ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުދެއްކި ގިނަދުވަސްވެގެން އަރާފައިވާ ފެނާއި، ކަރަންޓު ޖޫރިމަނާ އެއްކޮށް މައާފް ކޮށްދޭން ރައީސް ނިންމަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ----- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކަރަންޓް އަދި ފެން ބިލްތައް ނުދެއްކި ގިނަދުވަސްވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފުކޮށްދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

އާންމު ރައްޔިތުންގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އިތުރު ލުޔެއް ގެނެސްދިނުމަށް ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފުކޮށް ދޭން ނިންމެވިކަން ހާމަކުރެއްވީ ރައީސް މުއިއްޒެވެ.

މިރޭ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފުކޮށްދޭން ނިންމާ ކަމޭބެހޭ ކުންފުނިތަކަށް ދަންނަވާފައިވާ ކަމަށެވެ.

ޢާއްމު ރައްޔިތުންގެ މާލީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އިތުރު ލުޔެއް ދިނުމުގެ ގޮތުން، ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފުކުރަން ނިންމާ ކަމޭބެހޭ ކުންފުނިތަކަށް ވާނީ ދަންނަވާފައި

މީގެއިތުރުން  ނުދެއްކި ހުރި ފައިސާ ލުއިގޮތަކަށް ދެއްކޭނޭ ގޮތަށް އެއްބަސްވުން ހެދުމަށް ވެސް ނިންމަވާފައިވާކަން ރައީސް ވަނީ ހާމަކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: