ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިންވެރިޔާ ގޯތިތަކުގެ އިންފާރު ވަކިކޮށް، ސާފުކުރުމަށް ފަހު ބިން ދޫކުރުން އަވަސް ކުރަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތައް ލިބުނު މީހުންނަށް އެ ބިންތައް ހަވާލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މިދިޔަ ސަރުކާރުގައި ދޫކުރީ 100 އެއްހާ ގޯއްޗެވެ. ގޯތި ލިބުނު މީހުންނަށް، ބިން ހަވާލު ކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަމުންދާއިރު ބައެއް މީހުންގެ ގޯތީގެ އިން ދިމާވަނީ އެ ސަރަހައްދުގެ ވެލިފުނިތަކަށެވެ. އެހެންވެ ތަން ސާފުކޮށް، ބިން އެއްވަރު ކުރުމުގެ މަސައްކަތް ކުރަމުން ދާތީ އެ މައުލޫމާތުތައް އެޗްޑީސީން މީޑިއާތަކާއި ވަނީ ހިއްސާކޮށްފަ އެވެ.

މި ސަރަހައްދުގައި ހުންނަވާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވީ މިވަގުތު ގޯތިތައް ހަވާލު ކުރުމުގައި ދަތިތައް ދިމާވެފައި ވަނީ ބައެއް ބިންތައް އެ ސަރަހައްދުގެ ފެނާއި ނަރުދަމާގެ ވިއުގަ މަތިން ގޮސްފައި ހުރުމުން ކަމަށެވެ.

އެ މައްސަލަ ހައްލުކޮށް ވިހާވެސް އަވަހަށް ގޯތި ހަވާލު ކުރެވޭނެކަމަށް ފާހަގަކުރައްވައި ފަޒުލް ވިދާޅުވީ މިހާރު ވެސް އެމްޑަބްލިއުއެސްސީގެ ޑިޒައިނިން ޓީމަކުން ވެސް ގޯތިތައް ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާ ކަމަށެވެ. އެކަމަކު ފަޒުލް ވިދާޅުވި ގޮތުގައި މިއީ ވަރަށް ބޮޑު ހަރަދެކެވެ.

ފަޒުލް ވިދާޅުވީ ބައެއް ލިޔެކިއުންތަކުގައި ވާގޮތުން، އެކަމަށް  200 މިލިއަން ރުފިޔާ ދާނެ އެވެ. އަދި އެކަން ކުރީ ސަރުކާރަށް އެނގޭނެކަމަށް ވިދާޅުވި އެވެ

މީގެ އިތުރުން ފަޒުލް ވިދާޅުވީ ބޭނުން ކުރާ ބައެއް ބިންތަކުން ވެސް ގޯތި ދީފައިވާތީ އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

ޢެޗްޑީސީން މިހާރު ވަނީ ކުރީ ސަރުކާރުން ދޫކުރި ގޯތިތަކުގެ ވެލި ފުނިތައް ވެސް ނަގައި ސާފުކޮށް، ފާރު ގާތައް ވެސް އަތުރާފަ އެވެ. ޢެހެންކަމުން މިހާރު ޕޯޓަލް މެދުވެރިކޮށް ފަސޭހައިން މުއާމަލާތް ކުރެވޭނެ އެވެ. ޢެހެންކަމުން ދެން މާކުކޮށްފައި ހުރި ސަރަހައްދުން އިންފާރު ވަކި ކުރުމަށް ފަސޭހަ ވާނެ އެވެ.

އެޗްޑީސީން ބުނީ މިހާރު ހަވާލު ނުކުރެވި ހުރި ގޯތި ވީހާވެސް އަވަހަށް ހަވާލު ކުރުމަށް އެ ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. ބިން ސާފު ކުރާއިރު، މީހުންނާއި ހަވާލު ކުރި ބައެއް ސަރަހައްދުތައް ވެސް އޭގެ ތެރޭގައި ހިމަނައި މަސައްކަތް ކުރާކަން ވެސް އެޗްޑީސީން ފާހަގަކުރި އެވެ.

މިދިޔަ ޑިސެންބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭރު ފަޒުލް ވިދާޅުވީ ބައެއް ސަރަހައްދުން ގާތްގަނޑަކަށް 180 ވަރަކަށް ބިން ދޫކޮށްފައިވަނީ ފެނާއި ނަރުދަމާ އަދި ކަރަންޓު ނޫނީ އެޗްޑީސީގެ ނެޓްވޯކަށް އަރާ ގޮތަށް ކަމަށެވެ. އަދި އެހެން އަރާ ގެތަކުގައި އިންފާރު ރޭނުމުގެ ފުރުސަތު ދިނުންމަށް ދަތިވާ ކަމަާއި އެހެންނަމަވެސް އެކަމަށް ހައްލު ގެނެސްދެއްވާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: