއްޓި މަޑުޖެހިފައިވާކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ތުހުމަތު ކުރައްވާފަ އެވެ. މިދިޔަ ދައުރުގައި ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން 2023 ގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 1.7 ބިލިއަން ހޭދަކުރިކަމަށާއި މި ސަރުކާރަށް މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ހަރަދު ކުރެވުނީ 300 މިލިއަން ރުފިޔާ ކަމަށެވެ.

ޝާހިދަށް ރައްދު ދީ، ސަރުކާރުން ބުނީ މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ތަރައްގީއަށް ކުރި ހޭދަ ކޮންމެވެސް މިންވަރަކަށް ދަށް ނަމަވެސް ޝާހިދު ވިދާޅުވި އަދަދުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. ރައީސް ސޯލިހުގެ ސަރުކާރުގެ ހަރަދުތައް ބޮޑުކަމަށް ދައްކަނީ، ބޭކާރު އެތައް ކަމެއް ކުރުމުގެ ސަބަބުންކަމަށް ވެސް ބުނެފައި ވެއެވެ.

މަޖިލިސް ކެމްޕެއިނަށް މިވަގުތު އަތޮޅު ތެރޭގައި ހުންނެވި ޝާހިދު ރަތްމަންދުއަށް ވަޑައިގެން އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި މިއަދު ވިދާޅުވީ ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ދައުރު ނިމުނު އިރު އޮތީ 90 އިންސައްތަ ނިމިފައި ކަމަށެވެ. އެހެން ނަމަވެސް އައު ސަރުކާރު އުފެދުނު ފަހުން އެ މަޝްރޫއުގެ އެއްވެސް މިންވަރެއް ކުރިޔަށް ނުދާކަމަށް ޝާހިދު ވިދާޅުވި އެވެ. މިއާއި އެކު ޝާހިދު ވަނީ ރަތްމަންދޫ ހިމެނޭހެން، އެތައް ރަށެއްގެ ޕްރޮޖެކްޓުތައް ހުއްޓިފައިވާކަމަށް ވިދާޅުވެފަ އެވެ. އަދި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެމްޑީޕީއަށް ދޭންވީ ސަބަބުތަކަކީ މިއީކަމަށާއި، އެ ޕާޓި ސަރުކާރު ޖަވާބުދާރީ ކުރުވާނެކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދަށް ރައްދު ދެއްވައި ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވެސް ވިދާޅުވީ ރަތްމަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓުނީ އެމްޑީޕީގެ ވެރިކަމުގައި ކަމަށެވެ. އަދި ވިދާޅުވީ އެ މަސައްކަތަށް ދެ އަހަރު ވީއިރު ވެސް އޮތީ ރަނގަޅު ގޮތުގައި ކުރިޔަށް ނުގޮސް ކަމަށެވެ.

މި މަޝްރޫއުގެ މައްސަލައިގައި މުއްތަލިބު ވިދާޅުވީ، ވެރިކަމުގެ ދައުރު ނިމިގެން ދިޔައިރު އެ ޕްރޮޖެކްޓުގެ އެންވައިރޮމެންޓަލް ޕްރޮޓެކްޝަން އެސެސްމަންޓު ވެސް ހަދާފައި ނެތް ކަމަށެވެ. އަދި ޝާހިދަށް ފާޑުކިއުން އަމާޒު ކުރައްވައި ވިދާޅުވީ އޭނާއަކީ، އެއްވެސް ޖެހިލުމެއް ނެތި ރައްޔިތުންނަށް އޮޅުވާލަން އަބަދުވެސް ދޮގު ހައްދަވާ ބޭފުޅެއް ކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: