ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީނުގެ ހަމަނުޖެހުމާއި ގުޅިގެން ރާހުލް ގާންދީގެ ކަންބޮޑުވުން!

އިންޑިއާގެ އިދިކޮޅު ލީޑަރެއްކަމަށްވާ ރާހުލް ގާންދީ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލުން ފަލަސްތީނުގައި އިންސާނިއްޔަތާއި ހިލާފު އަމަލުތަކެއް ހިންގަމުންދާކަމަށް އިންޑިއާގެ އިސް އިދިކޮޅު ލީޑަރެއްކަމަށްވާ ރާހުލް ގާންދީ ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގެ ހަނގުރާމަވެރި ޖަމާއަތަކާއި ދެމެދު ކުރެވެމުންދާ ހަމަލާ ބަދަލުކުރުންތަކުގެ ތެރޭގައި އިސްރާއީލުންދަނީ ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުުންނަށް ބެލުމެއް ނެތި ހަމަލާތައް ދެމުންނެވެ. އެ ގައުމުންވަނީ އެ ސަރަހައްދުގައި ތިބި މީހުނަށް ދޫކޮށް ދިއުމަށް މަޖުބޫރުކުރުވާފައެވެ.

ހިނގަމުންދާކަންކަމާއިމެދު ކަންބޮޑުވެވަޑައިގަންނަވާކަން ހިއްސާކުރައްވާ ރާހުލް ވިދާޅުވީ، އިސްރާއީލުންވަނީ ޣައްޒާގައި އެތަކެއް ހާސް މައުސޫމު މީހުންނެއް މަރާފައިކަމަށާއި އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭކަމަށެވެ.

އޭނާ ވިދާޅުވީ، އިސްރާއީލުންދަނީ އެ ސަރަހައްދުގައި ތިބި އެންމެނަށް ދަތިތައް ކުރިމަތިކުރަމުންކަމަށާއި ކަރަންޓާރި ފެން އަދި ކާބޯތަކެތި ލިބޭނެ މަގުތައް ބަންދުކުރުމަކީ އިންސާނިއްޔަތާއި ހިލާފު އަމަލެއް ހިންގުމުގެ ކުށަށް އަރައިގަތުންކަމަށެވެ.

ހަމާސްއިން އިސްރާއީލުގެ އާންމުން މެރުމާއި ރަހީނުކުރުން ފަދަ އަމަލުތައް ހިންގާފައިވާކަމަށާއި އެ އަމަލުތައެްވެސް ކުށްވެރިކުރަންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، އިސްރާއީލާއި ފަލަސްތީނުގެ ދެމެދު އެކި އިރުމަތިން ހަމަލާ ބަދަލުކުރެވިގެންދާ ދިއުމުގެ އަނިޔާވެރި އާދަކާދަ ނިމުމަކަށް ގެންނަން ޖެހޭކަމަށެވެ.

އިންޑިއާގެ މައި އިދިކޮޅު ލީޑަރު ރާހުލް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރެއްވިއިރު، އެ ގައުމުގައި މިވަގުތު ބޮޑުވަޒީރުގެ ގޮތުގައި ހުންނެވި ބީޖޭޕީގެ ނަރޭންދްރަ މޯދީވަނީ އިސްރާއީލުގެ ހައްގުގައި ވަކާލާތުކޮށް ކަންބޮޑުވުން ފާޅުކޮށްފައިކަންވެސް ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: