ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަނގަޅު އުސޫލެއްގެ ތެރެއިން މުވައްޒަފުންނަށް ރިސްކު އެލަވެންސް ދޭން މަސައްކަތް ކުރާނަން: ރައީސް

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީފާގެ ގޮތުން ހައިރިސްކް މާހައުލެއްގައި މަސައްކަތް ކުރާ މުވައްޒަފުން އުޅޭ ކުންފުނިތަކުގައި މިހާރަށް ވުރެ ރަނގަޅު އުސޫލެއްގެ ތެރެއިން ރިސްކް އެލަވަންސް ތައާރަފް ކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ސިލްސިލާކޮށް ގެނެސް ދޭ، ރައީސްގެ ޖަވާބު ސެގްމެންޓުގައި މިއަދު އާންމުންގެ މީހަކު ސުވާލު ކުރީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ރިސްކު އެލަވަންސާ ބެހޭ ގޮތުންނެވެ. އެކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެ މީހެއްގެ ވަޒީފާގެ މަސައްކަތުގައި ރިސްކެއް އޮތް ނަމަ ކޯޕަރޭޓް ސިޔާސަތުގެ ދަށުން އެއީ ދޭން ޖެހޭ އެލަވެންސެއް ކަމަށެވެ. އަދި އެކި ކުންފުނިތަކުން ކުރާ މަސައްކަތް ތަފާތުތަކެއް ހުންނަކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވީ ކުރާ މަސައްކަތުގައި ރިސްކް ހިމެނޭ މިންވަރު ބެލުމަށްފަހު އެކަން ކަން ހަމަޖެއްސުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ވިދާޅުވީ އެކި ކުންފުނިތަކަށް އޮންނަނީ އެކި އުސޫލުތައްކަމަށާއި، ކުރާ މަސައްކަތުގައި ރިސްކް ހިމެނޭ ކަމަށް ވާނަމަ އެ ކުންފުންޔެއްގެ ކޯޕަރޭޓް ސިޔާސަތުގެ ތެރެއިން އެކަން ހަމަޖެހެން ޖެހޭ ކަމަށެވެ.

މިސާލެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ އެމްޓީސީސީ ގެ ބަނދަރު ހެދުމުމާއި، އުމްރާނީ ތަރައްގީގެ އެކި މަޝްރޫއުތަކެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރިސްކް އެލަވަންސްގެ ކަންތައްތައް ގިނަ ބަޔަކު ޝާމިލްވާ ގޮތައް ތައާރަފްކުރައްވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: