ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫކްރެއިންގެ ހަނގުރާމަ އިތުރަށް ގޯސްވުމުގެ އަލާމަތްތަކެއް!

ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ތެރެއިން ޔޫކްރެއިންގެ ރައީސް ޒެލެންސްކީ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޝިއާ އަދި ޔޫކްރެއިން ދެމެދު ހަނގުރާމައެއް ކުރެވެމުންދާކަމަށް އެ ގައުމުން ރަސްމީގޮތުން އެއްބަސްވެއްޖެއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން ރަޝިއާއިންވަނީ މި ފަހުން ދިން ހަމަލާއެއްގައި ޔޫކްރެއިންއަށް 90 އާއި ގާތް ކުރާ އަދަދެއްގެ މިސައިލާއި އިރާނުން ފަރުމާކޮށްފައިވާ ކަމިކާޒޭ ޑްރޯން ބޭނުންކޮށްފައެވެ. ޔޫކްރެއިންގެ އޮފިޝަލުން ބުނާގޮތުން މި ހަމަލާގެ ތެރެއިން ކަރަންޓު އުފައްދާ ސްޓޭޝަންތަކަށްވެސް ގެއްލުންތައް ލިބިފައިވާކަމަށެވެ. އަދި އެއީ ފިނިން ރައްކައުތެރިކުރުމަށް ބޭނުންކުރާ ހީޓިންގް ސަޕްލައިގެ އިތުރުން ކަރަންޓުގެ ނިޒާމަށް ގެއްލުންދިނުމުގެ ގޮތުން ހިންގި އަމަލެއްކަމަށް ދެކޭކަމަށްވެސް ބުނެފައިވެއެވެ. ރަޝިއާއިން ބުނާގޮތުން މި ހަމަލާތަކަކީ ޔޫކްރެއިންއިން އެ ގައުމުގެ ސަރަހައްދުތަކުގެ ތެރެއިން ދީފައިވާ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން ކުރެވިފައިވާ މަސައްކަތްތައް ކަމަށެވެ.

ޔޫކްރެއިންގެ އިންޓީރިއަރ މިނިސްޓްރީއިން ބުނާގޮތުން، ރަޝިއާގެ ހަމަލާތަކުގެ ސަބަބުން ފަސް މީހުން މަރުވެފައިވާކަމަށެވެ. އަދި 20 ވުރެ ގިނަ މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާކަމަށްވެސް ހިއްސާކޮށްފައިވެއެވެ. މިކަމާއި ގުޅޭގޮތުން ސަރުކާރަށް ތާއީދުކުރާ ނޫހަކަށް ދެއްވި އިންޓަރވިއުއެއްގައި ރަޝިއާގެ ރައީސް އޮފީހުގެ ތަރުޖަމާނުވަނީ ޔޫކްރެއިންގައި ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ގެންގުޅުއްވަމުންދިޔަ ރާގު ބަދަލުކޮށް ސްޕެޝަލް އޮޕަރޭޝަނެއްކަމަށް ބުނުމުގެ ބަދަލުގައި ފުރަތަމަ ފަހަރަށް ހަނގުރާމައިގެ ހާލަތުގައި އޮތްކަމަށް އެއްބަސްވެފައިކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ. މީޑިއާތަކުން ބުނާގޮތުން ކުރަމުންދާ މަސައްކަތްތަކީ ހާއްސަ އޮޕަރޭޝަނެއް ކަމަށް ބުނުމުގެ ބަދަލުގައި ހަނގުރާމައިގެ ހާލަތުގައި އޮތްކަމަށް ބުނެފައިވުމަކީ މައްސަލަ އިތުރަށް ގޯސްވެފައިވާކަމަށް ބެލެވޭނެ ބޮޑު ސަބަބެއްކަމަށެވެ.

ތަރުޖަމާނު ޑިމީޓްރީ ޕެސްކޮވް ވިދާޅުވީ، އެ މަސައްކަތްތައް ފެށިގެންދިޔައީ ހާއްސަ އަސްކަރީ އޮޕަރޭޝަނެއްގެ ގޮތުގައިނަމަވެސް ހުޅަނގުގެ ގައުމުތަކުން އެއްވެ ޔޫކްރެއިންގެ ދިފާއުގައި ނުކުތް ހިސާބުން ރަޝިއާއަށް ހަނގުރާމައަކަށް ބަދަލުވެގެންދިޔަކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: