ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އަދި އިނގިރޭސިވިލާތު ދެމެދު ވިޔަފާރި އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާކޮށްފި!

އިނގިރޭސި އަދި އިންޑިއާ ބޮޑުވަޒީރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިނގިރޭސިވިލާތާއި އިންޑިއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރެވިގެންދާނެކަމަށް ދެކިވަޑައިގަންނަވާކަމަށް އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނާކް ވިދާޅުވެއްޖެއެވެ.

ޖީ20 ސަމިޓުގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއިއެކު ކުރިއަށް ގެންދެވި ބައްދަލުވުމަކަށްފަހު ރިޝީވަނީ މީޑިއާތަކާއި މައުލޫމާތު ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، ދެ ގައުމުގެ ދެމެދު އިގްތިސާދީ ގުޅުން ބަދަހިކުރެވިގެންދާނެކަމުގެ ޔަގީންކަން އޮތްކަމަށެވެ. އަދި އިންޑިއާ ދެމެދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން ކުރިއެރުންތަކެއް ލިބިފައިވާކަމަށް ފެނުނު ނަމަވެސް އެފަދަ އެއްބަސްވުމެއް ގާއިމުކުރެވޭނީ އުސޫލުތަކެއްގެ މަތިންކަމަށް އިޝާރާތްކުރެއްވިކަމަށްވެސް މީޑިއާތަކުން ބުނެއެވެ.

އޭނާ ވިދާޅުވީ، އެއްބަސްވުން ގާއިމުކުރުމުގެ ގޮތުން ކުރަންޖެހޭ ބުރަ މަސައްކަތްތަކެއް ހުރިކަމަށާއި އެހެންނަމަވެސް އެއްބަސްވުމެއް ގާއިމުކުރަން އޮތްކަމަށް ގަބޫލުކުރައްވާކަމަަށެވެ. އަދި ބޮޑެތި ވިޔަފާރި އެއްބަސްވުންތައް ގާއިމުކުރުމަކީ ފަސޭހަ ކަމެއް ނޫންކަމަށާއި އެހެންކަމުން އެކަމުގެ މައްޗަށް ވަގުތުތަކެއް ކަނޑައަޅައި ފިއްތުންތަކެއް ކުރިމަތިނުކުރާނެކަމަށް ވިދާޅުވެފައިވެއެވެ.

މީޑިއާތަކުން ބުނާގޮތުން، އިނގިރޭސި ބޮޑުވަޒީރުގެ މަގާމު ލިބިވަޑައިގެންފަހުން، މިއީ އޭނާ އިންޑިއާއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަދި މި އަހަރުގެ ތެރޭގައި އިތުރު ޒިޔާރަތެއް ކުރުމަށްވެސް ވާހަކަތައް ދެކެވެމުންދާމަކަށާއި އެ ދަތުރާއި ހިސާބަށް ދާއިރު، އެއްބަސްވުމުގެ މަޝްވަރާތައް ނިމިފައިވާނެކަމަށް ލަފާކުރެވޭކަމަށްވެސް ބުނެފައިވެއެވެ.

ރިޝީ ސުނާކް ވިދާޅުވެފައިވާގޮތުން ވިޔަފާރި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދު ގުޅުންތައް ބަދަހިކުރުމަށް މުހިންމު ފިޔަވަޅެއްކަމަށްވާއިރު، އެ ނޫން އެހެނިހެން ގޮތްތަކާއިމެދުވެސް މަޝްވަރާތައް ކުރެވިފައިވެއެވެ. އެގޮތުން ސަލާމަތީ ކަންކަމާއި ތައުލީމީ ދާއިރާގެ ތެރެއިން ގުޅުން ބަދަހިކުރުމާއިމެދުވެސް ސަމިޓުގައި ވާހަކަތައް ދެކެވިފައިވެއެވެ.

އިންގިރޭސި ބޮޑުވަޒީރުންގެ ގޮތުގައި ކުރިން ތިއްބެވި ބައެއް މީހުން އެ އެއްބަސްވުން މިދިޔަ އަހަރަށް ގާއިމުކުރުމަށް އިންޑިއާއަށް ވަގުތު ދީފައިވާނަމަވެސް، ސުނާކްވަނީ އަވަސް އެއްބަސްވުމެއްގެ ބަދަލުގައި ބޮޑު އެއްބަސްވުމެއް ގާއިމުކުރުމުގެ ޝައުގު ހުރިކަން ފާހަގަކުރެވޭ ގޮތަކަށް އަމަލުކޮށް ވަގުތެއް ކަނޑައެޅިފައި އޮތް އޮތުން ބަދަލުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: