ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ ލޯނު ނެގީ ޔާމީން، މި ސަރުކާރުން ސަލާމަތް ނުވެވިގެން އުޅެނީ އެ ދަރަނިން: ސޯލިހު

ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހީމް މުހައްމަދު ސޯލިހު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ފަސް އަހަރު އަވައްޓެރި އިންޑިއާއިން ނެގީ 08 ބިލިއަން ރުފިޔާގެ ދަރަނިކަމަށާއި، މި ސަރުކާރުން އުޅެނީ ޕީޕީއެމްގެ ވެރިކަމުގެ ލޯނުތަކުން ސަލާމަތް ނުވެވިގެންކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހުގެ ވެރިކަމުގައި އެންމެ ބޮޑަށް އެމަނިކުފާނަށް އަމާޒު ކުރި ތުހުމަތަކީ ދަރަނި މެނޭޖު ނުކުރެވި ރާއްޖޭގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާކަމަށެވެ. ފައިސާ ޗާޕު ކުރުމާއި، ދަރަންޏަށް ފައިސާ ނެގުމުގެ ސަބަބުން ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ވެސް ވަނީ ރިޕޯޓުތައް ނެރެ އެއީ ނުރައްކަލުގެ ސިގްނަލެއްކަމަށް ބުނެފަ އެވެ. އެކަމަކު ޖުމްލަ ދަރަނި 120 ބިލިއަނަށް އެރުމުން ވެސް ސަރުކާރުން ބުނަމުން ދިޔައީ ކަންބޮޑުވާން ޖެހޭ އެއްވެސް ހާލަތެއް ނެތްކަމަށާއި، ރާއްޖެ ބަނގުރުޓުވެފައިވާ ހާލަތަށް ގޮސްފައިވާކަމަށް ބުނެ ދެކެވޭ ވާހަކައިގައި ހަގީގަތެއް ނެތްކަމަށެވެ.

މި ފަހުން ރާއްޖޭގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުތަކާއި އަނެއްކާވެސް އިގްތިސާދުގެ ވާހަކަތައް ދިމާވީ ޑޮލަރުގެ ރޭޓު އުފުލުމުންނެވެ. އަދި ޑޮލަރު ލިމިޓު ކުރުމުގެ ވާހަކަ ދެކެވުމުން، ރައްދުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި ސަރުކާރުގައި އޮތީ ރައީސް ސޯލިހުގެ ވެރިކަމުން ވާރުތަވެގެން އައި 120 ބިލިއަން ރުފިޔާގެ ދަރަނި ކަމަށެވެ. ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ އެތެރޭގެ ދަރަނި އެކަނިވެސް 09 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. ސަރުކާރުން މިހާރު ވެސް ދަނީ، ކުރިޔަށް އޮތް އަހަރުތަކުގައި އަނބުރާ ދައްކަން ޖެހޭ ލޯނުތަކަށް ވާން ޖެހޭ ތައްޔާރީތައް ވަމުންކަމަށް ރައީސް ވިދާޅުވި އެވެ.

އިގްތިސާދު ނާޒުކު ހާލަތަކަށް ދިޔައީ އެމްޑީޕީގެ ވެރިކަމުގައި ގެންގުޅުނު ގޯސް މާލީ ޑިސިޕްލިންތަކުގެ ސަބަބުންކަމަށް ކުރާ ތުހުމަތުތަކަށް ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ވެރިިކަމުގެ ފަސް އަހަރުގައި ޗައިނާއިން އެއްވެސް ދަރަންޏެއް ނަގާފައި ނުވާނެ ކަމަށެވެ. އަދި އިންޑިއާއިން ނެގީ 8 ބިލިއަން ރުފިޔާކަން ފާހަގަކޮށް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޗައިނާއިން އެކަނި ވެސް 18 ބިލިއަންގެ ލޯނު ނެގި ކަމަށެވެ. އެހެންކަމުން މި ސަރުކާރުން އުޅެނީ ރައީސް ޔާމީންގެ ވެރިކަމުގައި ނަގާފައި ހުރި އެތައް ލޯނުތަކުން ސަލާމަތް ނުވެވިގެންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޗައިނާ އިން ނަގާފައިވާ ދަރަނީގެ އަގަކީ 18 ބިލިއަން ރުފިޔާ، މިދިޔަ 5 އަހަރުން ޗައިނާ އިން ދަރަންޏެއް ނަގާފައި ނުވާއިރު އިންޑިއާ އިން ނެގީ 8 ބިލިއަން ރުފިޔާ. މިއަދު މިފެންނަނީ ޕީޕީއެމްގެ ވެރިކަމުގައި ނަގާފައި ހުރި ލޯނުތަކުން މިސަރުކާރު ސަލާމަތް ނުވެވިގެން އުޅޭ މަންޒަރު

އެމްޑީޕީގެ ވެރިކަމުގައި ފަށައި، ނިމުމަކާ ގާތްވެފައި ހުރި އެތައް ޕްރޮޖެކްޓެއް ހުއްޓިފައިވާކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވުމުން މުޅި ސަރުކާރުގެ ކެބިނެޓު ވަޒީރުން ދަނީ އޭނާއަށް ރައްދު ދީ ފާޑުކިޔަމުންނެވެ. ޝާހިދުގެ ވާހަކަ ތަކުރާރު ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ވެރިކަމަށް އައުމަށް ދެއްކި ވާހަކަތަކާއި މި ސަރުކާރުގެ އަމަލުތައް ވަރަށް ތަފާތު ކަމަށެވެ. ރައްޔިތުންނަށް ވައުދުވީ އެއްވެސްކަމެއް ފުރިހަމަ ނުކުރެވޭއިރު މިދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި ފެށި އަމިއްލަ އެއްވެސް މަޝްރޫއުއެއް ނެތްކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުން 1700 ޕްރޮޖެކްޓު ހުއްޓާލާފައިވާކަމަށާއި، މާޗު މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތަކަށް އެއް ބިލިއަން ރުފިޔާ ހަރަދު ކުރިއިރު އެމްޑީޕީން 2023 ގެ އެ މުއްދަތުގެ ތެރޭގައި 2.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: