ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިހެބަށް ދާންނުޖެހި، މެތަޑޯން ފަރުވާ ފުރިހަމަކުރެވޭނެ އިންތިޒާމެއް ހަމަޖައްސަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ފަރުވާ ފުރިހަމަ ކުރާ މީހުންގެ ކަންބޮޑުވުންތައް އަޑުއަހައި އެ މައްސަލަތައް ހައްލު ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ އިންތިހާއަށް ބޮޑުވަމުންދާއިރު، އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ރަނގަޅު ފަރުވާގެ ނިޒާމެއް ނެތުމެވެ. އަދި އެތައް ސަތޭކަ ބަޔަކު ކިއުގައި ތިބެން ޖެހުމަކީ ވެސް ދިމާވެފައިވާ މައްސަލަ އެކެވެ. މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ރަނގަޅު ފަރުވާއެއް ހޯދައިދޭން ގޮވާލައި އިހުތިޖާޖުކޮށް އަޑުއުފުލި ނަމަވެސް ޑިޓޮކްސިފިކޭޝަން ސެންޓަރުތަކާއި އެކު ވެސް މާބޮޑު ބަދަލެއް ނާންނަކަމަށް ގިނަ ބަޔަކު ބުނެ އެވެ.

ސިލްސިލާކޮށް ގެނެސްދޭ، ރައީސްގެ ސުވާލު ސެގްމެންޓުގައި މިއަދު އާންމުންގެ މީހަކު އެދުނީ އެންޑީއޭގެ ފަރުވާގައި ތިބޭއިރު ވެސް ކުރީގެ މައްސަލައެއްގައި ކޯޓުން ހުކުމްކޮށްފި ނަމަ ފަރުވާގައި ހުންނަ މީހާ ވެސް ވަޒީފާގައި ހުރުމަށް ފަހު ރިހެބަށް ދާން ޖެހޭ މައްސަލަ ހައްލުކޮށްދިނުމަށެވެ. ޖަވާބުގައި ރައީސް ވިދާޅުވީ އެކަމާ ގުޅޭގޮތުން ހޯމް މިނިސްޓްރީ އާއި ސަރުކާރުގެ ކަމާއި ބެހޭ މުވައްސަސާތައް އެކުގައި ވާހަކަ ދެއްކުމަށް ފަހު ފަރުވާ އެކީ ނިންމޭނެ ގޮތް ހަމަޖައްސައި ހަރުދަނާ ކުރައްވާނެކަމަށެވެ.

މަސްތުވާތަކެތީގެ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި އެތައް އަހަރުތަކެއް ވެގެން ދިޔައިރު ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ މިހާތަނަށް އައިއިރު ވެސް ފަރުވާގެ ރަނގަޅު ނިޒާމެއް ނެތުމާއި ރަނގަޅު ގޮތުގައި އެ ފަރުވާ ނުދެވުމެވެ.

އެގޮތުން އެންޑީއޭގެ އެތެރޭގެ މައްސަލަތަކެއް ގޯސްވެ، ތަނުގެ ރީފޯމްއަކަށް ގޮވާލައި އިހުތިޖާޖުތަކެއް ވެސް ކުރި އެވެ. އަދި އެންޑީއޭގެ ވެރިންނަށް ކަނޑައަޅާ މީހުން އެ މަގާމުގައި ގިނަ ދުވަސް ނުވެ ބަދަލުވުމަކީ ވެސް ފާހަގަކުރެވޭ އެއް މައްސަލަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: