ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރިންސަސް އޮފް ވޭލްސް ކޭޓް މިޑަލްޓަން ކެންސަރަށް ފަރުވާ ހޯދަނީ

ކޭޓް މިޑަލްޓަން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިނގިރޭސި ވިލާތުގެ ޕްރިންސަސް އޮފް ވޭލްސް ކޭޓް މިޑަލްޓަން ކެންސަރަށް ފަރުވާކުރަމުންދާކަން ހާމަކޮށްފިއެވެ.

ކޭޓް މިޑަލްޓަން މަރާލާފައިވާކަމަށް ބުނެ ސޯޝަލްމީޑިއާގައި ސުވާލު އުފައްދަމުންދަނިކޮށް، އިނގިރޭސިވިލާތުގެ ހަބަރު ފަތުރާ ވަސީލަތްތަކުންވަނީ ކޭޓްގެ ފަރާތުން ހިއްސާކޮށްފައިވާ މައުލޫމާތުތައް ޝާއިއުކޮށްފައެވެ. އެގޮތުން މިހާރު ކެންސަރުގެ ފަރުވާގެ ފުރަތަމަ މަރުހަލާތައް ކަޑައްތުކުރަމުންދާކަން ހިއްސާކޮށްފައިވެއެވެ.

އިނގިރޭސި ބައެއް ނޫސްތަކުންވަނީ ކޭޓްގެ ހާލަތު ރަނގަޅުވާނެކަމަށް އޭނާ ވިދާޅުވެފައިވާކަމުގެ މައްޗަށްވެސް އަލިއަޅުވާފައެވެ. އުމުރުން 42 އަހަރުގެ ކޭޓް މިޑަލްޓަން އޭނާގެ ބަލިހާލަތާއި ގުޅޭ މައުލޫމާތު ހިއްސާކުރެއްވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުންގެ ތެރޭގައި އެކަމާއި ގުޅޭ ގިނަ ސުވާލުތައް އުފެދިފައިވަނިކޮށް ވީޑިއޯ މެސެޖެއް މެދުވެރިކޮށެވެ.

ކެންސަރަށް ފަރުވާ ހޯދަމުންދާކަން ކޭޓް ހާމަކުރެއްވީ އިނގިރޭސި ތަހުތަށްވެސް ތަފާތު އާ ދުވަސްތަކެއް ފެންނަމުންދަނިކޮށްކަމަށްވެސް ނޫސްތަކުން ފާހަގަކުރެއެވެ. އެގޮތުން ދާދި ފަހުން ރާނީ އެލިޒަބެތު ނިޔާވެފައިވާއިރު، ރަސްގެފާނު ޗާލްސްވެސް މިވަގުތު ތަހުތުގެ ޒިންމާތަކާއި ދުރުގައި ހުންނެވިކަމަށްވުމުން ކުއީން ކަމިލާ އާއި ޕްރިންސް ވިލިއަމްއަށް އާއިލީ އަމިއްލަ ޒިންމާތަކުގެ އިތުރުން ގައުމުގެ މަސްލަހަތަށްވެސް ވިސްނަންޖެހިފައިވާކަމަށް ބުނެފައިވެއެވެ.

ކުރިއަށް އޮތް ތާނގައި އިނގިރޭސި ރާނީކަމަށް އަންނާނެކަމަށް ބުނާ ކޭޓްގެ ކެންސަރު ބަލީގެ މައުލޫމާތުތައް އާންމުކޮށްފައިވަނީ ކިންގް ޗާލްސްގެ ސިއްހަތުވެސް ރަނގަޅު ނޫންކަން މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހާމަކޮށްފައިވަނިކޮށެވެ. ވެރިކަމާއި ހަވާލުވިތާއި އަހަރެއްވެސް ވެފައިނުވާއިރު ޗާލްސްވަނީ ރަސްމީ ޒިންމާތަކުން ވަގުތީ ގޮތުން ދުރަށް ޖެހިވަޑައިގަންނަވަން ނިންމަވާ ކެންސަރުގެ ފަރުވާ ހޯއްދަވަން ފަށާފައިކަމަށްވެސް މީޑިއާތަކުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: