ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯނު ދޫކުރުން ވަގުތީ ގޮތުން ހުއްޓާލިކަމަށް ދެކެވޭ ވާހަކަ އެސްޑީއެފްސީން ދޮގުކޮށްފި

އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރ މަރިޔަމް ފިފްޝީން އާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މީޒާ އަލީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް އިން ލޯނު ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާކަމަށް ދެކެވޭ ވާހަކަތައް އެ ކޯޕަރޭޝަނުން ދޮގުކޮށްފި އެވެ.

އެސްޑީއެފްސީން ލޯނު ދޫކުރުން މެދުކަނޑާލިކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނިކޮށް އާންމު ކުރި ބަޔާނުގައި އެ ކޯޕަރޭޝަނުން ބުނީ އެއީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

އެސްޑީއެފްސީން ދޫކުރާ ލޯނުތަކުން މަސްވެރިކަމާ ގުޅުން ހުރި ދާއިރާއަށް ”ކަނޑުފަޅު ނަފާ“ ލޯނު ޕްރޮޑަކްޓުގެ ދަށުން ފަރުމަހުގެ މަސްވެރިކަމަށް ކެޓަގަރީއެއް އިތުރުކޮށް ދަނޑުވެރި ނަފާ ލޯނު ޕްރޮޑަކްޓު އަދި އަންހެނުން ޝާމިލުވާ ވިޔަފާރިތަކަށް ”ފަށާ މަދަދު“ ލޯނު ޕްރޮޑަކްޓުގެ ދަށުން މިހާރު ވެސް އެ ލޯނަށް އެދި ހުށަހެޅޭނެކަމަށް ބަޔާނުގައި ވެއެވެ.

އެސްޑީއެފްސީން ބުނީ މި ދާއިރާއަށް ކަނޑައެޅިފައިވާ ލޯނުތަކަށް އެސްޑީއެފްސީގެ ކަސްޓަމަރ ޕޯޓަލް މެދުވެރިކޮށް ލޯނަށް އެދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް ވެސް ކަސްޓަމަރުންގެ ފަރާތުން މި ދާއިރާތަކުގެ ލޯނު ހޯދުމަށް އެދި ގިނަ ހުށަހެޅުންތައް ލިބެމުންދާކަމަށް ވެސް ވަނީ ބުނެފަ އެވެ.

މީގެއިތުރުން އެސްޑީއެފްސީން ބުނީ އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އެކި ދާއިރާތަކަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެކަމަކު މިފަދަ ދަނޑިވަޅެއްގައި އެސްޑީއެފްސީން ލޯނު ދޫކުރުން ހުއްޓާލާފައިވާކަމަށް ބުނެ ހަގީގަތާއި ހިލާފު މައުލޫމާތުތައް ގެނެސްދިނުމުގައި ޒިންމާދާރުވުމަށް އެ އެސްޑީއެފްސީން ވަނީ ގޮވާލާފަ އެވެ.

ލޯނުތައް ދޫކުރުން ހުއްޓާލިކަމަށް ވާހަކަ ދެކެވުނު ނަމަވެސް އެސްޑީއެފްސީ އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން އަންހެނުނަށް ހާއްސަ ފައިނޭންސިންގް ޕްރޮޑަކްޓުތަކެއް މިދިޔަ ފެބްރުއަރީ މަހު ވަނީ ތައާރަފުކޮށްފަ އެވެ.

އެސްޑީއެފްސީއަކީ ވިޔަފާރިތައް ކުރިއެރުވުމަށާއި، ދިމާވާ ދަތިތައް ހައްލު ކުރުމަށް ފަސޭހައިން ލޯނުތައް ލިބޭނެ މަގު ހަމަޖެއްސުމުގެ ގޮތުން އުފެއްދި ކުންފުންޏެކެވެ. އަދި އެސްޑީއެފްސީއަކީ ސަރުކާރުގެ އެއް ވައުދުކަމުގައިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން ގާއިމްކުރެވިފައިވާ ކުންފުންޏެކެވެ.

ކުންފުނީގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހިތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު އިގްސިދީ ދާއިރާތަކަށް އަމާޒުކޮށް ލުއިގޮތަކަށް ލިބޭނޭ ލޯނު ތައާރަފްކޮށް އެމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމެވެ. އަދި ކުންފުނީގެ އަމާޒަކީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީތައް ކުރިއަރައި ތަރައްގީ ކުރުމަށް ދެވޭނޭ ހިދުމަތްތައް ފާހަގަކޮށް އެފަދަ ހިދުމަތްތައް ފޯރުކޮށްދިނުމާއިއެކު، މިފަދަ ވިޔަފާރީތަކައް ބޭނުންވާ މާލީ އެހީތެރިކަން ލިބޭނެ ފަހިމަގެއް ހޯދައި ދިނުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: