ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަޝިއާއިން ޔޫކްރެއިންގެ ސަރަހައްދަކަށް އެތަހާސް ސިފައިންނަކާއި އަސްކަރީ ވަސީލަތްތަކެއް ޖަމާކޮށްފި!

ޔޫކްރެއިންގެ ޓޭންކެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

600 އަށްވުރެ ގިނަ އަސްކަރީ ހަތިޔާރު ހަރުކުރެވިފައިވާ އުޅަނދާއި އެފަދަ އެތައް އެހެން ވަސީލަތްތަކެއް ރަޝިއާއިން ޔޫކްރެއިންގެ މިނިވަންކޮށް އޮތް ސަރަހައްދެއްކަމަށްވާ ކޫޕިއެންސްކްގެ ގާތަށް ޖަމާކޮށްފައިވާކަމަށް އެ ގައުމުން ބުނެފިއެވެ.

މީޑިއާތަކުން ރިޕޯޓުކުރާގޮތުން ރަޝިއާއިން ޔޫކްރެއިންގެ ކޫޕިއެންސްކް ސަރަހައްދާއި ގާތަށް ޖަމާކޮށްފައިވާ ތަކެތީގެ ތެރޭގައި އާޓިލަރީ ބަޑިވެސް ހިމެނެއެވެ. އަދި ސާޅީސް ހާސް ސިފައިވްެސް އެ ސަރަހައްދަށް ޖަމާކޮށްފައިވާކަމަށް ޔޫކްރެއިންގެ އަސްކަރީ އޮފިޝަލުން މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ.

އެ ގައުމުން ބުނެފައިވާގޮތުން ރަޝިއާއިން މަސައްކަތްކުރަމުންދަނީ އެ ގައުމަށް 22 ވަނަ އަހަރުގެ ތެރޭގައި ދުވަސްކޮޅެއް ވަންދެން ބާރުގެ ދަށަށް ގެންދެވުނު ސަރަހައްދެއްގެ މައްޗަށް އަލުން ބާރުވެރިވެގަތުމަށްކަން ސާފުކޮށް ފެނިގެންދާކަަމަށެވެ. އަދި ކުރިން އެ ސަރަހައްދު މިނިވަންކުރީ ޔޫކްރެއިން ސިފައިން ދިން ކައުންޓާރ ހަމަލާގައިކަމަށްވެސް ފާހަގަކޮށްފައިވެއެވެ. ޔޫކްރެއިންއިން ބުނެފައިވާގޮތުން ރަޝިއާއިން މަސައްކަތްކުރަމުންދަނީ މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ޔޫކްރެއިންގެ ބޮޑު ސަރަހައްދެއް އެ ގައުމުގެ ބެލުމުގެ ދަށަށް ގެނައުމަށްކަމަށެވެ.

ޔޫކްރެއިން އިން މައުލޫމާތު ދިން ގޮތުން މާޗު މަހުގެ ނިޔަލަށް އެ މަސައްކަތްކުރުމަށް ނިންމާފައިވަނީ އެއީ ރަޝިއާގެ ރިޔާސީ ވޯޓު އޮންނަ ދުވަސްވަރުކަމަށްވުމުންކަމަށެވެ. އަދި އިންތިހާބެއް ބޭއްވި ނަމަވެސް އަސްލު ހަމައެކަނި ކެންޑިޑޭޓަކީވެސް މިހާރުގެ ރައީސް ވްލެޑިމިއަރ ޕުޓިންކަމަށާއި އޭނާއަކީ ރަޝިއާގެ މައްޗަށް ހުދުމުހުތާރު ވެރިއެއްކަމަށް ބުނެފައިވާއިރު، ވެރިކަމުގެ އިތުރު ދައުރެއް ކަށަވަރުވެއްޖެ ހާލަތުގައި ޔޫކްރެއިނާއިމެދު އަނިޔާވެރިކަމާއިއެކު އަމަލުކުރަމުންދާނެކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން ރަޝިއާގެ އަސްކަރިޔާއިންދަނީ އިންތިހާބުވާ ދުވަހު ޕުޓިންއަށް ދޭ ހަދިޔާއެއްގެ ގޮތުގައި ކާރކީވް ސަރަހައްދުން ބައެއް ހިފުމަށްކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: