ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގައި ބަޔަކު ހޮހަޅައެއްގައި ތާށިވެ ހަފްތާއެއް!

އިންޑިއާގެ މަސައްކަތްތެރިންތަކެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގައި ދަތުރުފަތުރުކުރުމަށް މަގެއްގެ ގޮތުގައި ބިނާކޮށްފައިވާ ހޮހަޅައެއްގައި 40 މަސައްކަތްތެރިން ތާށިވެ ސަލާމަތްނުކުރެވި ހަފްތާއެއް ހިންގައިފިކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މީޑިއާތަކުން ބުނާގޮތުން ކޮނުމުގެ މަސައްކަތްތައް ކުރަމުންދިޔަ މުއައްޒަފުންތަކެއް ތާށިވެ ސަލާމަތްނުކުރެވިފައިވަނީ އެކަމަށް ބޭނުންކުރާ ވަސީލަތްތައް ގެނައުމުގައި ވެފައިވާ ލަސްތަކާއި ގުޅިގެންނެވެ. އަދި އެމީހުން ތާށިވެފައިވާ ސަރަަހައްދުގެ ގައުތައް ހަރުކަމަށްވުމުންވެސް ދަތިތައް ހުރިކަމަށް ބުނެފައިވެއެވެ.

ތާށިވެފައިވާ މީހުން ސަލާމަތްކުރުމަށް ކޮނުމުގެ މަސައްކަތްތައް ކުރެވެމުންދާތާ ހަފްތާއެއް ހިނގާފައިވާއިރު، ކޮނެވިފައިވަނީ 79 ފޫޓަށްކަަމަށާއި މީހުންނަށް ސަލާމަތްވެވޭނެ މަގުފަހިކުރުމަށް އިތުރު 200 އެއް ހާ ފޫޓު ކޮންނަން ޖެހިދާނެކަމަށް އޮފިޝަލުން މައުލޫމާތު ދޭކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

މީހުން ސަލާމަތްކުރުމަށް ކަމާއި ބެހޭ މާހިރުންގެ ޓީމަކުން މަޝްވަރާތައްވެސް ކޮށްފައިވެއެވެ. އެގޮތުން ކޮނުމަށް ބޭނުންކުރާ މެޝިނުތަކުގެ ސަބަބުން އިތުރު ދަތިތައް ކުރިމަތިވުމުގެ ފުރުސަތު އޮތްކަމާއިމެދު ވާހަކަތައް ދެކެވިފައިވާކަމަށްވެސް ބުނެފައިވެއެވެ. އަވަސް ހާލަތެއްގައި ނިންމާލެވޭނެކަމަށް ބެލެވުނު މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވަނީ ހޮހަޅައިގެ ތެރެއިން ރެނދެއް އެޅިފަދަ އަޑުތަކެއް އިވުމާއިއެކުއެވެ. އަދި މެޝިނުގެ ބައިތައް ހަލާކުވެފައިވާކަން ފާހަގަކުރެވުމާއިކު މަސައްކަތްތައް ހުއްޓާލާފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: