ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްކިތެއް ސުންނާފަތިކުރުމަށްފަހު އަޅާފައިވާ ފައްޅިއެއް ހުޅުވައި މޯދީ ކެމްޕެއިންކުރަނީ!

އައު ފައްޅި ބިނާކޮށްފައިވާ ބިމުގައި ކުރިން ހުރި މިސްކިތުގެ މައްޗަށް ހިންދޫ އެކްޓިވިސްޓަކު އަރައި: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގައި ހުރި ތާރީހީގޮތުން ފާހަގަކުރެވޭ މިސްކިތެއް ހިންދޫއިން ސުންނާފަތިކޮށްލިތާ ތިރީސް ވަރަކަށް އަހަރުފަހުން އެތަނުގައި ބިނާކޮށްފައިވާ ބޮޑު ފައްޅި ހުޅުއްވައިދެއްވާނީ އެ ގައުމުގެ ބޮޑުވަޒީރު ނަރޭންްދްރަ މޯދީކަމަށާއި، އެ ނިންމުމަކީ ކުރިއަށް އޮތް އިންތިހާބުގައި ތާއީދު ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއްކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މީޑިއާތަކުން ބުނާގޮތުން ބޮޑުވަޒީރު މޯދީ ހުޅުއްވައިދެއްވުމަށް ކަނޑައެޅިފައިވާ ފައްޅިއަކީ މީގެ ކުރިން ތާރީހީ ގޮތުން ފާހަގަކުރެވިފައިވާ މިސްކިތެއް ހުރި ތަނުގެ މަތީގައި އަޅާފައިވާ ފައްޅިއެކެވެ. އަދި މިސްކިތް ސުންނާފަތިކޮށްލިތާ 30 އަހަރު ވަރު ވެފައިވާއިރު، އެތަން ހުޅުވުމުގެ ރަސްމިއްޔާތަށް މޯދީ ވަޑައިގަންނަވަނީ ސިޔާސީ ގޮތުން ކުރެވޭ މަސައްކަތްތަކެއްގެ ތެރެއިންކަމަށް ފެނިގެންދާކަމަށްވެސް ބުނެފައިވެއެވެ.

ރިޕޯޓުތަކުގައިވާގޮތުން، ހިންދޫއިންގެ އެންމެ މުހިންމު އެއް ކަލާންގެ ކަމަށްވާ ރާމްއަށް ހާއްސަކޮށްގެން ބިނާކޮށްފައިވާ މި ފައްޅި ހުޅުވިގެންދިއުމާއިއެކު މޯދީގެ ނަން އެ ގައުމުގެ ތާރީހީ ފަތްފުށްތަކުން ފޮހެވިގެން ނުދާނެކަން ކަށަވަރުވެގެންދާނެކަމަށް ކަމާއި ބެހޭ މާހިރުން ދެކޭކަަމަށެވެ. އަދި އޭނާ ވެގެންދަނީ އިންޑިއާގައި އެންމެ ގިނަ ނަތީޖާތައް ނެރުއްވި ގައުމަށް ބަދަލުތައް ގެނުއްވި ލީޑަރަށްކަމަށްވެސް ބުނެފައިވެއެވެ.

މީޑިއާތަކުން ބުނާގޮތުން މޯދީއަކީ ތާރީހުގެ ތެރޭގައި އޭނާގެ ނަން އަބަދަށް ދެމިގެންދާނެ މަގު ފަހިކުރުމަށް ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތްކުރަމުންދާ މީހެއް ކަމަށް ފެނިގެންދެއެވެ. އަދި އޭނާވަނީ ރާމް ފައްޅި ބިނާކުރުމާއިއެކު އެކަން ކަށަވަރުކޮށްފައިކަމަށް ހިންދޫ ނެޝިނަލިޒަމް އާއި ގުޅޭ ކަންކަމުގެ މާހިރެއް މީޑިއާތަކާއި ހިއްސާކޮށްފައިވެއެވެ.

މައި ފައްޅިއެއްގެ ގޮތުގައި ހުޅުވާ އައު މި ފައްޅި ބިނާކޮށް ހުޅުއްވައިދެއްވުމުގެ މަސައްކަތްތައް މޯދީ ކުރައްވަމުންދަނީ އޭނާގެ ކެމްޕެއިން ފެއްޓެވުމުގެ ގޮތުންކަމަށް ގިނަ މީހުން ދެކޭއިރު، ނެޝިނަލިސްޓެއްގެ ގޮތުގައި ފާހަގަކުރެވޭ މޯދީއަކީ އިންޑިއާގައި އެހެން ދީންތަކުގެ ބާރު ކަނޑުވާލައި ހިންދޫ ދީނުގެ ބާރު ގަދަ ކުރުމަށް މަސައްކަތްކުރާ މީހެއްކަމަށްވެސް ތުހުމަތުތައް ކުރާކަން މީޑިއާތަކުން ފާހަގަކުރެއެވެ.

އެހެންކަމުން މޯދީ ނިސްބަތްވެވަޑައިގަންނަވާ ބީޖޭޕީއިން ކުރިއަށް އޮތް އިންތިހާބުގެ ތެރޭގައިވެސް މައިގަނޑު ގޮތެއްގައި ކުރަމުންދާނީ ސިޔާސީ މަންފާއެއް ހާސިލުކުރުމުގެ ގޮތުން ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމުގެ މަސައްކަތްތައްކަމަށް ފެނިގެންދާކަަމަށާއި ތިން ވަނަ ދައުރެއް ކާމިޔާބުވުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 90%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: